އަލިފުށީގައި ދެ މެންބަރުންގެ ކުރިމަތިލުން: ކުރި ހޯދީ ބިގޭ

މެންބަރު އިބްރާހިމް ރަޝީދާއި ހަސަން މުހައްމަދު: ވާދަވެރި އިންތިހާބުން ކުރި ހޯދީ އިބްރާހިމް ރަޝީދު --

މެންބަރު އިބްރާހިމް ރަޝީދާއި ހަސަން މުހައްމަދު: ވާދަވެރި އިންތިހާބުން ކުރި ހޯދީ އިބްރާހިމް ރަޝީދު --

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށް ފެނިގެން ދިޔައީ, އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު އެއް ދާއިރާއަކަށް ކުރިމަތިލެއްވުމެވެ.

ރ. އަލިފުށީ ދާއިރާގެ ރައީސް ކަމުގެ މަގާމެވެ. އެ މަގާމަށް ވާދަ ކުރައްވާފައިވަނީ އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި އަލިފުއްޓަށް އުފަން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) އެވެ.

މީގެތެރެއިން ބިގޭއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތް މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ މެންބަރެކެވެ. އަދި, އާއިލީ ގޮތުން ވެސް ރައީސް ސޯލިހާ ގުޅިފައިވާ ބޭފުޅެކެވެ. އޭނާއާ ވާދަ ކުރެއްވި ހަސަންޓޭއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެކެވެ.

މި ދެ ބޭފުޅުން އަލިފުށީ ދާއިރާއަށް ވާދަ ކުރެއްވުމުން އެ ދާއިރާގެ އިންތިހާބު ދިޔައީ ވަރަށް ވާދަވެރިކޮށެވެ.

ދާއިރާގެ ރައީސް ކަމަށް ދެ މެންބަރުންގެ އިތުރުން, ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މުހައްމަދު ޝަނޫން އާއި އަނގޮޅިތީމްގެ އަހުމަދު އާދަމާއި އަލިފުށީގެ އަލީ އިޔާން އާއި ހަމަ އެ ރަށު އަލީ ރަޝީދެވެ.

މީގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު, އަލިފުށީ ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ ބިގޭ އެވެ.

އަލިފުށި, މުހިންމު ދާއިރާއަކަށް

އަލިފުށީ ދާއިރާ, ހާއްސަކޮށް އަލިފުށީ މިހާރު ވެފައިވަނީ ސަރުކާރަށް ވެސް މުހިންމު ރަށަކަށެވެ. އެގޮތުން, މިފަހުން ރ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓް އެ ރަށުގައި އެޅުމަށް ނިންމައި, އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ނަމަވެސް, މިކަމާ އެ އަތޮޅު އެހެން ބައެއް ރަށްރަށުން ވަނީ ހިތްހަމަނުޖެހިފަ އެވެ. އަދި, ބައެއް މެންބަރުން އެކަން ފާޅުގައި ހާމަ ވެސް ކުރެއްވި އެވެ.

އެ މެންބަރުންނާއި ރަށްރަށުން ވެސް ތުހުމަތު ކުރާ ގޮތުގައި, އަލިފުށީގައި އެއާޕޯޓް އަޅަނީ ރައީސް ސޯލިހާއި, ބިގޭއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. އަދި, ގައުމީ މަޖިލީހުގެ އިންތިހާބު ކައިރިވެފައި އޮތްވައި, އެ މަޝްރޫއު އިއުލާން ކުރީ ވެސް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތު ކުރެ އެވެ.

އެއާޕޯޓް އިއުލާން ކުރުމަށްފަހު, ރައީސް ސޯލިހު ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ވަޑައިގެންނެވި އެވެ. އަދި, ގައުމީ މަޖިލީހުގެ އިންތިހާބުގައި ބިގޭއަށް ކެމްޕެއިންކޮށް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox