އޮމިކްރޯން ފެތުރި ދެކުނު އެފްރިކާގެ ކޮވިޑް ކޭސްތައް ދެގުނަ އިތުރުވާން ފަށައިފި

ދެކުނު އެފްރިކާގެ ރައީސް ބާރު އަޅުއްވަނީ ހުރިހާ އެންމެން ވެސް އަވަހަށް ވެކްސިން ޖެހުމަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ދެކުނު އެފްރިކާގެ ރައީސް ބާރު އަޅުއްވަނީ ހުރިހާ އެންމެން ވެސް އަވަހަށް ވެކްސިން ޖެހުމަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ދެކުނު އެފްރިކާގައި މިހާރު އެންމެ ފުޅާކޮށް ފެތުރިފައިވާ ވޭރިއެންޓަކީ އޮމިކްރޯން ކަމަށާއި އޭގެ ސަބަބުން ކޭސްތައް ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓު، އޮމިކްރޯން، އެންމެ ފުރަތަމަ ފެނުނީ އެފްރިކާ ބައްރުގެ ދެކުނުގެ ގައުމުތަކުންނެވެ. އެކަން ރަސްމީކޮށް އިއުލާނު ކުރީ ދެކުނު އެފްރިކާގެ ސައިންސްވެރިންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 8،500 އާ ކޭސް ރިޕޯޓުކުރި އެވެ. އެއީ އޭގެ ކުރީ ދުވަހުގެ 4،300 ކޭސްއާ އަޅާ ބަލާއިރު ދެ ގުނަ އިތުރެވެ.

ދެކުނު އެފްރިކާގެ އިސް ސައިންސްވެރިއަކު ބީބީސީ އަށް ބުނީ މީގެ ދެ ހަފުތާ ކުރިން ދުވާލެއްގެ މައްޗަށް ރިޕޯޓުކުރަމުން ދިޔައީ 200 އާއި 300 އާ ދެމެދުގެ ކޭސްތައް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި 24 ގައުމަކުން އޮމިކްރޯން ވޭރިއެންޓު ފެނިފައިވެ އެވެ. މިއީ ގިނަ މިޔުޓޭޝަންތައް ހިމެނޭ ވޭރިއެންޓެކެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިއުނިކެބަލް ޑިޒީޒަޒް (އެންއައިސީޑީ) އިން ބުނީ މިދިޔަ މަހު ސީކުއެންސް ކުރި ވައިރަސް ޖިނޯމްގެ 70 ޕަސެންޓުން ފެނުނީ އާ ވޭރިއެންޓު ކަމަށެވެ.

އެންމެ ފަހުން އެ ވޭރިއެންޓް ފެނިފައި ވަނީ އިންޑިއާ، ގާނާ، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އިންނެވެ. އިނގިރޭސިވިލާތާއި، އެމެރިކާ އަދި ޖަރުމަނުން ވެސް ވަނީ ކޭސްތައް ފެނިފަ އެވެ.

އޮމިކްރޯންއާ ގުޅޭ ގިނަ ސުވާލުތަކުގެ ޖަވާބު އަދިވެސް ނުލިބެ އެވެ. އެގޮތުން މިހާރު ހުރި ވެކްސިންތަކުން އެ ވޭރިއެންޓާ ދެކޮޅަށް ލިބޭނެ ރައްކާތެރިކަމާ ގުޅޭ ސުވާލުތަކަށް ވެސް ޖަވާބެއް ހޯދިފައެއް ނުވެ އެވެ.

ޑަބްލިއުއެޗްއޯ އިން އެ ވޭރިއެންޓު ހިމަނާފައި ވަނީ "ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތަކުގެ" ކެޓެގަރީގަ އެވެ. މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އެ ވޭރިއެންޓުގެ ސަބަބުން އެއް ފަހަރަށް ވުރެ ގިނައިން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox