އޮމިކްރޯން ވޭރިއެންޓުގެ ނުރައްކާ އަދިވެސް ވަރަށް ބޮޑު: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯގެ އިމާރާތެއް.

ޑަބްލިއުއެޗްއޯގެ އިމާރާތެއް.

ޖެނީވާ، ސްވިޓްޒަލޭންޑް (ޑިސެމްބަރު 29) - ފާއިތުވި ހަފުތާގައި ދުނިޔޭގެ ކޮވިޑް ކޭސްތަކުގެ އަދަދު 11 ޕަސެންޓު އުފުލުމާ އެކު އޮމިކްރޯން ވޭރިއެންޓުގެ ނުރައްކާ އަދިވެސް ވަރަށް ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ގިނަ ގައުމުތަކެއްގައި މިހާރު ކުއްލިއަކަށް ކޭސްތައް އުފުލިގެން އުޅެނީ އޮމިކްރޯން ވޭރިއެންޓާ ހެދި އެވެ. ބައެއް ގައުމުތަކުގައި ޑެލްޓާ ވޭރިއެންޓް ފަހަތަށް ވައްޓާލުމަށް ފަހު އެންމެ ފުޅާކޮށް ފެތުރިފައިވާ ވޭރިއެންޓަށް އޮމިކްރޯން ވަނީ ވެފަ އެވެ.

"އަލަށް ފެނިގެން އުޅޭ ކަންބޮޑުވުންތައް ހުރި ވޭރިއެންޓު، އޮމިކްރޯންގެ ނުރައްކާ މިންވަރު އަދިވެސް އޮތީ ވަރަށް މަތީގައި،" ސިއްހަތާ ބެހޭ އދ. ގެ އެޖެންސީން ބުންޏެވެ.

"ހެކިތަކުން އެނގޭ ގޮތުގައި ޑެލްޓާ ވޭރިއެންޓުގެ މައްޗަށް ކުރި ހޯދުމުގެ ގާބިލްކަން އޮމިކްރޯން ވޭރިއެންޓަށް ލިބިގެންވޭ. އެގޮތުން ދެ ތިން ދުވަސް ތެރޭގައި ދެ ގުނަ އިތުރުވޭ. އަދި ކޭސްތައް ފެންނަމުންދާ ގައުމުތަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް އަދަދުތައް ވަނީ މަތިވެފައި،" އިނގިރޭސިވިލާތާއި އެމެރިކާ ފާހަގަކުރަމުން ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އެ ދެ ގައުމުގައި ވެސް މިހާރު "ޑޮމިނެންޓް" ނުވަތަ އެންމެ ފުޅާކޮށް ފެތުރިފައިވާ ވޭރިއެންޓަކީ އޮމިކްރޯން އެވެ.

"އެހާ ހަލުވިކަމާ އެކު ފެތުރޭ ކަމަށް ބެލެވެނީ އިމުނިޓީ ނުވަތަ ހަށިގަނޑަށް ކުރިން ލިބިފައިވާ ރައްކާތެރި ކަމަށް ނުގުޑުމާއި އޮމިކްރޯން ވޭރިއެންޓުގެ ޓްރާންސްމިސިބިލިޓީ ނުވަތަ ފެތުރޭ ރޭޓް ހަލުވިކަމުން."

ނަމަވެސް ޑަބްލިއުއެޗްއޯ އިން ވަނީ މި ވޭރިއެންޓް އެންމެ ފުރަތަމަ ރިޕޯޓު ކުރި ދެކުނު އެފްރިކާގެ ކޮވިޑް ކޭސްތައް 29 ޕަސެންޓު މަދުވެފައިވާކަން ފާހަގަކޮށްފަ އެވެ.

އިނގިރޭސިވިލާތާއި، ދެކުނު އެފްރިކާ އަދި ޑެންމާކުން މިހާތަނަށް ހެދި އެންމެ ފުރަތަމަ ދިރާސާތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ޑެލްޓާ އަށް ވުރެ އޮމިކްރޯންގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ ރޭޓް ކުޑަ އެވެ.

އެހެން ނަމަވެސް، އޮމިކްރޯންގައި ހާލު ސީރިއަސްވާ މިންވަރާ ބެހޭ ގޮތުން އެއްޗެއް ބުނެވޭނީ އިތުރު ދިރާސާތަކަށް ފަހު ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. އެގޮތުން ބަލަނީ ސީރިއަސްވާ މީހުންނަށް އޮކްސިޖަން ބޭނުންވާ މިންވަރާއި، ވެންޓިލޭޝަންގެ އެހީ ބޭނުންވާ މިންވަރާއި މަރުވާ މިންވަރަށެވެ.

އޭގެ އިތުރުން ވެކްސިން ޖަހާފައި ތިބޭ މީހުންނާއި ކުރިން ކޮވިޑް ޖެހި ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިފައިވާ މީހުންގެ މެދުގައި ހާލު ސީރިއަސް ވަނީ ކިހާ ވަރަކަށްތޯ ބެލުމަށް ވެސް އިތުރު ދިރާސާ ބޭނުންވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އޮކްޓޯބަރު މަހުން ފެށިގެން މުޅި ދުނިޔޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް، މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ނިމުނު ހަފުތާގައި އެކަނިވެސް 11 ޕަސެންޓުގެ އުފުލުމެއް އައި ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ އަދަދުތައް ވަނީ ހަތަރު ޕަސެންޓު މަދުވެފަ އެވެ.

ފާއިތުވި ހަފުތާގައި އެންމެ ގިނަ ކޭސްތައް ރިޕޯޓު ކުރީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އިޓަލީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox