2022 އަކީ ބަލިމަޑުކަން ނިންމާ އަހަރަށް ހަދަން ޖެހޭ: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް. -- ފޮޓޯ: އޭއެފްޕީ

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް. -- ފޮޓޯ: އޭއެފްޕީ

ޖެނީވާ، ސްވިޓްޒަލޭންޑް (ޑިސެމްބަރު 21) - އަންނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ގެންނަން ކުރަން ޖެހޭ ބުރަ މަސައްކަތާ ކުރިމަތިލުމަށް ގައުމުތަކުން އެއްބައިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ގޮވާލައްވައިފި އެވެ.

"2022 ވަނަ އަހަރަކީ ބަލިމަޑުކަން ނިންމާ އަހަރަށް ހަދަން ޖެހޭ،" ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވި އެވެ.

އަހަރު ނިމުމާއި އާ އަހަރު ފެށުން ގިނަ ގައުމުތަކެއްގައި ފާހަގަކުރާއިރު، "ހުރިހާ އެންމެން ވެސް ބޭނުންވަނީ އެކުވެރިންނާއި އާއިލާއާ އެކު" ވަގުތު ހޭދަކުރަން ކަމަށާއި "އަލުން އަނބުރާ ނޯމަލް" އަށް ދާން އެންމެން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ނަމަވެސް އެނބުރި ނޯމަލް ހާލަތަށް ދެވޭނީ މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓާ މެދު ސަމާލުވެ ރައްކާތެރިވެގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދެކުނު އެފްރިކާ އިން ނޮވެމްބަރު މަހު އެންމެ ފުރަތަމަ ރިޕޯޓު ކުރި އޮމިކްރޯން މިހާރު ވަނީ ގިނަ ގައުމުތަކުން ފެނިފަ އެވެ. އެއާއެކު ބަލިމަޑުކަން ނިމުމަކަށް ގެންނަން ގިނަ ބަޔަކު ކުރަމުން ދިޔަ އުއްމީދުތައް ވަނީ ފެނަށް ވެފަ އެވެ.

އޮމިކްރޯން އަކީ ޑެލްޓާ ވޭރިއެންޓަށް ވުރެ ބަލީގައި ސީރިއަސްވާ މިންވަރު ކުޑަ ވޭރިއެންޓެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް އޮމިކްރޯން އަކީ ޑެލްޓާ އަށް ވުރެ ހަލުވިކޮށް ފެތުރި، ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަވާ ވޭރިއެންޓެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ގިނަ ގައުމުތަކުގައި ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައި ވާތީ، ޓެޑްރޯސް ގޮވާލެއްވީ ކްރިސްމަސް އާއި އާ އަހަރުގެ އުފާ ފާޅުކުރުންތައް ކެންސަލްކޮށް "ފަހުން ހިތާމަ ކުރުމުގެ ބަދަލުގައި އުފާ ކުރުމަށެވެ."

"މިހާރު ފޯކަސް ކުރަންވީ ބަލިމަޑުކަން ނިންމަން."

ޓެޑްރޯސް ތަކުރާރުކޮށް ވިދާޅުވީ ބަލިމަޑުކަން ހުއްޓުވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ލިބެން ހުރި ވަސީލަތްތަކުގެ ފުރިހަމަ ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމާއި، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުން އޭނާ ފާހަގަކުރެއްވި އެވެ.

"ފަހަރުގައި އެންމެ މުހިއްމު ކަމަކީ މިއީ ކަމަށް ވެދާނެ، ގައުމުތަކަށް ވެކްސިން ލިބުމުގައި އޮތް ނަހަމަކަން ނައްތާލަން ޖެހޭ. އަންނަ އަހަރުގެ ތެރޭގައި ބަލިމަޑުކަން ނިންމަން ބޭނުން ނަމަ، ނަހަމަކަން ނައްތާލަން ޖެހޭ،" ޓެޑްރޯސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox