ރާއްޖޭގެ ފޮޓޯއެއްް ހިއްސާކޮށްގެން ބ. މާޅޮހު ގެސްޓްހައުސްއެއްގައި ދެ ރޭގެ ހުރުން

މި ގެސްޓްހައުސްގައި 18 ކޮޓަރި އާއި ރެސްޓޯރަންޓެއްގެ އިތުރުން ސްޕާއެއް ހުރޭ -- ފޮޓޯ: ފޭސްބުކް/ތުނޑި ވިލެޖް މޯލްޑިވްސް

މި ގެސްޓްހައުސްގައި 18 ކޮޓަރި އާއި ރެސްޓޯރަންޓެއްގެ އިތުރުން ސްޕާއެއް ހުރޭ -- ފޮޓޯ: ފޭސްބުކް/ތުނޑި ވިލެޖް މޯލްޑިވްސް

ރާއްޖޭގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ބ. މާޅޮހު ގެސްޓްހައުސްއެއްގައި ދެ ރޭ ހުރުމުގެ ފުރުސަތު ލިބޭ ގިވްއަވޭއެއް އުރީދޫ އިން ފަށައިފި އެވެ.

މިއީ އެ ކުންފުންޏާއި، އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިޔަށްގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ސޯޝަލް މީޑިއާ ކެމްޕޭންގެ ދަށުން ބާއްވާ ގިވްއަވޭއެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ އެ ޕްރޮމޯޝަންގައި މީގެ ކުރިންވެސް ބޮޑެތި އިނާމްތަކަކަށް ހުޅުވާލި އެވެ.

މިފަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ތްރިލިން އެޑްވެންޗާސް އިން މޯލްޑިވްސް" އެވެ. މި ތިމާ ގުޅޭ ފޮޓޯތައް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ހިއްސާކޮށްގެން މި ގިވްއަވޭގައި ބައިވެރިވެވޭނެކަން ފާހަގަކުރަމުން އުރީދޫ އިން ބުނީ، ފޮޓޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަން ޖެހޭނެ ކަމަށެވެ. ފެބްރުއަރީ 14، އާ ހަމަޔަށް މި ގިވްއަވޭގައި ބައިވެރިވެވޭނެ އެވެ.

މި ގިވްއަވޭއިން ހޮވޭ މީހަކަށް ބ. މާޅޮހުގައި ހުންނަ ތުނޑި ވިލެޖު ގެސްޓްހައުސްގައި ދެ މީހަކަށް ދެ ރޭ ހުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއީ ބީޗް ފްރޮންޓަށް ވާ ގޮތަށް 18 ކޮޓަރި އާއި ރެސްޓްރޯންޓަކާއި ޑައިވް ސްކޫލެއްގެ އިތުރުން ސްޕާއެއް ހުންނަ ގެސްޓްހައުސްއެކެވެ.

މި ގިވްއަވޭއާ ބެހޭ އެންމެފަހުގެ މައުލޫމާތުތައް ވެސް އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox