ވޭލްސް

ވޭލްސް

މީގެ ފަސް އަހަރު ކުރިން މުޅިން އަލަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ވޭލްސް އިން އެންމެން ހައިރާންކޮށްލި އެވެ. ސެމީ ފައިނަލުން ވޭލްސް ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް އަތުން 2-0 އިންނެވެ. އެކަމަކު އަލަތު މުބާރާތުގައި އެ ޓީމުން ނެރުނު ނަތީޖާތަކަށް ބަލާއިރު، ގޯހެއް ނޫނެވެ. އެއީ އެ ޓީމުން މި ފަހަރުގެ ޔޫރޯ އަށް ނުކުންނައިރު ލިބޭނެ އެންމެ ބޮޑު ހިތްހަަމަ ޖެހުމެވެ

ވޭލްސް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކްރޮއޭޝިއާގެ ފަހަތުން ކޮލިފައިން ގްރޫޕްގެ ރަނަރަޕްގެ ގޮތުގަ އެވެ. އެ ޓީމުން ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ދެ މެޗުން ބަލިވެ ވަނީ ދެ މެޗުން އެއްވަވެފަ އެވެ. ވޭލްސްގެ ނަން ކިޔާއިރު، އެންމެ ގިނަ ބަޔެއްގެ ވިސްނުމަށް އެންމެ ފުރަތަމަ އަންނާނެ ނަމަކީ އެ ޓީމުގެ ތަރި ގެރެތު ބޭލް އެވެ. ކޮލިފައިންގައި ވޭލްސް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތިން ކުޅުންތެރިންގެ ތެރޭގައި ބޭލް ހިމެނެ އެވެ. ބޭލް އާއި އާރޮން ރަމްސޭ އަދި ކެއިފާ މޫރް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ

ވޭލްސް އިން މި ފަަހަރުގެ ޔޫރޯ އަށް ނުުކުންނައިރު އެ ޓީމު އޮތް ގްރޫޕްގެ ގޮތުން މުބާރާތުގައި ކުރިއަށްދާން ޗެލެންޖްތަކެއް ހުރި ކަމުގައި ވިޔަސް އެ ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، މިއީ ވޭލްސް އަށް ނުވާވަރުގެ ކަމެއް ނޫނެވެ. ވޭލްސް ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ކުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގަ އެވެ. ބައެއް ކުޅުންތެރިން ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގައި ވެސް ކުޅެ އެވެ. އެހެންކަމުން ވޭލްސް އަކީ މި ފަހަރު ޔޫރޯގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެވޭ ފަދަ ކުޅުންތެރިން ތިބި ޓީމެކެވެ.

ޕޭޖް އާއި ގިގްސް ވޭލްސްގެ ފަރިތަކުރުމެއްގެ ތެރެއިން.

ކޯޗު: ރޮބާޓް ޕޭޖް

ހުރިހާ ކަމެއް ރަނގަޅަށް ދިޔަނަމަ ވޭލްސްގެ ކޯޗަކަށް ހުންނާނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރަޔާން ގިގްސް އެވެ. އެކަމަކު ގެވެށި އަނިޔާގެ މައްސަލައެއްގައި ދައުވާކުރަން ނިންމާފައިވާތީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ވޭލްސްގެ ކޯޗުގެ ޒިންމާ އުފުލަމުން އަންނަނީ އެސިސްޓަންޓަކަށް ކުރިން މަސައްކަތްކުރި ރޮބާޓް ޕޭޖް އެވެ. ވޭލްސްގެ 21 އަހަރުން ދަށުގެ ޓީމުގައި ޕޭޖް ކޮށްފައިވާ ކޯޗިންގެ މަސައްކަތަށް ބަލާއިރު، ސީނިއާ ޓީމުގައި ތިބި ކުޅުންެތެރިން ގޮވައިގެން އޭނާ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ އެވެ

ސްކޮޑު

ކީޕަރުން: ވޭން ހެނެއްސީ (ކްރިސްޓަލް ޕެލަސް)، ޑެނީ ވޯޑް (ލެސްޓާ ސިޓީ)، އެޑަމް ސްޓޯކްސް (ސްޓޯކް ސިޓީ)

ޑިފެންޑަރުން: ކްރިސް ގަންޓާ (ޗާލްޓަން އެތުލެޓިކް)، ބެން ޑޭވިސް (ޓޮޓެންހަމް)، ކޮނާ ރޮބާޓްސް (ސްވަންސީ ސިޓީ)، އީތަން އަމްޕަޑޫ (ޗެލްސީ)، ކްރިސް މެޕަމް (ބޯންމައުތު)، ޖޯ ރޮޑޯން (ޓޮޓެންހަމް)، ނީކޯ ވިލިއަމްސް (ލިވަޕޫލް)، ރީސް ނޮރިންޓަން—ޑޭވިސް (ޝެފީލްޑް ޔުނައިޓެޑް)، ބެން ކަަބަންގޯ (ސްވަންސީ ސިޓީ)، ޓޮމް ލޮކިޔާ (ލޫޓަން)

މިޑްފީލްޑަރުން: އާރޮން ރަމްސޭ (ޔުވެންޓަސް)، ޖޯ އެލަން (ސްޓޯކް ސިޓީ)، ޖޮނަތަން ވިލިއަމްސް (ކާޑިފް ސިޓީ)، ހެރީ ވިލްސަން (ލިވަޕޫލް)، ޑެނިއަލް ޖޭމްސް (މެންޗެސްޓާ ޔުނައިޓެޑް)، ޑޭވިޑް ބްރޫކްސް (ބޯންމައުތު) ޖޯ މޮރެލް (ލޫޓަން)، މެތިއު ސްމިތު (މެންޗެސްޓާ ސިޓީ)، ޑައިލަން ލެވިޓް (މެންޗެސްޓާ ޔުނައިޓެޑް)، ރުބިން ކޮލްވިލް (ކާޑިފް ސިޓީ)

ފޯވާޑުން: ގެރެތު ބޭލް (ރެއާލް މެޑްރިޑް)، ކެއިފާ މޫރް (ކާޑިފް ސިޓީ). ޓައިލާ ރޮބަޓްސް (ލީޑްސް ޔުނައިޓެޑް).

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox