އޮމިކްރޯން ވޭރިއެންޓާ ގުޅުން ހުރި މަރެއް މިހާތަނަށް ނުފެނޭ: ޑަބްލިއުއެޗްއޯ

ނިއު ޔޯކްގައި ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭޕީ

ނިއު ޔޯކްގައި ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭޕީ

ޖެނީވާ، ސްވިޓްޒަލޭންޑް (ޑިސެމްބަރު 4) - ދުނިޔޭގެ 38 ގައުމަކުން އޮމިކްރޯން ވޭރިއެންޓް ފެނިފައި ވީ ނަމަވެސް އެ ވޭރިއެންޓާ ގުޅޭ އެއްވެސް މަރެއް މިހާތަނަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެފްރިކާ ބައްރުގެ ދެކުނުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓަކީ ގިނަ މިޔުޓޭޝަންތަކެއް ހިމެނޭ ވޭރިއެންޓެކެވެ. އެހެންކަމުން ވޭރިއެންޓުން ކުރާނެ އަސަރު ތަފާތުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް ޔަގީންކޮށް އެއްވެސް މައުލޫމާތެއް ހޯދިފައެއް ނުވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އެ ވޭރިއެންޓު ފެތުރޭ ހަލުވި މިނާއި އޭގެން ބަލިވާ މިންވަރު ސާފުކޮށް ދެނެގަންނަން ހަފުތާ ތަކެއް ނަގާފާނެ ކަމަށެވެ. އޭގެ އިތުރުން އެ ވޭރިއެންޓާ ހެދި ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަވޭތޯ ވެސް ދަނީ ބަލަމުންނެވެ.

"ހުރިހާ އެންމެން ވެސް ބޭނުންވާ ޖަވާބުތައް އަޅުގަނޑުމެން ހޯދައިދޭނަން،" ޑަބްލިއުއެޗްއޯގެ އެމެޖެންސީޒް ޑިރެކްޓަރު މައިކަލް ރަޔަން ހުކުރު ދުވަހު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އޮމިކްރޯންއާ ގުޅިފައިވާ މަރެއް މިހާތަނަށް ނުފެނުނު ނަމަވެސް އެ ވޭރިއެންޓް ފެތުރެމުން ދަނީ ވަރަށް ހަލުވިކޮށް ކަމަށެވެ.

ދެކުނު އެފްރިކާގެ ސައިންޓިސްޓުން ހެދި ދިރާސާއެއްގެ ފުރަތަމަ ނަތީޖާ ދައްކާ ގޮތުން ޑެލްޓާ އާއި ބޭޓާ ވޭރިއެންޓާ އަޅާ ބަލާއިރު، އޮމިކްރޯންގެ ސަބަބުން އެއް ފަހަރަށް ވުރެ ގިނައިން ބަލި ޖެހުމުގެ ފުރުސަތު ނުވަތަ "ރީއިންފެކްޝަންގެ ފުރުސަތު" ތިން ގުނަ ބޮޑުވެ އެވެ.

ދެކުނު އެފްރިކާގެ ޑޮކްޓަރުން ބުނީ އޮމިކްރޯން ފެތުރެން ފެށި ފަހުން އުމުރުން ފަސް އަހަރުން ދަށުގެ ކުދިން ހޮސްޕިޓަލުގައި އެޑްމިޓު ކުރުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ވޭރިއެންޓުގެ އަސަރު ކުޑަކުދިންނަށް ބޮޑަށް ކުރާ ކަމަށް ބެލެވޭ ހެއްކެއް އަދި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox