މިހާރު ހުރި ވެކްސިނުން އޮމިކްރޯންއާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެ

ކޮވިޑް ވެކްސިން ޖަހަން ތައްޔާރު ވަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ވެކްސިން ޖަހަން ތައްޔާރު ވަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

މިހާރު ހުރި ވެކްސިނުން ވެސް އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ދެކުނު އެފްރިކާ އިން އެންމެ ފުރަތަމަ ރިޕޯޓުކުރި ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓުގެ ދިރާސާތަކުން ދައްކާ ގޮތުގައި ފައިޒާ ވެކްސިނުން ލިބޭ ރައްކާތެރިން ކުޑަވެ އެވެ.

އެގޮތުން ވެކްސިންގެ އެންޓިބޮޑީ އާ ވޭރިއެންޓަށް ނިޔުޓްރަލައިޒްވާ މިންވަރަށް "ވަރަށް ބޮޑަށް ކުޑަވާ" ކަމަށް ދިރާސާ ހެދި ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ޑަބްލިއުއެޗްއޯގެ ޑރ. މައިކް ރަޔަން ވިދާޅުވީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަވުމުގައި އޮމިކްރޯން އާއި އޭގެ ކުރިން ފެނުނު ވޭރިއެންޓްތަކާ ތަފާތެއްވާ ކަމަށް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައި މި ހުރީ ވަރަށް އިފެކްޓިވް ވެކްސިންތަކެއް. އެއީ މިހާތަނަށް ފެނުނު ހުރިހާ ވޭރިއެންޓަކާ ދެކޮޅަށް ވެސް އިފެކްޓިވްކަން ކަށަވަރުވެފައިވާ ވެކްސިންތަކެއް. އެ ވެކްސިންތަކުގެ އެހީގައި ބަލީގައި ހާލު ބޮޑުވުމާއި އެޑްމިޓު ކުރުން މަދުކޮށްދޭ. އޮމިކްރޯންގައި ވަކި ތަފާތެއް އަންނަން ޖެހޭނެ ކަމަށް ބަލަންވީ ސަބަބެއް ނެތް،" ޑަބްލިއުއެޗްއޯގެ އެމެޖެންސީޒް ޑިރެކްޓަރު އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުރި ތަފާސްހިސާބުން އެނގޭ ގޮތުގައި ޑެލްޓާ އާއި އެހެން ވޭރިއެންޓްތަކާ އަޅާ ބަލާއިރު އޮމިކްރޯންގައި މީހުންވަކި އިތުރަށް ބޮޑަށް ބަލި ނުވާ ކަމަށެވެ.

"ފެންނަ ފެނުމަށް، މިސްރާބު ހުރީ މި ވޭރިއެންޓުން ބަލިވާ މިންވަރު ކުޑަވާނެ ކަމަށް ދިރާސާ އިން ދެއްކުމާ ދިމާލަށް."

އޮމިކްރޯން މިހާތަނަށް ފެނުނު ވޭރިއެންޓުތަކުގެ ތެރެއިން އެންމެ ގިނަ މިޔުޓޭޝަންތައް ހިމެނޭ ވޭރިއެންޓެވެ. އެންމެ ފުރަތަމަ ދެކުނު އެފްރިކާ އިން އެ ވޭރިއެންޓް ރިޕޯޓު ކުރިއިރު، އެ ގައުމުގައި އެއް ފަހަރަށް ވުރެ ގިނައިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox