ބާޒާރުމަތީގެ ޕްލޭން: ޕާކުތަކާއި ސިނަމާއާ އެކު ހިތްގައިމު ސަރަހައްދަކަށް

ބާޒާރުމަތި ތަރައްގީކޮށް ނިންމުމުން އޮންނާނެ ގޮތުގެ ޕްލޭނުގެ ކުރުހުމެއް --

ބާޒާރުމަތި ތަރައްގީކޮށް ނިންމުމުން އޮންނާނެ ގޮތުގެ ޕްލޭނުގެ ކުރުހުމެއް --

ނޯތު ހާބަރު، ގުޅީފަޅަށް ބަދަލުކޮށް އެ ސަރަހައްދަކީ މީހުން ހިތްހަމަޖައްސާލައި މަޖާކޮށްލުމަށް ދާ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން މިރޭ ހާމަކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އެ ޕްލޭން ހާމަކުރީ ސިޓީ ކައުންސިލުން މިރޭ މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ދެއްކި ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި، މިހާރު ނޯތު ހާބަރު އޮތް ސަރަހައްދު ބަދަލުވެގެން ދާނީ ހިތްހަމަޖައްސާލަން ގޮސް އުޅޭ ތަނެއްގެ ގޮތުގަ އެވެ. އެގޮތުން، އެ ތަން ތަރައްގީ ކުރަން ނިންމާފައިވަނީ ޕާކްތައް ހިމަނައިގެންނެވެ.

Advertisement

ބާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް
ބާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް

ބާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް

ޕްލޭންގައިވާ ގޮތުން، ބަނދަރު ނެގުމަށްފަހު އެ ތަން ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެ ތަނުގެ ކުރިމަތީގައި ހުރި އަތޮޅުފިހާރަތައް "ރެޓްރޯ ރީޓައިލް ފްރިންޖު"ގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ. އޭގެ ބޭނުމަކީ ތާރީހީ އެ ފިހާރަތައް ހިމާޔަތް ކުރުމެވެ.

ދެން އެ ސަރަހައްދަށް ގެންނަ އެންމެ ބޮޑު ބަދަލަކީ، މިހާރު އޮތް ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓް ނެގުމެވެ. ޒަމާނީ މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ މިހާރު ލޯކަލް މާރުކޭޓް އޮތް ބިމުގަ އެވެ. އަދި، ލޯކަލް މާރުކޭޓް ތަރައްގީ ކުރަން ނިންމާފައިވަނީ ވެސްޓްޕާކް ސަރަހައްދުގަ އެވެ.

ލޯކަލް މާރުކޭޓް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް
ލޯކަލް މާރުކޭޓް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް

ލޯކަލް މާރުކޭޓް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، ބަނދަރު ބަދަލު ކުރުމާއެކު އެ ސަރަހައްދުގެ ބޮޑު ބިމެއް ހުސްވެގެންދާނެ އެވެ. އެގޮތުން އެ ސަރަހައްދުގައި އެންމެ ގަދައަށް ހިނގާ، ހޯލްސޭލް ވިޔަފާރީގެ މާކެޓް ވެސް ބަނދަރާއެކު ގުޅީފަޅަށް ބަދަލުވާނެ އެވެ.

އެހެންވެ، މިހާރުގެ ބާޒާރުމަތި ސަރަހައްދު ތަރައްގީ ކުރަނީ ފުޅާ މަގުތަކާއެކު، ހިނގާ އުޅޭ ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ސަރަހައްދަށް އަމިއްލަ ވެހިކަލްގައި ވަނުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ވިސްނުމަކީ މުޅިން ވެސް ޕަބްލިކް ޓްރާސްޕޯޓަށް ހުޅުވާލާފައި ބޭއްވުން ކަމަށް ޕްލޭންގައިވެ އެވެ.

ބާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް
ބާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް

ބާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް

އެކަމަށްޓަކައި ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުންވާ ބިންތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އޭގެއިތުރުން އެ ސަރަހައްދަށް ސެންޓްރަލް ފެރީ ޓާމިނަލެއް ވެސް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. އެއީ، ރަށްރަށުން މާލެއަށް ދަތުރުކުރާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ހަދާ ޓާމިނަލެކެވެ.

އެ ސަރަހައްދުގައި ސިނަމާއަކާއި ސްވިމިން ޕޫލެއް ވެސް ހެދުމަށް ޕްލޭނުގައި އެބަ އޮތެވެ. އަދި، ޕަބްލިކް ޕާކިން ބިލްޑިންއެއް ވެސް އަޅަން ވަނީ ނިންމާފަ އެވެ. އޭގެއިތުރަށް ވެސް އެ ސަރަހައްދަށް ޕޯޓަލް އޭރިއާގެ ގޮތުގައި އިމާރާތްތަކެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ބާޒާރުމަތި ތަރައްފީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭން
ބާޒާރުމަތި ތަރައްފީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭން

ބާޒާރުމަތި ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭން

އެ ސަރަހައްދަށްފަހު ދެން ޕްލޭންގައި އޮތީ ރަސްފަންނު ސަރަހައްދު "ގާޑެން ޕްލާޒާ"ގެ ނަމުގައި ތަރައްގީ ކުރުމެވެ. އެގޮތުން އެތަނުގައި ކޮމިއުނިޓީ ސެންޓަރަކާއި މާކެޓް ހޯލެއް ގާއިމް ކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ރެސްޓޯރެންޓްތަކަށް ވެސް ޖާގަ ދޭން ނިންމާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ އަނެއް ޕްލޭނަކީ ކުރީ ސަރުކާރުން ހިއްކައިގެން ހެދި އިންޑަސްޓްރިއަލް ވިލެޗު ވެސް ޕާކެއް ހިމަނައިގެން ތަރައްގީ ކުރުމެވެ. އެ ތަނަށް ތައްޔާރުކޮށްފައިވާ ޕްލޭނުގައިވާ ގޮތުން އެ ސަރަހައްދުގައި ސެންޓްރަލް ބަސް ޓާމިނަލް ގާއިމް ކުރާނެ އެވެ. އަދި، ޕާކިން ޒޯނަކާއި ގަަސް ހައްދައި، އާންމުންނަށް ހިތްހަމަޖައްސާލަން ގޮސް އުޅެވޭ ފެހި ބިންތައް ކަނޑައަޅާނެ އެވެ. އޭގެއިތުރަށް ބީޗު ކުޅިވަރު ކުޅެވޭނެ ތަންތަން ވެސް ކަނޑައަޅާނެ އެވެ.

އެ ސަރަހައްދު ސިނާއީ އެއްވެސް ކަމަކަށް ދޫކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

އިންޑަސްޓްރިއަލް ވިލެޗް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް --
އިންޑަސްޓްރިއަލް ވިލެޗް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް --

އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރަން ނިންމާފައިވާ ގޮތް --

ކާނިވާ ސަރަހައްދު ތަރުތީބު ކުރުމުގެ ވިސްނުން ވެސް ޕްލޭނިން މިނިސްޓްރީގައި އެބަ އޮތެވެ. އެ ސަރަހައްދު ވެސް ތަރައްގީ ކުރަން ނިންމާފައިވަނީ ގިނަ ގަސް އިންދައިގެން ފެހިކަން ބޮޑު ސަރަހައްދެއްގެ ގޮތުގަ އެވެ. ދެން ނިންމާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދު މިހާރު ތަރައްގީ ކުރަމުންދާ ގޮތަށް ނިންމާލުމަށެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ހިނގާފައި އެކަނި އުޅެވޭނެ މަގުތަކެއް ކަނޑައަޅައި، އެ މަގުތައް ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އެ ޕްލޭނުގައިވާ ގޮތުން އެ މަގުތައް ތަރައްގީ ކުރަން ނިންމާފައިވަނީ، އަލި ލިބޭ ގޮތަށް ޒަމާނީ ޑިޒައިންތަކަކަށެވެ.

ހިނގާފައި އުޅޭ މަގުތައް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް
ހިނގާފައި އުޅޭ މަގުތައް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް

ހިނގާފައި އުޅޭ މަގުތައް ތަރައްގީ ކުރަން ނިންމާފައިވާ ގޮތް

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox