އޮމިކްރޯން ވޭރިއެންޓާ ގުޅުން ހުރި ދެ ކޭސް އިންޑިއާ އިން ފެނިއްޖެ

އޮމިކްރޯން ވޭރިއެންޓާ ގުޅޭ ހޭލުންތެރިކަމުގެ އިވެންޓެއް މުމްބާއީގެ ދަރިވަރުން ކުރިއަށް ގެންދަނީ. -- ފޮޓޯ: ރޮއިޓާޒް

އޮމިކްރޯން ވޭރިއެންޓާ ގުޅޭ ހޭލުންތެރިކަމުގެ އިވެންޓެއް މުމްބާއީގެ ދަރިވަރުން ކުރިއަށް ގެންދަނީ. -- ފޮޓޯ: ރޮއިޓާޒް

އިންޑިއާ އަށް އެތެރެވި ދެ މީހެއްގެ ހަށިގަނޑުން ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓު ފެނިފައިވާ ކަމަށް ކަރްނާޓަކާ ސްޓޭޓުގެ ސަރުކާރުން ބުނެފި އެވެ.

މިއީ މުޅިން އަލަށް ފެނިގެން އުޅޭ ވޭރިއެންޓާ ގުޅުން ހުރި ކޭސްތަކެއް އިންޑިއާ އިން ފެނުނު ފުރަތަމަ ފަހަރެވެ. އެ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ އެފްރިކާގެ ދެކުނުގެ ގައުމުތަކުންނެވެ.

ކަރްނާޓަކާ ސަރުކާރާ ހަވާލަދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އިންޑިއާ އަށް އެތެރެވި ދެ ފިރިހެނެއްގެ ހަށިގަނޑުން އޮމިކްރޯން ވޭރިއެންޓު ފެނިފައިވާ ކަމަށެވެ.

ދެ މީހުންނަކީ ވެސް އެހެން ގައުމެއްގެ ރައްޔިތުންނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބަޔެއް ކަމެއް އަދި ސާފެއް ނޫނެވެ. ވޭރިއެންޓަށް ޓެސްޓު ކުރަން ޖިނޯމް ސީކުއެންސިން ހެދީ ކޮވިޑާ ގުޅިގެން 37 ލެބޯޓަރީއެއް ހިމެނޭ ގޮތަށް އިންޑިއާ ސަރުކާރުން ގާއިމްކުރި "އިންސާކޮގް" އިންނެވެ.

އިންޑިއާ އިން އޮމިކްރޯން ވޭރިއެންޓް ފެނުމާ އެކު ކަރްނާޓަކާ ސަރުކާރުން ރައްޔިތުންގެ ކިބައިން އެދިފައި ވަނީ ހާސްނުވުމަށާއި ރައްކާތެރިވުމުގެ ގޮތުން މީހުން ގިނަ ތަންތަނަށް ގޮސް ނުހެދުމަށެވެ.

އެ ވޭރިއެންޓު ފެނުނު ދެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓުތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.

ކަރްނާޓަކާ ސަރުކާރުން ބުނީ އޮމިކްރޯންއާ ގުޅިގެން މިހާތަނަށް ދުނިޔޭގެ އެއްވެސް ތަނަކުން މަރެއް އަދި ސީރިއަސް ކޭސްއެއް ވެސް ފެނިފައި ނުވާ ކަމަށެވެ. މިހާތަނަށް ދުނިޔޭގެ 29 ގައުމަކުން އޮމިކްރޯންއާ ގުޅުން ހުރި 373 ކޭސް ވަނީ ފެނިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox