މާލޭން ކަރަންޓް ކެނޑުނީ ކޭބަލެއް ހަލާކުވެގެން، ހައްލުވާން ދެ ދުވަހެއްވަރު ވެދާނެ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު، އޭނާ މިއަދު ވިދާޅުވީ މާލޭގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުވާން ދެދުވަހެއް ވެދާނެކަމަށް.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު، އޭނާ މިއަދު ވިދާޅުވީ މާލޭގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުވާން ދެދުވަހެއް ވެދާނެކަމަށް.

ރޭ މާލޭން ކަރަންޓް ކެނޑުނީ 10 ސަބްސްޓޭޝަނަކަށް ކަރަންޓް ފޯރުކޮށްދޭ މައި ކޭބަލަކަށް (ފީޑަރަކަށް) ދިމާވި މައްސަލައެއްގެ ސަބަބުން ކަަމަށާއި އެ ކޭބަލް މަރާމާތުކޮށް ނުވަަތަ ބަދަލުކޮށްގެން މައްސަލަ ހައްލުކުރަން ދެ ދުވަސް ވަރު ހޭދަވާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ސްޓެލްކޯގެ އިދާރާގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މައްސަަލަ ޖެހުނީ 10 ސަބްސްޓޭޝަނަކަށް ކަރަންޓް ދެމުން އައި 102 ނަމްބަރު ފީޑަރަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަރަންޓް އަލުން ދިނީ ހަލާކުވި ކޭބަލުން ކަރަންޓް ދެމުން އައި 10 ސަބްސްޓޭޝަން އެހެން ފީޑަރުތަކަށް ބަހާލައިގެންނެވެ. އެގޮތަށް ބަހައިލުމުން އެ ފީޑަރުތަކަށް ބާރުބޮޑުވާ ކަމަށާއި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވަގުތީ ހައްލެއް ކަމަށާއި މާލޭގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ވަގުތުތަކުގައި، ޕީކް ލޯޑަށް އެރުމުން، ފީޑަރުތަކަށް ބާރުބޮޑުވާނެތީ އަދިވެސް ބައިގަނޑިން ކަރަންޓް ކަނޑަން ޖެހޭ ގޮތް މެދުވެރިވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"ދާއިމީ ހައްލަކަށް ބަދަލުކުރެވޭނީ އަޅުގަނޑުމެންގެ މި ވަޓްސިއްލާ ޕަވަހައުސް އިން ނުކުންނަ ކޭބަލް ، ގާކޮށި ކައިރީ އޭނދަ ސަބްސްޓޭޝަނާ ހަމައަށް، އިތުރު ކޭބަލެއް އެޅުން އެއީ އެއް އޮޕްޝަން، އަނެއް އޮޕްޝަނަކީ އެ ކޭބަލް އައިޑެންޓިފައިކޮށްގެން މަރާމާތުކުރުން،" ޝަރީފު ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަލާކުވި ކޭބަލް މަރާމާތުކުރުމަކީ އެކަމުގައި ރިސްކް އޮތް ކަމަކަށް ވާތީ އާ ކޭބަލެއް އަޅަން ނިންމާފައިވާ ކަމަށެވެ. މަގު ކޮނުމުގެ ހުއްދަ ސިޓީ ކައުންސިލުން ހޯދައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަފާ މިކުރަނީ ކޭބަލެއް އަޅަން އަޅުގަނޑުމެންނަށް ދެ ދުވަސްވަރު ނަގާނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި 102 ނަމްބަރު ފީޑަރަށް އެ މައްސަލަ ދިމާވިކަމަށް ލަފާކުރެވެނީ އިމާރާތްކުރުމުގެ މަސައްކަތް ކުރި ބައެއްގެ އަތުން ކޭބަލަށް ގެއްލުން ވުމުން ނާންގާއި އޭގެ މައްޗަށް ފަސް އަޅާފައި އޮތުމުން ކަމަށެވެ. އެގޮތަށް ކަންތައް ވުމުން ވަގުތުން މައްސަލައެއް ދިމާނުވެ ހުރެދާނެ ކަމަށާއި އެކަމަކު ދުވަސްތަކެއް ފަހުން ވާރޭ ވެހުމުން ވެލީގެ ތެރެއަށް ކަރަންޓް ލީކްވެ ޝޯޓްވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ މުޅި މާލެއިން ކަރަންޓް ކެނޑުނީ ހަލާކުވެފައިވާ ފީޑާ ފާހަގަ ނުކުރެވި، ފަހަރަކު ފީޑަރަކަށް ކަރަންޓް ދެމުން ގޮސް އެ ފީޑަރަށް ކަރަންޓް ދެވުމުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެއަށް ފަހު ހަލާކުވި ފީޑަރު ނުހޯދައި ކަރަންޓް ދިނުން ކުރިއަށް ގެންދިޔަ ނަމަ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް މުޅި ނެޓްވޯކަށް ލިބުމުގެ ނުރައްކާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ފަހުން ކަރަންޓް ދިނީ ކޮންމެ ފީޑަރެއް ވަކިވަކިން ބަލަމުންނެވެ.

"އެހެންވެގެން އަސްލުގައި އެހާ ގިނަ ވަގުތުތަކެއް ނެގީ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަތިސް ނަމާދު ވަގުތުން ފެށިގެން ސްކޫލް ގަޑިއާ ހަމައަށް ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުދެވުނު ކަމަށާއި އެހެން ނަމަވެސް އަވަހަށް ކަރަންޓް ދޭން ސްޓެލްކޯއިން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox