އޮމިކްރޯން ވޭރިއެންޓާއެކު ކޮވިޑް ކޭސްތަކުގެ ސުނާމީއެއް

އެމެރިކާގައި އުޅަނދުތައް ހުއްޓުވައިގެން ރޭންޑަމްކޮށް ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގައި އުޅަނދުތައް ހުއްޓުވައިގެން ރޭންޑަމްކޮށް ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (ޑިސެމްބަރު 30) - އޮމިކްރޯން ވޭރިއެންޓާއެކު އުފެދިފައިވާ ކޮވިޑް ކޭސްތަކުގެ ސުނާމީގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމު ހުއްޓުމަކަށް އައުމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދީފި އެވެ.

ހަލުވިކަމާއެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓާ ހެދި އެމެރިކާ، ފްރާންސް އަދި ޑެންމާކްގައި ބުދަ ދުވަހު ރިކޯޑް އަދަދަށް ކޭސްތައް ރިޕޯޓުކުރި އެވެ. އޭއެފްޕީ އިން ބުނި ގޮތުގައި އެއް ހަތުފާ ތެރޭ 6.55 މިލިއަން ކޭސް ރިޕޯޓުކޮށް، މުޅިން އާ ރިކޯޑެއް ގާއިމްވެފައިވާ ކަމަށެވެ.

މިއީ މާޗް 2020 ވަނަ އަހަރު ބަލިމަޑުކަމެއް ފެށިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާނު ކުރި ފަހުން އެއް ހަފުތާގައި އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ފަހަރެވެ. ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް، ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓުގެ ސަބަބުން ކޭސްތައް އަދިވެސް މަތިވާނެ ކަމަށް ބެލެވެ އެވެ.

Advertisement

"ޑެލްޓާ ވެސް ފެތުރެމުންދާ މި ދަނޑިވަޅުގައި އެއަށްވުރެ ހަލުވިކޮށް ފެތުރޭ އޮމިކްރޯންއާ ހެދި ކޭސްތަކުގެ ސުނާމީއެއް އުފެދެމުންދާތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވި އެވެ.

"މީގެ ސަބަބުން އެންމެ ޕްރެޝަރު ބޮޑު ވާނީ މިހާރު ވެސް ވަރުބަލިވެފައި ތިބި ސިއްހީ މަސައްކަތްތެރިންނާއި ހުއްޓެން ކައިރިވެފައިވާ ސިއްހީ ނިޒާމުތަކަށް."

މި ވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތީ ޔޫރަޕްގަ އެވެ. އިނގިރޭސިވިލާތުގައި މިދިޔަ މާޗް މަހަށް ފަހު އަނެއްކާވެސް އެއް ފަހަރާ 10،000 ކޮވިޑް ބަލި މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

އެމެރިކާގެ ހޮސްޕިޓަލްތަކަށް ވެސް ބާރުބޮޑުވެފައި ވާއިރު، ޖޯން ހޮޕްކިންސް ޔުނިވާސިޓީން ބުނީ ދުވާލެއްގެ މައްޗަށް ރިކޯޑް އަދަދަށް ކޭސްތައް ފެންނަމުންދާ ކަމަށެވެ.

ފްރާންސްގައި ވެސް އެއް ދުވަސް ތެރޭ ރިކޯޑް އަދަދަކަށް 200،000 އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ. މިއީ ކްރިސްމަސް ދުވަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރެވެ.

މި ވަގުތު އާބާދީގެ ނިސްބަތުން ބަލި އެންމެ ހަލުވިކޮށް ފެތުރެނީ ޑެންމާކްގަ އެވެ. އެ ގައުމުން ދަނީ ދުވާލަކު 23،000 އަށް ވުރެ ގިނަ ކޭސް ފެންނަމުންނެވެ.

ޕޯޗުގަލްގައި ވެސް 24 ގަޑިއިރު ތެރޭ ރިކޯޑް އަދަދަކަށް 27،000 އަށް ވުރެ ގިނަ ކޭސް ފެނިފައި ވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައެއް ގައުމުތަކުގައި މިހާރު އެންމެ ފުޅާކޮށް ފެތުރިފައި ވަނީ އޮމިކްރޯން ވޭރިއެންޓެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 5.4 މިލިއަން މީހުން މުޅި ދުނިޔެއިން މަރުވެފައި ވާއިރު، މިދިޔަ ހަފުތާގައި އެވްރެޖުކޮށް ދުވާލަކު މަރުވީ 6،450 މީހުންނެވެ. މިއީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން އަދަދުތައް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox