ޗައިނާގައި 13 މިލިއަނަށް ވުރެ ގިނަ މީހުން ލޮކްޑައުންގައި

ޕީޕީއީ ލައިގެން ތިބި ފުލުހުން ޗައިނާގެ މަގުތައް ޕެޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕީޕީއީ ލައިގެން ތިބި ފުލުހުން ޗައިނާގެ މަގުތައް ޕެޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޑިސެމްބަރު 28) - ޗައިނާގައި 13 މިލިއަނަށް ވުރެ ގިނަ މީހުން ލޮކްޑައުންކޮށް، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި އެވެ.

ޔޫރަޕާއި އެމެރިކާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދާއިރު އެ ތަންތަނުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ޗައިނާގެ ކޭސްތައް އެމެރިކާ އާއި ޔޫރަޕާ އަޅާ ބަލާއިރު މަދު ނަމަވެސް، ޗައިނާ އިން ނިންމީ އެންމެ ބޮޑަށް ބަލި ފެތުރެމުންދާ ހިސާބުތައް ލޮކްޑައުން ކުރުމަށެވެ.

އެގޮތުން ޔަނާން ސިޓީގެ އެތައް ލައްކަ ބަޔަކު ގެތަކުން ނުކުތުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ ކުރިން ޒިއާން ސިޓީގެ 13 މިލިއަން މީހުން ވެސް ލޮކްޑައުން ކުރި އެވެ. އެ މީހުން ގެތަކުގައި ބަންދުވެފައި ތިބޭތާ މިހާރު ހަފުތާއެއް ވަނީ އެވެ.

Advertisement

ޗައިނާގައި މިހާރު ކޮވިޑްގެ އާ ރާޅެއް ފެންނަމުން ދާއިރު، 21 މަސް ތެރޭގައި ކޭސްތައް މައްޗަށް ނުދާ މިންވަރަށް ވަނީ މަތިވާން ފަށާފަ އެވެ. ލޮކްޑައުންގައި ތިބި ބައެއް މީހުން ދަނީ ކާބޯތަކެތި ހުސްވެގެން އެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކަމުންނެވެ.

ލޮކްޑައުންކޮށްފައިވާ ހިސާބުތަކުގައި ގެއިން ބޭރަށް ޒަރޫރީ ތަކެތި ގަންނަން ނުކުމެވެނީ ކޮންމެ ތިން ދުވަހަކުން ހުއްދަ އޮތް އާއިލާގެ އެންމެ މީހަކަށެވެ. ބޭރަށް ނުކުންނަ ވަގުތުތަކުގައި ވެސް އެއްގަމު އުޅަނދުތައް ދުއްވުން އޮތީ މަނާކޮށްފަ އެވެ.

މިއީ ބަލިމަޑުކަމުގެ ކުރީ ދުވަސްކޮޅުގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ލޮކްޑައުން ކުރި ފަހުން ޗައިނާގެ ސިޓީއަކަށް ކުރިމަތިވި އެންމެ ހަރުކަށި ލޮކްޑައުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox