އަމީނީ މަގުގެ ޕޭވްމަންޓް ފުޅާކޮށް ހަދާތީ މޭޔަރު މުއިއްޒުގެ ކަންބޮޑުވުން

އަމީނީ މަގު ހެދުމުގެ މަޝްރޫއު ތެރެއިން ޕޭވްމަންޓް އަޅާފައި؛ މޭޔަރު މުއިއްޒު ފާޑުވިދާޅުވި - ފޮޓޯ: މުއިއްޒު ޓްވިޓާ

އަމީނީ މަގު ހެދުމުގެ މަޝްރޫއު ތެރެއިން ޕޭވްމަންޓް އަޅާފައި؛ މޭޔަރު މުއިއްޒު ފާޑުވިދާޅުވި - ފޮޓޯ: މުއިއްޒު ޓްވިޓާ

މާލޭގެ އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއުގެ ތެރެއިން ޕޭވްމަންޓް ހަދަނީ މާ ފުޅާކޮށް ކަމުން ޓްރެފިކް އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހަތް އަހަރު ދުވަހުގެ މުއްދަތަކަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބިމުގެ މަތީގައި "ކޭބަލް ޓްރޭތައް" ވެސް ބަހައްޓާތީ ކަންްބޮޑުވުން ފާޅުކުރައްވައިފި އެވެ.

"އަމީނީ މަގު ހަދަމުން ދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް، މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކޮށް ކަމުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސް ވާނެ ކަމަށް ފެނޭ،" މުއިއްޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

އަމީނީ މަގު ހަދަމުންދާ ގޮތާ މެދު މުއިއްޒު ފާޑުވިދާޅުވިއިރު، އެ މަގު ހެދުމަށް ޓަކައި މަގުގައި ހުރި ގަސްތަކެއް ކަނޑާލުމުން ވެސް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ ކޯޓުން މައްސަލަ ރަޖިސްޓްރީ ކޮށްދީފައި ވެސް ވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ ވެސް ކޮންްސަލްޓެންޓުން ދިން ލަފައާ ހިލާފަށްކަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެ އެވެ.

މި ކަމުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މީގެ ކުރިން "އަދަދު"އަށް ވިދާޅުވެފައިވަނީ އަމީނީ މަގުގެ މަސަތްކަތަށް ބައެއް ގަސްތައް ނަގަން ޖެހުނު ނަމަވެސް އެ މަގުގެ މަސައްކަތް ނިމޭއިރު ނަގާ ކޮންމެ ގަހަކަށް ގަހެއް އިންދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox