ދަރިފުޅާ އެކު ކުޅުމުގެ ސައިންސް: ހެދި ބޮޑުވުމަށް މުހިއްމު ކަމެއް

ދަރިފުޅާ އެކު ކުޅުމުގައި ވަގުތު ހޭދަ ކުރުމުން ހެދި ބޮޑުވުމަށް ރަނގަޅު އަސަރުތަކެއް ކުރޭ.--

ދަރިފުޅާ އެކު ކުޅުމުގައި ވަގުތު ހޭދަ ކުރުމުން ހެދި ބޮޑުވުމަށް ރަނގަޅު އަސަރުތަކެއް ކުރޭ.--

އިންސާނެއްގެ ހަޔާތުގައި ސިކުނޑި ތަރައްގީ ކުރުމަށް އެންމެ މުހިއްމީ އުމުރުގެ އެންމެ ފުރަތަމަ ތިން އަހަރުކަން އެނގޭ ހެއްޔެވެ؟ ތުއްތު ދަރިފުޅު އުފަންވުމުން ފެށިގެން ތިން އަހަރު ފުރުމާ ހަމައަށް ދަސްވަނީ ވަޒަންކޮށްލަން ވެސް ނޭނގޭހާ ބައިވަރު ކަންކަމެވެ. ދަރިފުޅުގެ ހަޔާތުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ތިން އަހަރުގެ ތެރޭގައި ހެދި ބޮޑުވުމަށް އެހީވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އެހާމެ ފަސޭހަ ވެސް ކަމެކެވެ.

ކުޅުމަކީ ހަމައެކަނި މަޖާ ކުރުން ކަމަށް ހީވެދާނެ އެވެ. ނަމަވެސް ދަރިފުޅުގެ އުމުރުން ތިން އަހަރު ވަންދެން ކުޅުމަކީ ހަމައެކަނި މަޖާ ކުރުމެއް ނޫނެވެ. ކުޅުމަކީ ދަސް ކުރުމާއި ދިރިއުޅުމަށް މުހިއްމު ލައިސް ސްކިލްތައް ދަނެގަނެ، ބިނާ ކުރުމެވެ. ކަންކަން ހައްލު ކުރާނެ ގޮތްތައް ހޯދައި، އަމިއްލަ ހިޔާލު ފާޅުކުރަން ދަސްވަނީ ކުޅުމުގެ ތެރެއިންނެވެ. އަދި ދަރިފުޅާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިވަނީ ކުޅުމުގެ ތެރެއިންނެވެ.

ޓަވަރެއް ހަދާއިރު، ފިޒިކަލް ސްކިލްސް ދަސްވުން

ބްލޮކްސް ނުވަތަ އެ ނޫން ވެސް ކުޅޭ އެއްޗެއް، އެކަތި މައްޗަށް އަނެކަތި ލައި، ޓަވަރެއް ހަދަމުން ދާއިރު ދަރިފުޅަށް ދަސްވަނީ ސެންސަރީ މޮޓޯ ސްކިލްތައް ބޭނުންކޮށްގެން ހަރަކާތް ކުރާނެ ގޮތެވެ. މިއީ ސިއްހަތު ރަނގަޅު، ހެލިފެލިވެ އުޅޭ ހަށިގަނޑެއް ތަރައްގީ ކުރުން މުހިއްމު ސްކިލްތަކެކެވެ. ދަރިފުޅު ޓަވަރެއް ހަދާއިރު، ކައިރީގައި އިނދެ ވާހަކަ ދައްކާށެވެ. އަދި ޓަވަރު ހެދުމުގައި ބައިވެރިވި އެންމެ އުސް ޓަވަރު ހެދެނީ ކާކަށްތޯ ބަލާށެވެ.

Advertisement

މަޖާ އަޑުތައް ލައްވާއިރު، ސޯޝަލް ސްކިލްސް ބިނާވުން

ތުއްތު ކުދިން ވާހަކަ ދައްކަން ފަށަނީ ނުވަތަ ކޮމިއުނިކޭޓް ކުރަނީ އެކި އަޑުތަކާއި، މޫނަށް ޖައްސާ ވައްތަރުތަކާއި އަތާއި ފައިގެ ހަރަކާތްތަކުންނެވެ. ދަރިފުޅަށް ފުރިހަމައަށް ސަމާލުކަން ދީ، ކުރާ ކަންކަމަށް ރަނގަޅަށް ރެސްޕޯންޑް ކުރާށެވެ. ދަރިފުޅު ކުރާ ކަމަކާ ގުޅުވައިގެން ބެލެނިވެރިޔާގެ އަޑުގެ ޓޯނަށް ބަދަލު ގެނެސް، މޫނު މަތިން ޝުއޫރު ދައްކައި ދޭށެވެ. މިއީ ސިކުނޑީގައި ހުންނަ ނިޔުރަލް ކަނެކްޝަންތައް ވަރުގަދަކުރަން އެހީވާ ކަމެކެވެ. އަދި މުއާސަލާތު ކުރުމާއި ސޯޝަލް ސްކިލްސް ތަރައްގީ ވާނެ އެވެ. އަދި މިއީ ދަރިފުޅާއި ބެލެނިވެރިޔާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާ ކަމެކެވެ.

އެއްޗެއް ފޮރުވާފައި ހޯދަން މަސައްކަތް ކުރާއިރު، ކޮގްނިޓިވް ސްކިލްސް ބިނާވުން

ތަންކޮޅެއް އުނދަގޫ އެކަމަކު މަޖާ ކުޅިވަރެއް، މިސާލަކަށް އެއްޗެހި ފޮރުވާފައި ހޯދުން، ކުޅޭއިރު ދަރިފުޅަށް ދަސްވަނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކޮށް، މައްސަލަ ހައްލުކޮށް، ވިސްނުމުގެ އުކުޅުތައް ބިނާ ކުރުމަށެވެ. ކުޅެމުން ދާއިރު، ދަރިފުޅަށް މާ އުނދަގޫހެން ހީވާނަމަ ހިންޓެއް ދޭށެވެ. އެހީވަމުން ގޮސް، އަމިއްލައަށް ފޮރުވާފައިވާ އޮތް އެތި ފެންނާނެ ގޮތް ހަދައިދޭށެވެ. އޭރުން އަމިއްލައަށް މައްސަލަ ހައްލު ކުރަން ކުދިންނަށް ދަސްވާނެ އެވެ.

ލަވާ ކިޔާ ނަށާ އިރު، އިމޯޝަނަލް ސްކިލްސް ތަރައްގީވުން

ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަމާއި މުޅި ހަޔާތުގައި ވެސް އުފާވެރިކަމާއެކު އުޅެވޭނެ ގޮތް މަގުފަހި ކުރުމަށް އިމޯޝަންތައް ދަނެގަނެ، މެނޭޖުކޮށް، ފާޅުކުރަން ދަސްކުރަން ޖެހެ އެވެ. ލަވަ ކިޔުމާއި ނެށުމަކީ އަމިއްލަ ޝުއޫރުތައް ހާމަކޮށް ހެދުމަށް ވަރަށް ފަސޭހަ ގޮތެކެވެ. ދަރިފުޅާއެކު ލަވަ ކިޔައި ނެށުމުގައި ބައިވެރިވާ ނަމަ މިއީ ގުޅުން ވަރުގަދަކޮށްދޭނެ ކުޅިވަރަކަށް ވާނެ އެވެ.

ހިޔާލަށް ގެންނަ އެއްޗެއް ކުރަހާއިރު، ކްރިއޭޓިވް ސްކިލްސް ބިނާވުން

ދަރިފުޅު މަޑުމަޑުން އިނދެގެން އެއްޗެއް ކުރަހަމުން ދާއިރު، ކަރުދާހުން ފާޅުވަމުން ދާނީ ދަރިފުޅުގެ ހިޔާލީ ދުނިޔޭގައި ހިނގާ ކަންކަމެވެ. މިއީ ދަރިފުޅުގެ އަމިއްލަ ހިޔާލުތައް ފާޅުކޮށް ހަގީގަތަކަށް ހަދަން ދަސް ކުރުމެވެ. ކުރަހައި ނިމުމުން، އެއާ ބެހޭ ގޮތުން ވާހަކަ ދައްކާ ސުވާލުކޮށް ހަދާށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox