ގުޅީފަޅު، ހުޅުމާލެ ނޫން އެހެން ފަޅަކުން ވެސް ގޯތި ދޫކުރަން ނިންމާފައިވާކަން ރައީސް ހާމަކުރައްވައިފި

ރައީސް ސޯލިހު: ގުޅީފަޅު, ހުޅުމާލެ އަދި އެހެން ފަޅުތަކުން ވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި --

ރައީސް ސޯލިހު: ގުޅީފަޅު, ހުޅުމާލެ އަދި އެހެން ފަޅުތަކުން ވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި --

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގިނަ އަދަދެއްގެ ގޯތި މި ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހުޅުވާލުމާއެކު ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް އޮތް ގޯތި ގެދޮރުގެ މައްސަލައަކީ މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމެއް ކަމަށެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ހުޅުމާލޭގައި މިހާރު ވެސް 5,000 ފްލެޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މާލޭ ރައްޔިތުންނަށް ހާއްސަކޮށް ގޯތި ދިނުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.

"އަޅުގަނޑުމެން ގޯތި ދޭނީ ގުޅީފަޅުން އެކަންޏެއް ނޫން, ހުޅުމާލޭން ވެސް ގޯތި ލިބޭނެ, އަދި އެހެން ފަޅުތަކުން ވެސް ލިބޭނެ," ރައީސް މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދައްކަނީ އެއްހާސް ގޯތީގެ ވާހަކައެއް ނޫން, އޭގެ ދެގުނަ ތިންގުނަ ހަތަރު ގުނަ, މާލޭގެ ރައްވެހިންނަށް ހާއްސަކޮށްގެން އަޅުގަނޑުމެން ކޮށް ދޭނަން,"

މީގެކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވާ ގޮތުގައި, ހުޅުމާލެ އާއި ގުޅީފަޅުން 4,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް, މިހާތަނަށް އެ މަޝްރޫއުތައް އިއުލާންކޮށްފައެއް ނުވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިންތައް ބީލަމުގައި ވިއްކަން އިއުލާންކޮށްފައިވާއިރު އެ ސިޔާސަތު ބަދަލުކޮށް ކަޑަ ޖަހާފައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވާފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ގުޅީފަޅު ހިއްކީ ވެސް ފްލެޓް އެޅުމަށެވެ. ނަމަވެސް, މި ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅު އިތުރަށް ހިއްކައި އެތަނުގައި ބަނދަރު އެޅުމަށެވެ. އެކަމާ މާލޭ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު ފާޑުވިދާޅުވެ އެވެ. މުއިއްޒު ވަނީ ގުޅީފަޅު މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހާއްސަކުރުމަށް ގޮވާލައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާލޭ ކައިރީގެ އިތުރު ފަޅެއް ހިއްކައިގެން އެތަނުން ގޯތި ދޫކުރުމުގެ މަޝްރޫއުއެއް އިއުލާންކުރި އެވެ. ނަމަވެސް, ވެރިކަން ނިމުމުން އެ މަޝްރޫއު ހުއްޓުނީ އެވެ. މިފަހުން ވެސް ޔާމީން ވަނީ ދެން ވެރިކަމަށް ވަޑައިގެންފިނަމަވެސް އެ މަޝްރޫއު ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ރައީސް ސޯލިހު ވެސް އިތުރު ފަޅުތަކުން ގޯތި ދޫކުރައްވާނެކަން އިއުލާން ކުރެއްވި ނަމަވެސް, އޭގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox