ޕާކިސްތާނަށް ސާފް ޗެމްޕިއަންޝިޕުން ފުރުސަތު ދީފާނެތަ؟

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސާފް ސުޒުކީ ކަޕް/ ފޭސްބުކް

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސާފް ސުޒުކީ ކަޕް/ ފޭސްބުކް

އަންނަ މަހު މާލޭގައި ފަށަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނަށް ފުރުސަތެއް އޮތްތޯ ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން އުއްމީދީ ޖަވާބެއް ދެެއްވައިފި އެވެ.

ތިން ވަނަ ފަރާތެއްގެ ނުފޫޒާ ހެދި ފީފާއިން ހަތަރު އަހަރު ތެރޭ ދެ ވަނަ ފަހަރަށް ޕާކިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ސަސްޕެންޑްކުރަން ނިންމީ މިދިޔަ އޭޕްރީލް މަހު އެވެ. އޭގެ ކުރިން ޕާކިސްތާނުން އޮތީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ނިންމައިފަ އެވެ. އެކަމަކު، ފަހުން ފީފާގެ ސަސްޕެންޝަނެއް އަތުވުމުން މުބާރާތުގައި ވާދަކުރުމުގެ ދޮރު އެއްކޮށް ބަންދުވީ އެވެ.

ސާފްގެ ރައީސްގެ މަގާމުގެ އިތުރުން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެެރޭޝަން (ބީއެފްއެފް)ގެ ރައީސްގެ ޒިންމާ ވެސް ނަންގަވަމުން އަންނަ ސަލާހުއްދީން، ބަންގްލަދޭޝްގެ މީޑިއާ އަަކަށް ވިދާޅުވީ ފީފާގެ ސަސްޕެންޝަން އުވާލައިފިނަމަ ސާފް ޗެމްޕިއަންޝިޕުން ޕާކިސްތާނަށް ފުރުސަތު ދޭން އޭނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

ޕާކިސްތާނުން އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ 2019 ވަަނަ އަހަރު އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޕާކިސްތާން ސަސްޕެންޑްކުރީ ފީފާއިން ހަމަޖައްސާފައިވާ ޕީއެފްއެފްގެ ނޯމަލައިޒިން ކޮމިޓީ އަތުން އެ ގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމުންނެވެ. އޭނާ އެކަން ކުރީ ގަދަބާރުން ޕީއެފްއެފް ހެޑްކުއާޓަރުގެ ތެރެއަށް ގްރޫޕަކާ އެކު ވަދެ ކަމަށް ފީފާ އިން ހަމަޖެއްްސި ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން މާލިކް ހާރޫން ވަނީ ޕާކިސްތާންގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭރު ވިދާޅުވެފަ އެވެ. އޭނާ ފީފާއަށް ހުށަހެޅި ރިޕޯޓްގައި ވެސް ބަޔާންކޮށްފައިވަނީ އެ ގޮތަށެެވެ.

ޕާކިސްތާންގެ އިތުރުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނަށް ވެސް ވާދަކުރެވެން ނެތުމުން ސާފުން ނިންމާފައިވަނީ ފަސް ގައުމުގެ މެދުގައި މުބާރާތް ކުރިއަށް ގެންދާށެެވެ. ބޫޓާނަށް ވާދަނުކުރެވެނީ ކޮވިޑާ ހެދި އެ ގައުމުގެ ސަރުކާރުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުދޭތީ އެވެ.

އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ މުބާރާތުގެ ޝެޑިއުލް ނެރެފަ އެވެ. އެއީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. އެ ފޯމެޓާ މެދު ގައުމީ ޓީމުތަކުގެ ކޯޗުން މިހާރު ވަނީ ހިޔާލުފާޅުކޮށް އެ ރަނގަޅު ކަމަށް ވެސް ބުނެފަ އެވެ.

ސާފްގެ ސެކްރެޓަރީ ޖެނެރަލް އަންވަރުލް ހައްގު ވިދާޅުވީ އަލުން ޕާކިސްތާން މުބާރާތަށް ލުން ވެގެންދާނީ ދެން ވަރަށް އުނދަގޫ ކަމަކަށް ކަމަށެެވެ. އެންމެ ބޮޑު ސަބަބަކީ ޓީމުތަކުގެ ތައްޔާރީތަކަށް ފުރުސަތު ދޭން ފައިނަލް ޝެޑިއުލެއް ވެސް އާންމުކޮށްފައިވާތީ އެވެ. އަދި ދެން އަނެއްކާ ވެސް ބޮޑު ބަދަލެއް ޝެޑިއުލަށް ގެންނަންވެއްޖެނަމަ މީގެ ގެއްލުންތަކެއް ހުރިހާ ފަރާތަކަށް ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox