ފިންލެންޑް

Jun 11, 2021, 5:50 PM
ފިންލެންޑް

މި ފަހަރު ޔޫރޯ އިން މުޅިން އަލަށް ފުރުސަތު ލިބުނު ދެ ޓީމުގެ ތެރެއިން އެ ޓީމަކީ ފިންލެންޑެވެ. އެ ޓީމުން މުބާރާތަށް ކޮލިފައިވީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ކޮލިފައިވީ 2004 ވަނަ އަހަރުގެ ޗެމްޕިއަން ގްރީސް އާއި ބޮސްނިއާ ފަހަތައް ޖައްސާލުމަށް ފަހު އެވެ. ކޮލިފައިންގައި ފިންލެންޑް ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު،،ބަލިވީ ހަތަރު މެޗުންނެވެ. އެއީ އިޓަލީ އަތުން ދެ މެޗުންނާއި ބޮސްނިއާ އަދި ގްރީސް އަތުން މެޗަކުންނެވެ.

ޔުއެފާގެ މެމްބަރު 55 ގައުމުގެ ތެރެއިން ފިންލެންަޑަކީ ޔޫރޯ އަށް ކޮލިފައިވި 34 ވަނަ ގައުމެވެ. އެ ޓީމުގެ ކުރިން 33 ގައުމެއް ޔޫރޯގައި ކުޅެފައިވެ އެވެ. ކޮލިފައިން ބުރުގައި ފިންލެންޑުން ދައްކަމުން އައި ކުޅުމުގެ ސަބަބުން މި ފަހަރުގެ ޔޫރޯގައި އެ ޓީމުން ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުމުގެ ފުރުސަތު އެބައޮތެވެ. މީގެ އަހަރުތަކެއް ކުރިން އައިސްލެންޑް ވޯލްޑް ކަޕްގައި ނެރުނު ފަދަ ނަތީޖާތަކެއް މި ފަހަރު ޔޫރޯގައި ފިންލެންޑަށް ނެރެވިދާނެ ކަމަށް ބައެއް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ

ކުރިން ސެމީ ހޫޕިއާ އާއި އެންޓި ނިއޭމީ އަދި މިކޭލް ފޯސެލް ފަދަ ކުޅުންތެރިން ފިންލެންޑަށް ކުޅުނު ނަމަވެސް ޔޫރޯއެއްގައި ގައުމު ތަމްސީލް ނުކުރެވެ އެވެ. މި ފަަހަރުގެ ޔޫރޯ އަށް ފިންލެންޑް ކޮލިފައިކޮށްދިނުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނު އެއް ކުޅުންތެރިއަކީ ކޮލިފައިންގެ މެޗުތަކުގައި 10 ގޯލު ޖެހި ފޯވާޑް ޓީމޫ ޕޫކީ އެވެ. އޭނާގެ އިތުރުން ދެން އެ ޓީމުން ވިދާލާނެ އަނެއް ކުޅުންތެރިއަކީ ޖަރުމަނުގެ އޯގްސްބާގަށް ކުޅޭ ވިންގް ފްރެޑްރިކް ޔެންސެން އެވެ.

ކޯޗު: މާރްކޫ ކަނޭރްވާ

ފިންލެންޑް ގައުމީ ޓީމާ 2016 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ކަނޭރްވާ ވަނީ އެ ގައުމުގެ ފުޓްބޯޅަ ސިސްޓަމުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. ފަސް ފަަހަރު ފިނިޝް ލީގު ކާމިޔާބުކޮށްފައިވާ ކަނެރްވާ ވަނީ 12 އަހަރު ވަންދެން 21 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކުރުމަށް ފަހު ސީނިއާ ޓިމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ. އޭނާއާ ސީނިއާ ޓީމުގެ ކޯޗުކަން ހަވާލުކުރުން ވެގެންދިޔައީ އެ ގައުމުގެ ފުޓްބޯޅައިގެ ކާމިޔާބުގެ ސޮފުހާއެއްގެ ފެށުމަށެވެ.

ސްކޮޑު

ކީޕަރުން: ލޫކަސް ރަޑޭކީ (ލެވަކޫސަން)، ޖެސޭ ޔޮރޯނެން (ބްރެޝިއާ)، އަންސީ ޔާކޮލާ (ބްރިސްޓަލް ރޯވާސް)

ޑިފެންޑަރުން: ޕައުލަސް އަރަޔޫރީ (ޕާފޯސް)، ޑެނިއަލް އޯޝޯނެސީ (ހެލްސިންކީ)، ޔޫނާ ޓޮއީވިއޯ (ހެކަން)، ލެއޯ ވައިސަނެން (އެލްފްސްބޯގް)، ސޯލީ ވައިސަނެން (ކިއޭވޯ)، ރޮބާޓް އިވާނޯވް (ވާޓާ ޕޮޒްނަން)، ޖެރޭ ޔުރޯނެން (ގެންކް)، ނިކޯލަ އަލްހޯ (އެމްޓީކޭ ބުޑަޕެސްޓް)، ޔުއްކާ ރައިޓާލާ (މިނެސޯޓާ ޔުނައިޓެޑް)، ޕީރީ ސޮއީރީ (އެޔްސްބާގް)

މިޑްފީލްޑަރުން: ގްލެން ކަމާރާ (ރޭންޖާސް)، ރޮބާޓް ޓޭލާ (ބްރަން)، ރޮބިން ލޯޑް (މިނެސޯޓާ ޔުނައިޓެޑް)، ޔޯނީ ކޯކޯ (އެޔްސްބާގް)، އޮނީ ވަލަކާރީ (ޕާފޯސް)، ރަސްމަސް ޝޫލާ (ޑްޔުގާޑެން)، ތޯމަސް ލެމް (ޒްވޯލްވް)، ޓިމް ސްޕާވް (ލަރީސާ)، ފްރެޑްރިކް ޔެންސެން (އޮއުސްބާގް)، ލަސީ ލައްޕަލައިނެން (މޮންޓްރެއާލް)

ފޯވާޑުން: ޖޮއެލް ޕޯޖަންޕާލޯ (ޔޫނިއަން ބާލިން)، މާކަސް ފޯސް (ބްރެންޓްފޯޑް)، ޓީމޫ ޕޫކީ (ނޯވިޗް ސިޓީ)

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox