ގްރީސްގައި ރޯވެފައިވާ އަލިފާންގަނޑުގައި އެތައް ބައެއްގެ ގެދޮރު ގެއްލިއްޖެ

ގްރީސްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ގެތަކާ ހަމަޔަށް ފޯރާފައި.-- ފޮޓޯ: އޭއެފްޕީ

ގްރީސްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ގެތަކާ ހަމަޔަށް ފޯރާފައި.-- ފޮޓޯ: އޭއެފްޕީ

ޕެފްކޮފްޔިޓޯ، ގްރީސް (އޯގަސްޓު 7) - ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު މީހުން ދިރިއުޅޭ ހިސާބަށް ފޯރައި، ގިނަ އަދަދެއްގެ ގެތަކުގައި ރޯވެ އެތައް ސަތޭކަ އާއިލާއެއްގެ ގެދޮރު ގެއްލިއްޖެ އެވެ.

އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން 1،450 ފަޔާފައިޓަރުންނާއި 15 ވައިގެ އުޅަނދު ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ގައުމުތަކުގެ ފަޔާފައިޓަރުންނާއި އުޅަނދުތައް ވެސް ދަނީ އެހީވަމުންނެވެ.

"ގްރީސްގެ ފަޔާފައިޓަރުންނަށް އެހީވުމަށް ތަޖުރިބާކާރު ޓީމެއް އަޅުގަނޑުމެން ފޮނުވާނަން،" އިނގިރޭސި ވިލާތުގެ ހޯމް ސެކެޓްރީ ޕްރިޓީ ޕަޓޭލް ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިސްރުން ދެ ހެލިކޮޕްޓަރާއި ސްޕެއިނުން ފަޔާފައިޓިން ޖެޓެއް ފޮނުވަން ވަނީ ނިންމާފަ އެވެ.

ގަދަ ވަޔާއެކު ބައެއް ހިސާބުތަކުގެ ފިނިހޫނުމިން 38 ޑިގްރީ ސެލްސިއަސް އަށް އަރާފައި ވާއިރު، އަލިފާންގަނޑު އަދިވެސް އިތުރަށް ފެތުރޭނެ ކަމަށް ބެލެވެ އެވެ.

ޔޫރޮޕިއަން ފޮރެސްޓް ފަޔާ އިންފޮމޭޝަން ސިސްޓަމުން ބުނި ގޮތުގައި ފާއިތުވި 10 ދުވަހުގެ ތެރޭގައި 56،655 ހެކްޓަރުގެ ސަރަހައްދެއް ވަނީ އަނދާފަ އެވެ. ނަމަވެސް 2008 އިން ފެށިގެން ނިމިގެން ދިޔަ އަހަރާ ހަމައަށް އެވްރެޖު ގޮތެއްގައި އަހަރަކު އެނދީ އެންމެ 1،700 ހެކްޓަރުގެ ސަރަހައްދެވެ.

ގްރީސްގެ އިތުރުން ކައިރީގައި އޮންނަ ތުރުކީގެ ޖަންގަލިތަކުގައި ވެސް ރޯވެ ދަނީ އަނދަމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ފަހުގެ ތާރީހެއްގައި ކުރިމަތިނުވާ ވަރުގެ ހޫނުގަދަ "ހީޓްވޭވް" އެއް އެ ސަރަހައްދަށް އައިސް، އަލިފާން ރޯވުމަށް އެންމެ އެކަށޭނަ މާހައުލު ޖަންގަލިތަކުގައި އުފެދުނެވެ. އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ ލިބެމުންދާ ގެއްލުން އިތުރުވެފައި ވަނީ މޫސުމީ ބަދަލުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޖަންގަލީގައި އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް ގްރީސް އިން ދެ މީހުން އަދި ތުރުކީން އަށް މީހަކު މަރުވެފައި ވެ އެވެ.

އަލިފާން ރޯވެ އަނދަމުންދާއިރު، ގިނަ ދުވަސްތަކަކަށް ފަހު ހޮނިހިރު ދުވަހު ތުރުކީއަށް ވާރޭ ވެހުމުނެވެ. އެހެންވެ، އަލިފާން ނިއްވަން މަސައްކަތް ކުރާ މީހުންނަށް ވަނީ ކޮންމެވެސް ވަރެއްގެ ފަސޭހަ ކަމެއް ލިބިފަ އެވެ.

އައްސޭރިފަށުގައި އޮންނަ އަންތަލްޔާ ސިޓީގެ އޮފިޝަލުން ބުނީ ވާރޭ ވެހުމާ ގުޅިގެން އެ ތަނުގައި ފެތުރިފައި އޮތް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އިތުރު ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އަދިވެސް ހާލަތު ގޯސްވެދާނެތީ ބައެއް ހިސާބުތަކުން މީހުން ދިޔުމަށް ދަނީ އަންގަމުންނެވެ.

އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ މިނިސްޓަރު ބެކިރް ޕަކްޑެމިރްލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުރުކީގެ 81 ޕްރޮވިންސްގެ ތެރެއިން 47 ޕްރޮސްވިންސްގައި 200 އަށް ވުރެ ގިނަ އަލިފާންގަނޑު ރޯވި ކަމަށެވެ. އޭގެ ތެރެއިން ފަސް ޕްރޮވިންސެއްގައި 13 އަލިފާންގަނޑު އަދިވެސް ދަނީ ފެތުރެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox