"އެމްއެސް ޝޯޓް މޫވީ ޗެލެންޖު"ގެ ފަހްރުވެރި އެއްވަނަ "އިހްތިޔާރު"

Jun 13, 2022, 6:45 AM
"އެމްއެސް ޝޯޓް މޫވީ ޗެލެންޖު"ގެ ފަހްރުވެރި އެއްވަނަ "އިހްތިޔާރު"

މީޑިއާނެޓުން ބޭއްވި "އެމްއެސް ޝޯޓް މޫވީ ޗެލެންޖް"ގެ ފަހުރުވެރި އެއްވަނަ "އިހްތިޔާރު" ކުރު ފިލްމަށް ލިބިއްޖެ އެވެ.

ދެވަނަ ލިބިފައި ވަނީ ފިލްމު "ހިމިތި" އަށެވެ. ތިންވަނަ ލިބުނީ "ދެ ލެޓާ" އަށެވެ.

"އެމްއެސް ޝޯޓް މޫވީ ޗެލެންޖް"ގެ ނަތީ ޖާފާޅުކޮށް ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކުރުމަށް ޗަމްޕާ ސެންޓްރަލްގައި މި އިވެންޓް ބޭއްވީ މި މަހު 11 ވަނަ ދުވަހު އެވެ. މި ހަފުލާގައި ފިލްމުތައް ބައިވެރިކުރި ފަރާތްތަކާއި ބައެއް މީޑިއާތަކުން ބައިވެރިވި އެވެ.

Advertisement

ފިލްމު އުފެއްދުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ޒުވާން އާ ފަންނާނުން މި ދާއިރާއަށް ނެރެ ބާރުވެެރިކުރުވުމަށް މީޑިއާނެޓުން ބޭއްވި މި މުބާރާތުން އެއްވަނައަށް ދިޔަ ފިލްމަށް އެއްލައްކަ ރުފިޔާ، ދެވަނައަށް ދިޔަ "ހިމިތި" އަށް 50،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ "ދަ ލެޓާ"އަށް 30،000 ރުފިޔާ މީޑިއާނެޓުން ދީފައިވެ އެވެ.

ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ މީޑިއާނެޓްގެ ހެޑް އޮފް މާކެޓިން ޒިހުނީ ރަޝީދު އެވެ.

"އެމްއެސް ޝޯޓް މޫވީ ޗެލެންޖް"ގައި ނުވަ ފިލްމު ބައިވެރިކޮށްފައިވެ އެވެ. އެ ފިލްމުތަކަކީ:-

"އިހްތިޔާރު" - ލޯރ

"ހިމިތި" - އިސްމާއީލް އާސިފް

"ދަ ލެޓާ" - އަލީ ޝާމިން

"ހަށި" - މުހައްމަދު ޝަނޫން

"ނަޒަރު" - ލައިޓްސް އައުޓް

"މޫވީ ނައިޓް" - މިފްޒާ ހަސަން

"ހައްގު ނިޔާ" - ރީޝާ ޝަރީފް

"ބްލޫސް" - ޝިއްމަ

"ގާޑަން ތެރޭ އުދުހިލާ" - ސްލޯ ޓޭޕް

ސާޅީސް މިނެޓަށް ވުރެ ދިގުނުވާ ގޮތަށް، ސިޔާސީ ނުވަތަ ދީނާ ދެކޮޅު މަންޒަރާއި އަޑު ނުހުންނަ ގޮތަށް، ތައްޔާރު ކޮށްފައިވާ މި ފިލްމުތަކަށް އިންސާފުކޮށްފައިވަނީ ފަނޑިޔާރުން އަދި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ލިބުނު އުފެއްދުންތަކަށް ބަލައިގެންނެވެ.

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox