ރިއާނާގެ ލޯބިވެރިޔާ ހައްޔަރުކޮށްފި

ރިއާނާ އަދި އޭސެޕް ރޮކީ. -- ފޮޓޯ: އޮޕްޓި މެގެޒިން

ރިއާނާ އަދި އޭސެޕް ރޮކީ. -- ފޮޓޯ: އޮޕްޓި މެގެޒިން

މިދިޔަ އަހަރު ހިނގި ބަޑި ޖެހުމުގެ ހާދިސާއަކާ ގުޅިގެން ލަވަކިޔުންތެރިޔާ ރިއާނާގެ ލޯބިވެރިޔާ އަދި ރެޕް އާޓިސްޓް އޭސެޕް ރޮކީ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ލޮސް އެންޖެލިސް އެއާޕޯޓުން ކަމަށެވެ. އޭސެޕް ރޮކީ ނުވަތަ ރާކިމް މަޔޭޒް އެންމެ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ ނޮބެމްބަރު މަހު އެވެ.

އެއީ ހޮލީވުޑްގައި ބަޑި ޖެހި ހާދިސާއަކާ ގުޅިގެންނެވެ. އުމުރުން 33 އަހަރުގެ މަޔޭޒް އާއި ރިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު، ރިއާނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ.

Advertisement

އޭނާ އެއާޕޯޓުން ހައްޔަރު ކުރީ ރިއާނާގެ އުފަން ރަށް، ބާބޭޑޯސްއަށް ދަތުރު ކުރުމަށް ފަހު، ޕްރައިވެޓް ޖެޓުގައި ލޮސް އެންޖެލިސް އެއާޕޯޓަށް ޖެއްސުމުންނެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު ހިނގި ބަޑި ޖެހުމުގެ ހާދިސާގައި އެކަކަށް ކުދި އަނިޔާ ލިބުނު ކަމަށެވެ. ބަޑި ޖެހީ މަޔޭޒް ކަމަށް ތުހުމަތު ކުރެވޭ އިރު، އޭނާ އެ ތަނުން ފިލީ ކަމަށް ފުލުހުން ބުންޏެވެ.

މަޔޭޒް އާއި ބިލިއަނަރު ރިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނު ކުރީ މިދިޔަ އަހަރު އެވެ. ޖީކިއު މެގެޒިންއަށް މޭ 2021 ގައި ދިން އިންޓަވިއުގައި މަޔޭޒް ބުނީ ރިއާނާއަކީ އޭނާގެ "ހަޔާތު ލޯބި" ކަމަށެވެ.

ނިއު ޔޯކަށް އުފަން މަޔޭޒް މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން ސްޓޮކްހޯމްގައި 2019 ވަނަ އަހަރު މަގުމަތީގައި ހިނގި ތަޅާފޮޅުމެއްގެ ސަބަބުން މަހަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox