ބީއެމްއެލް ވައު ކިޑްސް ރަންގައި މިއަދު ވެސް ބައިވެރިވެވޭނެ، އަވަހަށް ރަޖިސްޓްރީ ކޮށްލާ

May 12, 2022, 3:31 AM
ކުރިން ބޭއްވި ބީއެމްއެލް ކުޑަކުދިންގެ ދުވުމުގެ ތެރެއިން: މިއަދުގެ ދުވުމުގައި 1،200 މީހުން ބައިވެރިވާނެ ކަމަށް ޓީއެފްޖީން އުއްމީދުކުރޭ. --ފޮޓޯ:ޓީއެފްޖީ

ކުރިން ބޭއްވި ބީއެމްއެލް ކުޑަކުދިންގެ ދުވުމުގެ ތެރެއިން: މިއަދުގެ ދުވުމުގައި 1،200 މީހުން ބައިވެރިވާނެ ކަމަށް ޓީއެފްޖީން އުއްމީދުކުރޭ. --ފޮޓޯ:ޓީއެފްޖީ

މާދަމާ ބާއްވާ "ބީއެމްއެލް ވައު ކިޑްސް ރަން" ގައި ބައިވެރިވެ ދުވެލުމުގެ ފުރުސަތު އަދިވެސް ނުގެއްލެ އެވެ. ބޭނުންވާ ނަމަ އަވަހަށް ރަޖިސްޓްރީކޮށްލާށެވެ.

ބީއެމްއެލްއާ ގުޅިގެން މި ދުވުން އިންތިޒާމުކުރާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ކޯ ފައުންޑަރު ހުސެއިން ޒިނާން ވިދާޅުވީ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވެސް އެބަ އޮތް ކަމަށާއި، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ޓީއެފްޖީ އަށް އައިސް ރެޖިސްޓަ ވެވޭނެ ކަމަށެވެ.

މިހާރު ޓީއެފްޖީ ހިންގަނީ މއ. ފްރީ ޕާކް އެވެ.

ޓީއެފްޖީއަށް ގޮސް ރަޖިސްޓްރީ ވެވޭނީ ދުވުމުގެ ކިޓާ ހަވާލުވުމަށް ކަނޑައަޅާފައިވާ ވަގުތުތަކު އެވެ. އެއީ، މިއަދު ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 3:00 އިން 6:00 އަށެވެ.

ހަތަރު އުމުރުފުރާ އަކަށް ބަހާލައިގެން އެއް ކިލޯމީޓަރުން ފެށިގެން ހަތަރު ކިލޯމީޓަރުގެ ދިގުމިނަށް ކުރިއަށް ގެންދާ މި ދުވުން ފަށާނީ، މާދަމާ ހެނދުނު 6:10 ގަ އެވެ.

ކެޓަގަރީތަކާއި ވަގުތު

  • ހެނދުނު 6:10 - ހަތަރު ކިލޯމީޓަރުގެ ދުވުން (10-12 އަހަރު ކުދިން)
  • ހެނދުނު 6:30 - ތިން ކިލޯމީޓަރުގެ ދުވުން (8-10 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
  • ހެނދުނު 6:50 - ދެ ކިލޯމީޓަރުގެ ދުވުން (6-8 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
  • ހެނދުނު 7:10 - އެއް ކިލޯމީޓަރުގެ ދުވުން (4-6 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)

ހަތަރު ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން 199ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އެހެން ކެޓަގަރީތަކުގައި ބައިވެރިވާން ދައްކަން ޖެހެނީ 299 ރ. އެވެ. ދުވުމުގައި އޮންލައިންކޮށް ރަޖިސްޓްރީކުރެވެވި ފައިސާ ވެސް ދައްކާލެވެ އެވެ.

މިދިޔަ އަހަރުގެ ދުވުމުގައި ކުޑަކުދިންނާއެކު 900 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ޒިނާން ވިދާޅުވީ މި އަހަރު ދުވުމުގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި، އުއްމީދަނީ ކުޑަކުދިންނާއި ބެލެނިވެރިންނާއެކު ޖުމުލަ 1،200 މީހުން ދުވާނެ ކަމަށެވެ.

ޓީއެފްޖީ 2022 ރަނިން ކަލަންޑަރު

  • މޭ 13: ބީއެމްއެލް ވައު ކިޑްސް
  • ޖޫން 3: އެމްވީރަން
  • ސެޕްޓެމްބަރު 2: ބޮޑު ފަހެއް
  • ޑިސެމްބަރު 9: ދަ މޯލްޑިވްސް ލޯންގް ރަން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox