ރާއްޖޭގައި ހިންގަނީ އިންޑިއާގެ ނުފޫޒުން ހުއްޓުވި ލަންކާ މަޝްރޫއެއް ނޫން: މިނިސްޓްރީ

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާނެ ނިޒާމެއް ގާއިމްކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާނެ ނިޒާމެއް ގާއިމްކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

އިންޑިއާގެ ނުފޫޒުން ސްރީލަންކާގައި ހުއްޓުވި ޗައިނާގެ މަޝްރޫއެއް ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުނިން ރާއްޖޭގެ 12 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރަން ދިވެހި ސަރުކާރާ އެކު ސޮއިކުރީ އެ ކުންފުނިން ލަންކާގައި ހައިބްރިޑް އެނާޖީ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތާ މެދު ތިން ވަނަ ފަރާތަކުން "ސަލާމަތީ ކަންބޮޑުވުންތައް" ފާޅުކުރުމުންނެވެ.

ނަމަވެސް އެންވާރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖްވަދު މުސްތަފާ މިއަދު "އަދަދު"އަށް ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ވާހަކައެއް" ކަމަށާއި ސްރީ ލަންކާގެ މަޝްރޫއު އާއި ރާއްޖޭގެ މަޝްރޫއު "ލިންކު ކުރި" ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އެގޮތުން ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުންޏާ ރާއްޖޭގެ މަޝްރޫއު ހަވާލުކުރީ އޮންނަ އުސޫލުގެ ދަށުން ވާދަވެރި ބީލަމަކުން ކަމަށް އަޖްވަދު ވިދާޅުވި އެވެ.

ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުނިން ލަންކާގައި ގާއިމް ކުރަން އުޅުނު ސޯލާ ހައިބްރިޑް ސިސްޓަމް އަކީ 1700 ކިލޯވޮޓްގެ ހަކަތަ އިރުގެ އަލިން އުފައްދައި، 530 ކިލޯވޮޓްގެ ހަކަތަ ވައިގެ އެހީގައި އުފައްދާ ނިޒާމެކެވެ.

ނަމަވެސް ގްލޯބަލް ޓައިމްސް ނޫހުން ބުނީ އިންޑިއާގެ ކަންބޮޑުވުންތަކާ ހެދި އެ މަޝްރޫއު ހުއްޓާލުމަށް ފަހު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.

އެ ނޫހުން ފާހަގަކުރި މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން 2.5 މެގަވޮޓުގެ ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން ބޭރުކުރާ ކާބަންޑައިއޮކްސައިޑް ގޭސް 2900 ޓަނުން މަދުކޮށް، އަހަރަކު 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،" ޝައުނާގެ ޓްވީޓުގައި ވިދާޅުވި އެވެ.

އޭގެ ކުރިން ސްރީ ލަންކާގައި ހުންނަ ޗައިނާ އެމްބަސީ އިން ކުރި ޓްވީޓެއްގައި ބުނީ ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުނިން ލަންކާގައި ހައިބްރިޑް އެނާޖީ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތާ މެދު ތިން ވަނަ ފަރާތަކުން "ސަލާމަތީ ކަންބޮޑުވުންތައް" ފާޅުކުރުމުން، މަޝްރޫއު ހުއްޓާލުމަށް ފަހު ރާއްޖޭގެ 12 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރަން ދިވެހި ސަރުކާރާ އެކު ނޮވެމްބަރު 29 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީ ލަންކާގައި ހިންގަން އުޅުނު ހައިބްރިޑް އެނާޖީ މަޝްރޫއެއް ހުއްޓާލަން ޖެހުނީ "ތިން ވަނަ ފަރާތަކުން ސަލާމަތާ ގުޅޭ ކަންބޮޑުވުން" ފާޅުކުރުމުންނެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ހޮނިހިރު ދުވަހު ރިޕޯޓުކުރި ގޮތުގައި ސްރީ ލަންކާގެ މަޝްރޫއުތަކުން "ޗައިނާ ދުރު ކުރުމަށް" އިންޑިއާ އިން މަސައްކަތް ކުރާތާ އަހަރެއް ވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ދަ ހިންދޫ އިން ސްރީ ލަންކާގެ މަސްދަރުތަކާ ހަވާލަދީ ރިޕޯޓު ކުރި ގޮތުގައި މަޝްރޫއު ހިންގާ ހިސާބާއި އިންޑިއާގެ އައްސޭރިފަށާ ގާތްވުމުން "ކަންބޮޑުވުން ފާޅުކޮށްފައި" ވެ އެވެ.

ދަ ހިންދޫ އިން ބުނީ 12 މިލިއަން ޑޮލަރުގެ އެހީއަކާ އެކު އެ މަޝްރޫއު ކުރިއަށް ގެންގޮސްދޭން އިންޑިއާ އިން ހުށަހެޅި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox