ރ ވާދޫ އިން؛ އާ ކުޅިވަރެއް، ތަފާތު ހުނަރެއް

ހޫދު ސްކިމް ބޯޑެއް ހެދުމުގެ މަސައްކަތުގައި

ހޫދު ސްކިމް ބޯޑެއް ހެދުމުގެ މަސައްކަތުގައި

ބޯކޮށް ވާރޭވެހޭ ކޮންމެ ދުވަހަކު މުހައްމަދު ޝަފީގު، އޭނާގެ ގޭގެ ދޮރާ ދިމާލު ބޭރުން މަގުމައްޗަށް ހެދިފައި އޮންނަ ބޮޑު ފެންގަނޑަށް ކުޅެން އަންނަ ކުދިން އުޅޭ ގޮތް ބަލަން ހުރެ އެވެ. ދޮޅަހައްކަ ފޫޓު ހުންނަ ކުރު ވަކަރު ބޯޑުތަކެއް ހިފައިގެން އައިސް ފޯރީގައި އެ ފެންގަނޑު ތެރޭގައި އެކުދިން ބޯޑު ދުއްވަ އެވެ. އެ ބޯޑުތައް އެންމެ ވައްތަރީ ބޮޑީ ބޯޑާ އެވެ. އެ ކުޅޭ ކުޅިވަރެއް އެންމެ ގާތްކުރަނީ ރާޅާ އެޅުމާ އެވެ. ވާރޭ ނުވެހޭ ދުވަސްތަކުގައި އެކުދިންގެ ހިލަމެއް ނުވެ އެވެ. މެދުކެނޑުމަކަށްފަހު އަނެއްކާ ވެސް، ބޯކޮށް ކުރާ ވިއްސާރައާ އެކު، ބޯޑުތަކާ އެކު އެކުދިންތައް މަގުމައްޗަށް ނިކުމެ އެވެ.

މިއީ ރ. ވާދޫ ގައި އަމިއްލަ އަށް "ސްކިމް ބޯޑު" ހަދައިގެން، ސްކިމް ބޯޑު ޖައްސަން ދަސްކުރުމުގައި އުޅޭ ފުރާވަރުގެ ހައެއްކަ ފިރިހެން ކުދިން ހިމެނޭ ގުރޫޕު ޝަފީގަށް ފާހަގަވި ގޮތެވެ. ބޯކޮށް ވެހޭ ވާރޭ ތެރޭގައި އެ ކުދިން އެ ކުޅޭ ކުޅިވަރަކީ މޮޅު ހުނަރެއް ކަމަށް އޭނާ އަށް ގަބޫލުކުރެވުނެވެ.

"އެކުދިން އެކަމެއް އެ ކުރަނީ އަމިއްލަ އަށް ފިލާ ހޯދައިގެން، އެ ފިލާ، އެ ބޯޑު ބޭނުންކުރާ މީހެއްގެ އިސްކޮޅާއި ބުރަދަނަށް ބަލައިގެން ނަގާ މިނަކަށް ނަގައިގެން ކަފައިގެން، ކުރަހައިގެން ވޯޓާޕްރޫފް ކޮށްގެން އެ ބޯޑުތަކުގަ. އެންމެ ދޮށީ ކުއްޖަކަށް ވެސް އުޅެނީ މި އަހަރު އޯލެވެލް ނިންމި ސޯޅަ އަހަރުގެ ކުއްޖެއް،" ޝަފީގު ކިޔައިދިނެވެ.

ހޫދު ސްކިމް ބޯދެއް ހެދުމުގެ މަސައްކަތުގައި: ހޫދު އާއި ރަށުގެ ކުދިން މިކަން ކުރަނީ ޔޫޓިއުބް އާއި ގޫގުލް އިން ބަލައިގެން ދަސްކޮށްގެން
ހޫދު ސްކިމް ބޯދެއް ހެދުމުގެ މަސައްކަތުގައި: ހޫދު އާއި ރަށުގެ ކުދިން މިކަން ކުރަނީ ޔޫޓިއުބް އާއި ގޫގުލް އިން ބަލައިގެން ދަސްކޮށްގެން

ހޫދު ސްކިމް ބޯޑެއް ހެދުމުގެ މަސައްކަތުގައި: ހޫދު އާއި ރަށުގެ ކުދިން މިކަން ކުރަނީ ޔޫޓިއުބް އާއި ގޫގުލް އިން ބަލައިގެން ދަސްކޮށްގެން

ސްކިމް ބޯޑު ޖައްސާ މި ކުޑަ ގުރޫޕުގެ މައި ވަޑި އަކީ 16 އަހަރުގެ ހޫދު ހުސައިން އެވެ. ހޫދުއާއެކު ދެން އުޅެނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންކޮޅެކެވެ.

ޝަފީގަށް ފާހަގަކުރެވުނު ކަމަކީ އެކުދިން ޔޫޓިއުބް އާއި ގޫގްލް ރިސާޗްކޮށްގެން އަމިއްލަ އަށް ހުރިހާ ކަމެއް ދަސްކޮށްގެން އެކަން ކުރާ މޮޅު ކަމެވެ. ފަހުން އޭނާ އަށް އެނގުނީ، އެކުދިން ކުޅިވަރު ފަރިތަ ކުރަނީ ވާރޭ ތެރޭގައި ހެދޭ ފެންގަނޑުތަކުގައި އެކަނި ނޫން ކަމެވެ. ރަށާ ކައިރީގައި ތިލަ ފެނުގައި ހިނގާލާފައި ދެވޭ ހިސާބުގައި އޮންނަ ފިނޮޅަށް ވެސް އެކުދިން ބޯޑު ދުއްވަން ދެ އެވެ. ބޯޑުތަކާ އެކު މޫދަށް ވެސް ދެ އެވެ.

ރ ވާދޫގެ ކުއްޖަކު ވާރޭވެހިގެން ހެދިފައި އޮތް ފެންގަނޑެއްގައި ސްކިމް ބޯޑު ޖައްސަނީ
ރ ވާދޫގެ ކުއްޖަކު ވާރޭވެހިގެން ހެދިފައި އޮތް ފެންގަނޑެއްގައި ސްކިމް ބޯޑު ޖައްސަނީ

ރ ވާދޫގެ ކުއްޖަކު ވާރޭވެހިގެން ހެދިފައި އޮތް ފެންގަނޑެއްގައި ސްކިމް ބޯޑު ޖައްސަނީ

"އެކުދިން އެ ބޯޑުތައް ހަދަނީ ފުލައިވުޑު ފިލާ ހޯދައިގެން އޭގައި. އެއީ އަސްލު އެ ޒާތުގެ ބޯޑު ހަދާ މެޓީރިއަލެއް ވެސް ނޫން. އެހެންވީމާ، އެއަށް އަރައިގެން ދުއްވާއިރު ކައްސާލުމުގެ ބޮޑު ޗާންސެއް އޮންނާނެތީ އެހެން އެމުން ބުނީ އޭގެ ހައްލަކަށް ބޭނުންކުރަނީ އުއްބައްތީގެ ވެކްސް ކަމަށް، އަދި އެ ކަފަން ޖެހެނީ ވެސް ވަކި ގޮތަކަށް މިން ވެސް ނަގައިގެން ކަމަށް ވަނީ. "

ލިބޭ ހުސްވަގުތު ހޯދައިގެން ހުނަރުވެރި މޮޅު ކަމެއް ކުޑަ ކުދިންތގަކެއް އަމިއްލަ އަށް ކުރާ މަންޒަރު ފެނުމުން ޝަފީގަށް އިތުރަށް ގަބޫލުކުރެވުނީ އޭނާގެ މީސް މަދު ރަށުގައި އެކަނި ވެސް އެފަދަ އެތައް ހުނަރުވެރި ކުދިންނެއް އުޅޭނެ ކަމެވެ. އެކުދިންނަށް ހުުނަރު ދައްކާނެ ފުރުސަތާއި ވަސީލަތް ނެތީ ކަމެވެ.

ކުދިންގެ ހުނަރު ފާހަގަކޮށް ހިތްވަރުދިނުން މުހިއްމީ ކީއްވެ؟

ކޮންމެ ކުއްޖަކީ ވެސް ތަފާތު ގޮތަކަށް ހުނަރުވެރި ކުއްޖެކެވެ. ކުދިންގެ ހުނަރު ފާހަގަ ކުރަން އެންމެ ފަސޭހަ ވާނީ އެކުދިން އަމިއްލަ ޝައުގުވެރިކަމަށް ކުރާ ކަންކަމުންނެވެ. މޮޅު އާޓިސްޓުންނާއި އާކިޓެކްޓުންނާއި އިންޖިނޭރުން ނުވަތަ އެތުލީޓުން ބިނާވަނީ، ކުޑައިރުން ފެށިގެން މިފަދަ ހުނަރުތަކަށް ފޯކަސް ކޮށް ތަމްރީނާއި ވަސީލަތް ފޯރުކޮށްދީގެންނެވެ.

ރާއްޖޭގައި މިހާރު ތައުލީމު ދޭ ގޮތް، ޓެކްސްޓް ފޮތުން ކިޔަވައިދިނުމުގެ މޮޑެލް އިން ކުޑަކޮށް ފެއަށް ޖެހިލައި، ކުދިންގެ މިފަދަ ހުނަރުތައް ފާހަގަކޮށް، ހުނަރާއި އެކުދިންގެ ހާއްސަކަމާ އެއްގޮތަށް ސިކުނޑި ތަރައްގީކުރަން ޖާގަ ދެވިއްޖެ ނަމަ ކިޔަވައި ނިމޭއިރު ކުދިންނަށް އަމިއްލަ މީހާ އާއި މުޖުތަމައަށް ފައިދާހުރި ގޮތަކަށް ހުނަރުގެ ބޭނުން ހިފަން އެނގޭނެ އެވެ. އޭރުން މުޖުތަމައުގެ އުފެއްދުންތެރިކަން އިތުރުވެ، ގޯސް އަހުލާގުތަކާއި ބޭކާރު އާދަތަކާ ދުރު، ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލު މުޖުތަމައެއް ބިނާކުރަން މަގު ފަހިވެގެންދާނެ އެވެ.

ކުދިންގެ ހުނަރު ކުރިއަރުވަން މައިންބަފައިންނާއި ރައްޓެހިންނަށް ކުރެވިދާނެ ކަންތައްތައް

  • ހަދިޔާ އާއި ކުޅޭ އެއްޗެހި ހޯދައިދޭއިރު، ކުދިންގެ އުފެއްދުންތެރިކަން އިިތުރުވާ ކަހަލަ އެއްޗެހި ދިނުން.
  • ކުދިން ތަފާތުކޮށް ކުރާ ކަންކަން ފާހަގަކޮށް ތައުރީފުކުރުން، އެއްބާރުލުން ދިނުން
  • ވަކި ކަމަކަށް ޝައުގުވެރިކަން ހުންނަކަން ނޭނގޭ ނަމަ، ތަފާތު ކަންތައްތަކަށް ކުދިން އެކްސްޕޯޒްކުރުން. މިގޮތަށް އެކްސްޕޯޒް ކުރާއިރު ހަގު އުމުރުގައި ތަފާތު ތަޖުރިބާ ދޭން ފޯކަސް ކުރެވިދާނެ.
  • ރައްޓެހިންނާ އެކު ކްރިއޭޓިވް ކަންތައްތަކެއް ކުރުމުގެ ޝައުގުވެރިކަން ހުންނަ ނަމަ އެކަން ހުއްޓުވުމުގެ ބަދަލުގައި ކުދިންގެ ތެރޭގައި ކުރިއަރަން ހިތްވަރު ދިނުން.

ފަހުގެ ޚަބަރު

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

Newsletter

Get the latest news delivered straight to your inbox