ވިނަރެސް ފްލެޓުތައް ޖުލައި އަށް ނިމުނަސް ވިއްކޭނެ އިރެއް ނޭނގޭ

ހުޅުމާލޭ ފޭސް ޓޫގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް: މި ޕްރޮޖެކްޓުގެ ދަށުން ފޭސް ޓޫގައި 13 ފަންގިފިލާގެ 10 ޓަވަރު އިމާރާތްކޮށްފައިވޭ. -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ފޭސް ޓޫގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް: މި ޕްރޮޖެކްޓުގެ ދަށުން ފޭސް ޓޫގައި 13 ފަންގިފިލާގެ 10 ޓަވަރު އިމާރާތްކޮށްފައިވޭ. -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ފޭސް ޓޫ ގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓު އިމާރަތްކުރުމުގެ މަސައްކަތް ޖުލައި މަހަށް އެއްކޮށް ނިމުނު ނަމަވެސް ވިއްކަން ފަށާނެ ތާރީހު ނޭނގޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އެޗްޑީސީން ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއިސީ)އާ ހަވާލުކޮށްގެން "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ކޮންސެޕްޓަށް 10 ޓަވަރު އިމާރާތްކޮށްފަ އެވެ. މި ޓަވަރުތަކުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓާއި ތިރީ ފަންގިފިލާތަކުގައި ކޮމާޝަލް ޔުނިޓުތައް ހުންނާނެ އެވެ.

މި ފްލެޓުތަކުގެ މަސައްކަތް ކުރިޔަށްދާ ގޮތާ ގުޅިގެން އެޗްޑީސީގެ ޕީއާރު އޮފިސަރު އަލީ މަޝާރު ވިދާޅުވީ ކޮންޓްރެކްޓަރު އެންމެ ފަހުން ދީފައިވާ ތާވަލަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންކަމުން, އެންމެ ފަހުން ބުނެފައިވާ ގޮތަށް ޖޫން ނޫނީ ޖުލައި މަހަށް މި ޓަވަރުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ.

Advertisement

މިހާރު ގިނަ ޓަވަރުތަކުގެ އެކްސްޓީރިޔާ އާއި އިންޓީރިއާ ހުރިހާ މަސައްކަތެއް ހެން ނިމިފައިވާ އިރު ބައެއް ޓަވަރުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ވެސް ނިމިއްޖެ އެވެ. މިތަނުގެ ފްލެޓުތައް ހަވާލުކުރަނީ ފިނިޝިން އެއްކޮށް ނިންމާފަ އެވެ.

އިމާރާތްތައް ނިމުނު ނަމަވެސް، މި ފްލެޓުތައް އާންމުކޮށް ވިއްކުމުގެ ކަންކަން އޮތީ މަޑުޖެހިފަ އެވެ. މިހާތަނަށް ވިނަރެސް ފްލެޓުތަކަށް އެދުމުގެ ފުރުސަތު ދިނީ ގުޅީފަޅުން ފްލެޓު ގަތް މީހުންނާއި ސީލައިފުން ފްލެޓު ގަތް މީހުންނާއި ހިޔާ ފްލެޓު ދޫކޮށްލި މީހުންނަށް އެކަންޏެވެ. އޭގެ ތެރެއިން 288 ފްލެޓު ގަންނަން ހުށަހަޅާފައިވާ ކަމަށް އެޗްޑީސިން ބުނެފައިވެ އެވެ.

އެންމެ ފަހުން މި ފްލެޓުތައް ވިއްކުން މަޑުޖައްސާލީ، މާލޭ މީހުންނަށާއި ދަފްތަރުގައި ހިމެނޭ މީހުންނަށް އެކަނި ވިނަރެސް ފްލެޓުތައް ވިއްކަން ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް މި ނިންމުން ބަދަލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ރާއްޖެ.އެމްވީ ގައި ލިޔެފައިވެ އެވެ.

އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި މި ފްލެޓުތައް ވިއްކުމުގެ ކަންކަން މިހާރު ކުރިޔަށް ދަނީ ސީދާ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން ފްލެޓު ވިއްކާނެ އުސޫލާއި އެކަން ފަށާނެ ތާރީހެއް އިނގޭނީ އެ މިނިސްޓްރީއަށް ކަމަށް މަޝާރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ އޮފިޝަލުން ޖަވާބުނުދެއްވާތީ މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox