ކުންފުނިތައް ހަދާފައި ހުރީ ސަރުކާރުން ވިޔަފާރިކުރާކަށް ނޫން: އީސަ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ކުންފުނިތައް ހިންގަނީ ސަރުކާރުން ވިޔަފާރިކުރާކަށް ނޫން ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ކުންފުނިތައް ހިންގަނީ ސަރުކާރުން ވިޔަފާރިކުރާކަށް ނޫން ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ބައެއް ކަހަލަ ހިދުމަތްތައް ދިނުަމަށް ސަރުކާރުން ކުންފުނިތައް އުފައްދަނީ އެނޫން ގޮތެއް ނެތިގެން ކަމަށާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ސަރުކާރުން 25 އަކަށް ކުންފުނި އުފެއްދި ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވާދަވެރިކަމުގައި، އެޕާޓީގެ އެތެރޭގެ ކޯޅުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކޮންމެ ދުވަހަކު ވެސް އޮވެ އެވެ. އެ ކޯޅުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ބަހުގެ ހަމަލާތައް ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އިއްޔެ ވިދާޅުވީ ސަރުކާރުން ކުންފުނިތައް ހަދައިގެން ވިޔަފާރި ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީއަކީ ސެންޓަ ރައިޓް ޕާޓީއަކަށް ވާތީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އީސަ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ކުންފުނިތައް އުފެއްދި ކަމަށާއި އެއީ ސެންޓަ ރައިޓް އުސޫލު ގަބޫލުނުކުރާތީ ވީ ކަމެއް ނޫން ކަމަށެވެ.

" ދެހާސް އަށެއްގެ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ އަހަރު އަޅުގަނޑުމެނަށް މަޖުބޫރުވެގެން ގޮތެއް ނެތިގެން އުފެއްދިން ކިތަންމެ ކުންފުންޏެއް އިއްޒަތްތެރި ރައީސް. ފުރަތަމައިނުން ހަތް ހެލްތު ކޯޕަރޭޝަން އަޅުގަނޑުމެން އުފެއްދިން. މާލޭ ހެލްތު ކޯޕަރޭޝަނާ އެއްކޮށް އަށެއް،" ރައީސް ނަޝީދުގެ ވެރިކަމުގައި ކުންފުނިތައް އުފެއްދި ގޮތުގެ ތަފްސީލު ދެއްވަމުން އަހުމަދު އީސާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އޭރުވެސް އެ ކުންފުނިތައް އުފެއްދީ ބޭނުންވެގެން ނޫން ކަމަށާއި ވިޔަފާރީގެ އުސޫލުން އެ ހިދުމަތްތައް ދޭނެ އަމިއްލަަ ކުންފުނިތައް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލުތަކުގެ ގޮތުގައި އޭނާ ދެއްކެވީ ކަރަންޓުގެ ހިދުމަތާއި ރަށްރަށުގެ ހެލްތު ސެންޓަރުތަކެވެ.

"އެއީ މަޖުބޫރީ ހާލަތުގައި އުފެއްދި ކުންފުނިތައް. އެއީ އަޅުގަނޑުމެން ސެންޓަ ރައިޓް އުސޫލް ގަބޫލުނުކުރާތީ ވީ ގޮތެއް ވެސް ނޫން،" އަހުމަދު އީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އުފެއްދި ބައެއް ކުންފުނިތަކަކީ ވެސް ހަމަ އެބީދައިން އުފެއްދި ކުންފުނިތަކެވެ. އޭގެ އެއް މިސާލަކީ ރަށްރަށުގެ ދަނޑުވެެރިން ހައްދާ ބާވަތްތައް ގަންނަން އުފެއްދި އެގްރޯ ނެޓު ކުންފުންޏެވެ. ކުރިއްސުރެ ހިންގަމުން އަންނަ އެފަދަ ކުންފުނިތަކުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މިފްކޯ އެވެ.

"ކާކު ފެލިވަރު މިއަދު ގަނެގެން އެތަނަށް 50 މިލިޔަން ޑޮލަރު އިންވެސްޓުކޮށްގެން، އަޅުގަނޑުމެންގެ މަސްވެރިން މި އުއްމީދުކުރާ އަގުގައި މަސް ގަންނާނީ؟" އަހުމަދު އީސާ ސުވާލުކުރެއްވި އެވެ.

ސެންޓަ ރައިޓް އުސޫލުގެ ވާހަކަ ދައްކާ އިރު ރާއްޖެއަކީ އެހުރިހާ އުސޫލެއް ވެސް ބޭނުންވާ ގޮތަށް ބަދަލުކޮށްފައިވާ ގައުމެއް ކަަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ވެސް އޮތީ އެގޮތަށް "މޮޑިފައިކޮށްފައި" ކަމަށް އޭނާ ވިދާޅުވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox