ގޯތި ދިނުމުގެ ވައުދު ފުއްދައި ދޭނަން، ބަޖެޓަށް ވެސް ލުއި ގޮތަކީ އެއީ: ނަޝީދު

Dec 21, 2021, 4:39 PM
ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރަމުންދާ ފްލެޓްތަކެއް: ފްލެޓު އެޅުމަށް ވުރެ ދައުލަތުގެ ބަޖެޓަށް ރަނގަޅު ގޮތަކީ ގޯތި ދިނުން ކަމަށް ކުރީގެ ރައީސް ނަޝިދު ވަނީ ވިދާޅުވެފައި. -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރަމުންދާ ފްލެޓްތަކެއް: ފްލެޓު އެޅުމަށް ވުރެ ދައުލަތުގެ ބަޖެޓަށް ރަނގަޅު ގޮތަކީ ގޯތި ދިނުން ކަމަށް ކުރީގެ ރައީސް ނަޝިދު ވަނީ ވިދާޅުވެފައި. -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

މާލޭ ރައްޔިތުންނަށް ގޯތީ ދޭނެ ކަމަށް އެމްޑީޕީން ވި ވައުދު ފުއްދައި ދެއްވާނެ ކަމަށާއި ފްލެޓު އެޅުމަށް ވުރެ ދައުލަތުގެ މާލިއްޔަތަށް ވެސް ރަނގަޅު ގޮތަކީ ގޯތި ދިނުން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވަމުން އަންނަތާ ތިރީހަކަށް އަހަރު ވެއްޖެ ކަމަށާއި އެކަން ނުކުރެވި ދިގުލައި ދާތީވެ، އެއީ ނުވާނެ ކަމެއް ކަމަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް ގަބޫލުކޮށް އެ ވާހަކަ ދައްކާ ކަމަށް ނަޝީދު ފާހަގަ ކުރެއްވެވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ވައުދު ފުއްދުމުގެ މަސައްކަތް ހުއްޓާ ނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށާއި ބޯހިޔާވަހި ކަމަށް ގޯތި ފިޔަވައި އިތުރު ވާހަކައެއް ނެތް ކަމަށެވެ.

Advertisement

"ކަނޑާފައި، ކަޑަ ޖަހާފައި މާލޭ ރައްޔިތުންނަށް ގޯތި... އިތުރު ވާހަކައެއް ވެސް ނޫން،" އެމްޑީޕީގެ މާލޭ ދާއިރާތަކުގެ ރައީސުންނާއެކު ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.

ގޯތި ހުޅުމާލެއިން ލިބެން ޖެހޭނެ އޭ. އަދި ތިޔަ ގުޅީފަޅުގައި ތަނެއް ހިއްކިޔަސް ވެސް އަދި ގިރާވަރާ ހަމައަށް ގެންގޮސް ކަޅިއާ ހަމައަށް ހިއްކިޔަސް ވެސް، މި މާލޭގެ ރައްޔިތުންނަށް އުޅެވޭނެ ގޮތަށް މިރަށުގެ މީހުންނަށް ވެސް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެން އަބަދުވެސް ވަމުން އަންނަ ވައުދެއް. އެ ވައުދު ފުއްދުން ހުއްޓައެއް ނުލާނަން."

ނަޝީދު ވިދާޅުވީ ފްލެޓު އެޅުމުގެ ސިޔާސަތުތަކުން ސާފުވި ހަގީގަތަކީ އިންތިހާބީ ފަސް އަހަރު ތެރޭގައި އެ ފްލެޓު ބިނާކޮށް މީހުން ވެއްދުމަކީ ވާވަރުގެ ކަމެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގައި އެޅި ފްލެޓުތައް ހަވާލުކުރީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އެޅި ފްލެޓުތައް ހަވާލުކުރީ ޖެހިގެން އައި ޕީޕީއެމްގެ ސަރުކާރުން ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރުން އެޅި ފްލެޓުތައް ހަވާލުކުރީ މި ސަރުކާރުންކަން އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ފްލެޓު އެޅުމަކީ ވެސް ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ބުރަ ބޮޑުވެގެންދާ ކަމެއް ކަމަށާއި ގޯތި ކަނޑާފައި ދީފި ނަމަ، ދެ އަހަރު ދުވަހުގެ ތެރޭގައި ހަދައި، ޓެކްސް ލިބެން ފަށާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާރު ވެސް އެޗްޑީސީގެ ދަރަންޏަކީ 1.2 ބިލިއަން ޑޮލަރު ކަމަށާއި ފްލެޓު އެޅުމަށާއި ޓޫރިޒަމް މަސައްކަތްތަކަށް ހުސްކޮށްފައި އޮންނަ ބިންތައް އާރާސްތު ނުކުރެވި ގިނަ ދުވަސް ފާއިތުވެ ދިޔުމަކީ ދަރަނި ބޮޑުވެގެންދާ ކަމެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. ގޯތި ދޫކޮށްފި ނަމަ ދަރަނި ކުޑަވެ، ޓެކްސް ވެސް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox