އޮމިކްރޯން ފެތުރެމުންދާ ޔޫރަޕްގެ ހާލަތަކީ ކޮބާ؟

އިނގިރޭސިވިލާތުގައި ކޮވިޑާ ދެކޮޅަށް ބޫސްޓާ ޝޮޓް ދެނީ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގައި ކޮވިޑާ ދެކޮޅަށް ބޫސްޓާ ޝޮޓް ދެނީ. -- ފޮޓޯ: އޭއެފްޕީ

އޮމިކްރޯން ވޭރިއެންޓް ވަރަށް ބާރު ސްޕީޑުގައި ޔޫރަޕުގައި ފެތުރެމުން ދާ ކަމަށާއި 2022 ވަނަ އަހަރު ފެށޭއިރު ފްރާންސްގައި އެންމެ ގިނަ ވާނީ އެ ވޭރިއެންޓް ކަމަށް ބޮޑު ވަޒީރު ޖޯން ކެސްޓެކްސް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެމަނިކުފާނު އެހެން ވިދާޅުވުމުގެ ފަހުން ފްރާންސުން ވަނީ އިނގިރޭސިވިލާތުން އެ ގައުމަށް އެތެރެވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަން އިއުލާންކޮށްފަ އެވެ. މި ވަގުތު ޔޫރަޕުން އޮމިކްރޯންގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އިނގިރޭސިވިލާތަށެވެ.

އެގޮތުން ހުކުރު ދުވަހު އެކަނިވެސް އޮމިކްރޯންއާ ގުޅުން ހުރި 15،000 ކޮވިޑް ކޭސް ރިޕޯޓު ކުރި އެވެ. އެ ގައުމުގެ ހާލަތަށް ބަލައި، މުޅި ޔޫރަޕްގައި ދަނީ ކޭސްތައް މަތިވާނެ ކަމަށް ލަފާކުރެވޭތީ، އާ ރާޅަކަށް ތައްޔާރުވެ ފިޔަވަޅުތައް އަޅަމުންނެވެ.

ޖަރުމަނުވިލާތާއި، އަޔަލޭންޑް އަދި ނެދަލޭންޑުން ވެސް ހުކުރު ދުވަހު އާ ފިޔަވަޅުތައް އިއުލާނު ކުރި އެވެ. ޔޫރަޕުގައި މިހާތަނަށް ކޮވިޑްގެ 89 މިލިއަން ކޭސް ރިޕޯޓުކޮށްފައި ވާއިރު، މި ބަލި ޖެހިގެން 1.5 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

ޖަރުމަނުގެ ހެލްތު މިނިސްޓަރު ކާލް ލޯޓާބެކް ނޫސްވެރިންނަށް ވިދާޅުވީ ބަލިމަޑުކަމުގައި މިހާތަނަށް ކުރިމަތިނުވާ ފަދަ ގޮންޖެހުމަކަށް ތައްޔާރުވަމުންދާ ކަމަށާއި ފްރާންސާއި، ނޯވޭ އަދި ޑެންމާކަކީ ވެސް "ހައި ރިސްކު" ގައުމުތައް ކަމަށެވެ.

އެ ގައުމުތަކުން ދަނީ ކޭސްތައް އިތުރުވަމުންނެވެ. ނަމަވެސް ޖަރުމަނުގައި ހުކުރު ދުވަހު 50،000 ކޭސް ރިޕޯޓު ކުރިއިރު، ހޮނިހިރު ދުވަހު ރިޕޯޓު ކުރީ 42،000 ކޭސް އެވެ.

އިނގިރޭސިވިލާތުގައި ޖެހިޖެހިގެން ތިން ވަނަ ދުވަހަކު ރިކޯޑް އަދަދަކަށް ވަނީ ކޭސް ރިޕޯޓުކޮށްފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު 93،000 ކޭސް ރިޕޯޓު ކުރި އެވެ. ފްރާންސުން މިހާރު ފެންނަ ކޭސްތަކުގެ 10 ޕަސެންޓުގައި ހިމެނެނީ އޮމިކްރޯން އެވެ.

ނެދަލޭންޑްސް "ހަރުކަށި" ލޮކްޑައުނަކަށް ދާން ތަޖުރިބާކާރުން ބާރު އަޅަން ފަށާފައި ވާއިރު، ބޮޑު ވަޒީރު މާކް ރުޓް ވިދާޅުވީ ޖެނުއަރީ މަހާ ހަމައަށް ދާއިރު، އެ ގައުމުގައި އެންމެ ބޮޑަށް ފެތުރިފައިވާ ވޭރިއެންޓަށް އޮމިކްރޯން ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox