އީސީގެ މެމްބަރުކަމަށް ފަސް ބޭފުޅެއްގެ ނަން މަޖިލީހަށް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގައި ދެ އޮފިޝަލަކު ހަރަކާތްތެރިވަނީ: އީސީގެ ހުސްވެފައިވާ މެމްބަރުކަމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް ވަނީ ހުށަހަޅުއްވާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގައި ދެ އޮފިޝަލަކު ހަރަކާތްތެރިވަނީ: އީސީގެ ހުސްވެފައިވާ މެމްބަރުކަމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް ވަނީ ހުށަހަޅުއްވާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަނުކުރަން ފަސް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުށަހަޅުއްވައިފި އެވެ.

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށްފަހު މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، އެ މަގާމަށް އައްޔަނުކުރަން ހުށަހެޅުއްވި ފަސް ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުއްވައިފަ އެވެ.

Advertisement

ރައީސް ހުށަހެޅުއްވި ފަސް ބޭފުޅުން

  1. މުހައްމަދު އަސިފް / ހ. އިރުވައި
  2. ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު
  3. އަޒްލީމާ އަހުމަދު / ދަފްތަރު
  4. އަހުމަދު މަންސޫރު / ވ. ރިވެތި
  5. މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ޝަރީފް މަގާމުން ވަކިވެވަޑައިގަތީ ކޮމިޝަންގެ ރައީސަކަށް ހުންނަވައި ތިން އިންތިހާބު ކުރިއަށް ގެންދެވުމަށް ފަހު އެވެ. އެއީ 2018ގެ ރިޔާސީ އިންތިހާބާއި 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ހައިޖާނު ބޮޑުވި 2018 ގެ ރިޔާސީ އިންތިހާބުގައި، ޝަރީފަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ޚާއްސަކޮށް އޭނާ ސިޔާސީ މަސައްކަތް އެކުގައި ކުރެއްވި ޔާމީންގެ ޕީޕީއެމުންނެވެ.

އެ ޕާޓީން އަދިވެސް ތުހުމަތުކުރަނީ އިންތިހާބުގައި ޝަރީފް ގޯސްތަކެއް ހެއްދެވި ކަމަށެވެ. އެކަމަކު، އެކަން ތަކުރާރުކޮށް ދޮގު ކުރައްވަމުން ޝަރީފް ވިދާޅުވެފައި ވަނީ، އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފުކަމަށާއި އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ.

ޝަރީފް އިސްވެ ހުންނަވައި އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، އެ މައްސަލަ ނިމުނީ އިލެކްޝަންސް ކޮމިޝަނާ އެއްކޮޅަށެވެ.

އިންތިހާބުތަކާއި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އީސީގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ. ޝަރީފް އިސްތިއުފާ ދެއްވުމުން މިހާރު ތިއްބަވާނީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި އެ ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި ފުއާދު ތައުފީގާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox