ވިލިމާލޭގައި 10 ބުރިއަށް ނެގުން؛ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ ދެބަސްވުމަކަށް

ވިލިމާލެ؛ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާމެދު ކައުންސިލާއި، މިނިސްޓްރީ ވަނީ ދެބަސްވެފައި -- ފޮޓޯ: އާއިމް ޒަމީރު

ވިލިމާލެ؛ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާމެދު ކައުންސިލާއި، މިނިސްޓްރީ ވަނީ ދެބަސްވެފައި -- ފޮޓޯ: އާއިމް ޒަމީރު

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ ދެބަސްވެއްޖެ އެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ނިންމީ، ވިލިމާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވެން އޮތީ އެކަން ކޮށްގެން ކަމަށް ބުނެ އެވެ. ނަމަވެސް އެކަމަށްޓަކައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެވެނީ ޕްލޭނިން މިނިސްޓްރީއަށެވެ.

"ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ވާނީ ޕްލޭނިން މިނިސްޓްރީއަށް ސީޓީއެއް ފޮނުވާފައި، އަދި އެކޮޅުން ޖަވާބެއް ނުދެއްވާ" މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު "އަދަދު"އަށް ވިދާޅުވީ 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވީ، އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.

ނަމަވެސް މުއިއްޒުގެ ވާހަކަ ދޮގު ކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "އަދަދު"އަށް ވިދާޅުވީ މުއިއްޒު އިޝާރާތް ކުރައްވާ ސިޓީގެ ޖަވާބު މީގެ ހަތަރު މަސް ކުރިން ދީފައިވާ ކަމަށެވެ. އަދި މިކަމުގައި މޭޔަރު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އެއީ "އިތުރުފުޅު ހައްދަވާ" ބޭފުޅެއް ކަމަށެވެ.

ވިލިމާލޭގައި މިހާރު އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރިއަށެވެ. އެ އުސޫލު ބަދަލު ކުރުމަކީ މޭޔަރު މުއިއްޒުގެ ކެމްޕެއިން ވައުދެކެވެ.

މުއިއްޒު ކުރިން ވިދާޅުވީ ވިލިމާލޭގާއި ގޯތި ބަހައިގެން އަދި ނުބަހާވިޔަސް އާއިލާ ބޮޑުވެގެން ގޮސް އިމާރާތް ނުކުރެވި ކުދި ތަންކޮޅުކޮޅުގައި ރައްޔިތުން ދިރިއުޅެމުންދާ ކަމަށެވެ. އަދި އެހާލަތަށް ދާއިރުވެސް ލޯނު ލިބޭނެ ގޮތެއް ނުވަތީ އެ ގޯތީގައި އިމާރާތް ހެދޭނެ ގޮތެއް ނެތި ރައްޔިތުން ތިބެން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިމާރާތްތަކަށް ބޭންކުތަކުން ފައިނޭންސް ކޮށްދެނީ މަދުވެގެން 10 ބުރިއަށް ނެގޭވަރުގެ ގޮތެއް ހަމަޖެހިގެން ކަމަށެވެ.

ވިލިމާލޭގައި ހަ ބުރިއަށްވުރެ މައްޗަށް އިމާރާތް ކުރުމާ ޕްލޭނިން މިނިސްޓްރީން ދެކޮޅެވެ.

އަކްރަމް ވިދާޅުވީ، ވިލިމާލެއަކީ މާލެއާ ހިލާފަށް ތިމާވެއްޓާ ރައްޓެހި ލޭންޑް ޔޫޒް ޕެލޭންތަކާއެކު އެކުލަވާލާފައި އޮތް ތަނެއް ކަމަށެވެ.

އަދި 10 ބުރިއަށް އިމާރާތްކޮށްފިނަމަ ވިލިމާލެއަށް މީހުން ތޮއްޖެހި، ގިނަ ދަތިތަކެއް ނުކުންނާނެކަން ވެސް އަކްރަމް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox