އައްޑޫއަށް 194 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއު ފަށަން ހަވާލުކޮށްފި

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކުރަނީ: މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުން ވެސް ހިމެނޭ  --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކުރަނީ: މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުން ވެސް ހިމެނޭ --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫ ސިޓީގައި ހިންގަން ހަމަޖެހިފައިވާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާގެ ލޯނެއްގެ ދަށުން މި މަޝްރޫއު ހިންގާއިރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާ އެވެ. މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއި ކުރެއްވި އިރު ވެން އޫޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑްރެޖިން، ކޯނީލިއަސް އެޑްރިއާން ޑި ބްރުއިން އެވެ.

Advertisement

އޭޑީޕީއަކީ އައްޑޫގެ އިގްތިސޯދު ކުރިއަރުވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑޫ އަށް ގެނައުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއު އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާނެ އެވެ.

މަޝްރޫއުގައި ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން, ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ/މަރަދޫފޭދޫ އަށް 76 ހެކްޓަރުގެ ބިން އިތުރުކުރާނެ އެވެ. އޭގެއިތުރުން, ފަތުރުވެރިކަމަށް ހާއްސަ ކުރެވިގެން އައްޑޫ ސިޓީ ފަޅު ތެރޭން 8.3 ހެކްޓަރުގެ ތިން ރަށަކާއި ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ ބްރިޖުގެ އެމްބޭންކުމަންޓަށް 3.3 ހެކްޓަރު ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ.

އަށާރަ މަސް ދުވަހުން ހިއްކަން ހަވާލުކުރި މި މަޝްރޫއުއަކީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

އައްޑޫގައި ހިންގާ މި ބިޔަ މަޝްރޫއުއާ ގުޅިގެން ތިމާވެއްޓަށް ގެއްލުންވާނެ ކަމުގެ ކަންބޮޑުވުން ޖަމިއްޔާތަކުން ވަނީ ފާޅުކޮށް, މަޝްރޫއު ހުއްޓާލަން ގޮވާލާފަ އެވެ. ނަމަވެސް, އެންވަރަޔަމަންޓް މިނިސްޓްރީން ވެސް ވަނީ އައްޑޫއަށް ކޮންމެހެން ބޭނުންވާ މަޝްރޫއުއަކަށް ވާތީ އެކަން ނުހުއްޓުވަން ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެއްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް, އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އެކަމަށް ތަޖުރިބާކާރެއްގެ ލަފާ ވެސް ސަރުކާރުން އަންނަނީ ހޯދަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި, އައްޑޫ ސިޓީ ތަރައްގީވެގެން ނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ އެވެ. އެހެންވެ, މި ސިޓީ ތަރައްގީ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމާއި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ބިން ހިއްކުމަށްފަހު, އެ ބިމުގައި އިގުތިސޯދީ ގިނަ ހަރަކާތްތައް ހިންގޭނެ ތަންތަނާއި ހައުސިންގެ ބިޔަ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ހާމަކުރި އެވެ.

އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް:

  • ހަތަރު ރަށުގެ މަގު ހެދުން
  • އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ
  • ކަސްޓަމްސް ސައުތް ރީޖަން ހެޑް އޮފީސް އިމާރާތް
  • އައްޑޫ ސިޓީ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުން
  • އައްޑޫސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުން
  • އައްޑޫސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުން
  • އައްޑޫ ހައި ސްކޫލް 12 ކްލާސްރޫމް އިމާރާތް

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox