މުއިއްޒުގެ ފާޑުކިއުން؛ "އިންސާފާ މެދު ސުވާލު އުފެދެނީ ސަރުކާރުގެ ގޯތީގެ ސިޔާސަތު ދެކޮޅު ނުޖެއްސޭތީ"

މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު "އަދަދު"އަށް އިންޓަވިއު ދެއްވަނީ؛ ގޯތީގެ ސިޔާސަތަށް ފާޑުވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު "އަދަދު"އަށް އިންޓަވިއު ދެއްވަނީ؛ ގޯތީގެ ސިޔާސަތަށް ފާޑުވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސަރަހައްދުން "ބިންވެރިޔާ ސްކީމް" ގެ ދަށުން ސަރުކާރުން ދޫކުރާ ގޯތީގެ ޝަރުތުތަކާއި އުސޫލުގެ އިންސާފާ މެދު ސުވާލު އުފައްދަން ފުރުސަތު ލިބެނީ ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ޖެއްސިފައި ނެތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓަށް އެދުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ. އަދި މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާ މިންގަނޑަށް ވެސް ދާދި ފަހުން ބަދަލެއް ގެނެސްފައިވެ އެވެ.

މާލޭގެ މޭޔަރު މުއިއްޒު "އަދަދު"އަށް މިދިޔަ ހަފުތާ ދެއްވި އިންޓަވިއުގައި އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ މަންމަ ނުވަތަ ބައްޕަ މާލޭ މީހަކަށް ވެފައި، ސަރުކާރެއްގެ ސިޔާސަތެއް ނުވަތަ ގަވައިދެއްގެ ސަބަބުން ރެޖިސްޓްރީ ބަދަލުކުރަން ޖެހުނު މީހުން ވެސް ގޯއްޗަށް ކުރިމަތިނުލެވޭތީ އެވެ.

ނަމަވެސް މޭޔަރުގެ އެ ހިޔާލާ އެއް ގޮތަށް ސަރުކާރުން މިހާރު ވަނީ ގޯއްޗަށް ކުރިމަތިލެވޭ މާލެ މީހުން ބަލާ މިންގަނޑަށް ބަދަލު ގެނެސްފަ އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތައް އޮތް ގޮތުގެ ސަބަބުން ގޯއްޗަށް އެންމެ ބޭނުން ޖެހިފައިވާ މީހުނަށް ގޯތި ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލަށް އަބަދުވެސް ލިބެމުންދާ ކަމަށެވެ. ނަމަވެސް ހިތާމައަކީ ސިޓީ ކައުންސިލް އެއިން ކަމެއްގައި ބައިވެރިނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ މަޝްވަރާ ނުކުރާތީ އޭގެ ތެރެއަށް އެންމެ ފުނަށް ވަދެ ދިރާސާކުރަން ފުރުސަތެއް ނުލިބޭ، އެހެންވެ ކޮމެންޓް ކުރާކަށް ވެސް ފަސޭހައެއް ނޫން، އަޅުގަނޑުމެން ބައިވެރިކުރިނަމަ ސަރުކާރުގެ ޖަސްޓިފިކޭޝަން ވެސް ވިސްނޭނެ، އެކަމަކު ބައިވެރިނުކުރޭ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ.

މިހެންވެ ދަފްތަރުގައި ތިބި މީހުނަށް ވެސް ކުރިމަތި ލެވެނީ އިތުރު ތަނެއްގައި ރެޖިސްޓްރީ ވެފައި ނުވާ ނަމަ އެވެ. ދަފްތަރުގައި ތިބި ގާތްގަނޑަކަށް 17،000 އެއްހާ މީހުންގެ ތެރޭގައި ވެސް ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް މި ސަރަހައްދުން ގޯތި ހައްގުވާނެ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.

އަދި މާލެ ސަރަހައްދުން އަގު ހުރި ބިންތަކެއް، ހިލޭ، ވަކި ބަޔަކަށް ލިބޭ ގޮތަށް އުސޫލު އޮތުމަކީ، ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މޭޔަރުގެ ސްޓޭންޑް ސާފުކުރަން "އަދަދު" އިން ކުރި ސުވާލުތަކުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ މާލޭގެ އިހްތިސޯސްގެ ތެރެއިން ގޯތި ދޫކުރާނަމަ އެންމެ އިންސާފުވެރި ގޮތަކީ މާލެ ރައްޔިތުންނަށް އިސްކަން ދީފައި ހިލޭ ދިނުން ކަމަށެވެ.

ނަމަވެސް އާންމު އާއިލާތަކުގެ އާމްދަނީއަށް ބަލާއިރު ބިން ލިބުނަސް ގޯތި އަޅާނެ ފައިސާ ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ލުއި ލޯނުތަކެއް އެ ބަޔަކަށް ހަމަޖައްސައިދޭން ވެސް ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހައްލު ގެންނަން ޖެހޭ ކަންކަން. އެއީ ގޯއްޗެއް ލިބުނަސް އަދި އެ ތަނެއް ނުއެއް ހެދޭނެ. އެފޯޑަބަލް ލޯނު ނުލިބޭ، އޭގެ ލޯނު ލިބޭ ކަމަށް ވަންޏާ ގޯތި ލިބޭ މީހުން މުއްސަނދި މީހެއް ކައިރިއަކަށް ނުދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް ގޯތި ދިނުމުގައި އިސްކަން ދިނުމަށް ފަހު، މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ފްލެޓާއި ގެދޮރު ލިބޭނެ ގޮތެއް ވެސް އޮންނަން ވާނެ ކަމަށެވެ.

"މާލޭގައި ގެދޮރަށް ބޭނުން ޖެހިފައިވާ ރައްޔިތުންނަށް އިސްކަންދީފައި، މާލޭގައި ދިރިއުޅޭ އެންމެ ހާލުގައި އުޅޭ ކޮންމެ މީހަކަށް ވެސް ގެދޮރު ލިބޭނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރި ނަމަ ހަމަ ޔަގީނުން ވެސް އެ ކަން މާލޭގެ ރައްޔިތުން ބަލައިގަންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"މިއީ ސަރުކާރުގެ ސިޔާސަތުގައި ދެކޮޅު ޖައްސަން ޖެހޭ ކަމެއް، އިންސާފުވެރި ގޮތެއް ހޯދަން ޖެހޭނީ، އޭގައި ރައްޔިތުންގެ ހިޔާލު ދޭން މެދުވެރިއަކަށް ގާނޫނީ ގޮތުން އޮންނަ ކައުންސިލް މީގައި ބައިވެރިނުކުރޭ،"

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox