ލެންޑް ޔޫސް ޕްލޭން ފާސްނުކޮށް ވިލިމާލެއިން ބިން ދޫނުކުރަން ސިޓީ ކައުންސިލަށް އަންގައިފި

ވިލިމާލޭގެ މަގެއްގެ މަތިން މީހަކު ބައިސްކަލެއް ހިފައިގެން ދަނީ: ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ވިލިމާލޭން ބިން ދޫނުކުރަން ސިޓީ ކައުންސިލަށް ވަނީ އަންގާފައި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލިމާލޭގެ މަގެއްގެ މަތިން މީހަކު ބައިސްކަލެއް ހިފައިގެން ދަނީ: ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ވިލިމާލޭން ބިން ދޫނުކުރަން ސިޓީ ކައުންސިލަށް ވަނީ އަންގާފައި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ވިލިމާލެއިން އެއްވެސް ބޭނުމަކަށް ބިން ދޫނުކުރަން ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއިކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ވިލިމާލެއިން ފައިބަރު މަސައްކަތަށް ބިން ދޫކުރަން ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އަދި ސިޓީ ކައުންސިލުން ދޫކުރަން މަސައްކަތްކުރަމުންދާ ބިންތަކަކީ ވިލިމާލޭއިން ސްޓެލްކޯ އަދި ދިރާގަށް ދޫކޮށްފައިވާ ބިން ހިމެނޭ ސަރަހައްދާއި ކައިރި ސަރަހައްދުތަކެއްކަމަށް އެ ސިޓީގައި ބުނެ އެވެ. އެ ސިޓީގައި ވިލިމާލެއިން އެއްވެސް ބޭނުމަކަށް ބިން ދޫކުރެވޭނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށްފަހުކަމަށް ބުނެފައި ވެއެވެ.

އަދި އެ ޕްލޭން ފާސްނުކޮށް ވިލިމާލެއިން އެއްވެސް ކަމަކަށް ބިން ދޫކުރުމުގެ މަސައްކަތް ނުކުރުމަށް ޕްލޭނިން މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން މިގޮތަށް އެންގިއިރު، މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސަރަހައްދަށްވާ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް މިދިޔަ ނޮވެމްބަރު ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފަައިވާކަމަށް ބުނެފަ އެވެ. އަދި ޕްލޭނިން މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ލަސް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް އެކަން ދޮގުކޮށް، ޕްލޭނިން މިނިސްޓްރީން ބުނަނީ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ހުށަހަޅާފައި ވަނީ ޑިސެމްބަރު މަހު ކަމަށެވެ. އަދި އެ ލޭންޑް ޔޫސް ޕްލޭންގައި މައްސަަލަތަކެއް އުޅޭތީ އެކަން އިސްލާހުކުރުމަށް ސިޓީ ކައުންސިލަށް އެ މަސްތެރޭ އެންގި ކަމަށެވެ.

އެކަންކަން އިސްލާހުކުރުމަށްފަހު ސިޓީ ކައުންސިލުން އަނެއްކާވެސް މިދިޔަ ހަފްތާތެރޭ ލޭންޑް ޔޫސް ޕްލޭނެއް ހުށަހެޅި ކަމަށާއި ނަމަވެސް އެއީ ހަމައެކަނި މާލެ ސިޓީގެ ޕްލޭން އެކަނިކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ ޕްލޭނާ ދޭތެރޭ ގޮތެއް ނިންމަން ވަގުތު ނަގާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ވިލިމާލެ ސިނާއީ ސަރަހައްދާއި އެ ސަރަހައްދާއި ކައިރިން އަޅާ މާލެ-ތިލަފުށި ބްރިޖާ ގުޅިގެން ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ.

އެގޮތުން ސިނާއީ ސަރަހައްދުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހުއްދަދިންކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox