ތާނަ އަޑުއެހޭނެ އެޕްލިކޭޝަނެއް ލޯފަން ކުދިންނަށް ތައާރަފްކޮށްފި

މިއަދުގެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ: "ޝާމިލް އަޑު" އެންޑްރޮއިޑް، އައިއޯއެސް އަދި ޑެސްކްޓޮޕަށް ވެސް ސަޕޯޓް ކުރާނެ -- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ: "ޝާމިލް އަޑު" އެންޑްރޮއިޑް، އައިއޯއެސް އަދި ޑެސްކްޓޮޕަށް ވެސް ސަޕޯޓް ކުރާނެ -- ފޮޓޯ: ރައީސް އޮފީސް

ތާނައިން ލިޔެފައި ހުންނަ ލިޔުންތައް ލޯފަން ކުދިންނަށް އަޑު އެހޭނެ ކޮމްޕިއުޓާ އެޕްލިކޭޝަނެއް ސަރުކާރުން އިއްޔެ ތައާރަފްކޮށްފި އެވެ.

"ޝާމިލު އަޑު" ގެ ސަބަބުން ހުރިހާ ކުދިންނަށް ވެސް އެއް ހަމައެއްގައި ތައުލީމް ފޯރުކޮށްދިނުމަށް ފަހިވާނެ ކަމަށް އެ ސޮފްޓްވެއާ ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

"ޝާމިލް މިވަނީ އެހެން ހުރިހާ ކުދިންނާއި އެކު، ބައިވެރިކުރުވައިގެން ތައުލީމް ފޯރުކޮށްދިނުމަށް އަދި މި ދެންނެވި ގޮތަށް އެކިއެކި ހަރަކާތްތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިކުރުވުން. އުންމީދަކީ މިއަދު ތައާރްފްކުރެވިގެން ދިޔަ ސްކްރީން ރީޑިންގް ސޮޕްޓްވެއާއާއި އެކު ގިނަ ގުނަ ފުރުސަތުތައް ފަހިވެގެން ދިއުން،" އެމަނިކުފާނު އެވެ.

Advertisement

"ޝާމިލް އަޑު" ގިނަ ޕްލެޓްފޯމްތަކަށް ސަޕޯޓް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޑެސްކްޓޮޕާއި އެންޑްރޮއިޑާއި އައިއޯސްއަށް ވެސް އެ އެޕްލިކޭޝަން ސަޕޯޓް ކުރާނެ ކަމަށް ޑިވެލޮޕަރުން ބުންޏެވެ. އަދި ސޮފްޓްވެއާ ފަރުމާކޮށްފައި ހުންނާނީ ލޯފަން ކުދިންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ ސޮފްޓްވެއާ ތައާރަފް ކުރުމަށް ބޭއްވި ހަފްލާފައި އިތުރަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، "ޝާމިލް އަޑު" ވެގެންދާނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މެދުގައި އޮތް ފަރަގު ނައްތާލުމަށް އެޅޭ ފިޔަވަޅަކަށް ކަމަށެވެ.

ޝާމިލުއަޑަކީ އިންޓަނެޓް ކަނެކްޝަންއެއް ނެތި ވެސް ބޭނުން ކުރެވޭނެ އެޕްލިކޭޝަނެކެވެ. އަދި ކޮޕީ ޕޭސްޓްކޮށް ދިވެހި ލިޔުންތައް ކިޔުމަށް މިސޮފްޓްވެއާ ބޭނުންކުރެވުމުގެ އިތުރުން އެންޑްރޮއިޑް ޓޯކްބެކް ސާވިސްއާއެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި ވެސް އެ ސޮފްޓްވެއާ ބޭނުން ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox