އޮމިކްރޯން ވޭރިއެންޓާ މެދު ހާސްނުވާން ޑަބްލިއުއެޗްއޯ އިން އެދެފި

ޑަބްލިއުއެޗްއޯގެ ސައިންޓިސްޓު ސުމްޔާ ސްވާމިނަތަން. -- ފޮޓޯ: ރޮއިޓާޒް

ޑަބްލިއުއެޗްއޯގެ ސައިންޓިސްޓު ސުމްޔާ ސްވާމިނަތަން. -- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓު، އޮމިކްރޯންއާ މެދު ހާސްވުމުގެ ބަދަލުގައި އެއާ ކުރިމަތިލުމަށް ގައުމުތަކުން ތައްޔާރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ސައިންޓިސްޓު ސުމްޔާ ސްވާމިނަތަން ވިދާޅުވީ މިހާރު އޮތް ހާލަތަކީ މީގެ އަހަރެއް ކުރިއާ އަޅާ ބަލާއިރު ތަފާތު ހާލަތެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން 40 ގައުމަކުން އޮމިކްރޯން ވޭރިއެންޓް މިހާރު ވަނީ ފެނިފަ އެވެ. ވަރަށް ބޮޑެތި މިޔުޓޭޝަންތަކެއް އައިސްފައިވާ އެ ވޭރިއެންޓުން ކުރާ އަސަރު އަދިވެސް ޔަގީންކޮށް ހޯދިފައެއް ނުވެ އެވެ.

ދެކުނު އެފްރިކާގެ ސައިންޓިސްޓުން ހެދި ދިރާސާގެ ފުރަތަމަ ޑޭޓާ ދައްކާ ގޮތުން ކޮވިޑް ޖެހިފައި ހުރި ނަމަވެސް އަލުން އޮމިކްރޯން ވޭރިއެންޓާ ހެދި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ނަމަވެސް އެނެލިސްޓުން ބުނީ އެއީ އަދި ފުރިހަމަ ޑޭޓާއެއް ނޫން ކަމަށެވެ. އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ހޯދީ ދެކުނު އެފްރިކާގެ ސައިންޓިސްޓުންނެވެ.

ޑރ. ސްވާމިނަތަން ވިދާޅުވީ ދެކުނު އެފްރިކާގެ ތަފާސްހިސާބަށް ބަލާއިރު، އެ ވޭރިއެންޓަކީ ހަލުވިކަމާ އެކު ފެތުރޭ ވޭރިއެންޓެއް ކަމަށާއި ދުނިޔޭގެ "ޑޮމިނެންޓް" ވޭރިއެންޓެއް ވެދާނެ ކަމަށެވެ.

މި ވަގުތު "ޑޮމިނެންޓް" ވޭރިއެންޓް ނުވަތަ ދުނިޔެ އަށް އެންމެ ފުޅާކޮށް ފެތުރިފައިވާ ވޭރިއެންޓަކީ ޑެލްޓާ އެވެ. އެގޮތުން 99 ޕަސެންޓު ކޭސްތައް ގުޅިފައި ވަނީ ޑެލްޓާއާ އެވެ.

އަޅުގަނޑުމެން ކަންބޮޑުވާންވީ ކިހާ މިންވަރަކަށްތޯ؟ އަލުގަނޑުމެން ވީ ތައްޔާރުވެ، ސަމާލުވާން. ހާސްވުމުގެ ބޭނުމެއް ނެތް. މިއީ އަހަރެއް ކުރިއާ އަޅާ ބަލާއިރު ތަފާތު ހާލަތެއް،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއީގެ އެމެޖެންސީޒް ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ކޮވިޑާ ދެކޮޅަށް "ވަރަށް އިފެކްޓިވް" ވެކްސިން އެބަ ހުރި ކަމަށާއި އިސްކަންދޭންވީ ހަމަހަމަކަމާ އެކު ވެކްސިން ބެހުމަށް ކަމަށެވެ.

އޭގެ އިތުރުން އޮމިކްރޯން ވޭރިއެންޓާ ގުޅިގެން އެ ވެކްސިންތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ކަމުގެ ހެއްކެއް މިހާތަނަށް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox