ފަރުކޮޅުފުށި ޕިކްނިކް އައިލެންޑަށް ހަދަން ނިންމީ މަޝްވަރާނުކޮށް: ރައީސް

ރައީސް ސޯލިހާއި މޭޔަރު މުއިއްޒު: ފަރުކޮޅުފުށި ޕިކްނިކް އައިލެންޑަކަށް ހަދަން ނިންމީ މަޝްވަރާނުކޮށް ކަމަށް ވިދާޅުވި

ރައީސް ސޯލިހާއި މޭޔަރު މުއިއްޒު: ފަރުކޮޅުފުށި ޕިކްނިކް އައިލެންޑަކަށް ހަދަން ނިންމީ މަޝްވަރާނުކޮށް ކަމަށް ވިދާޅުވި

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދާން ފަރުކޮޅުފުށި ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ފަރުކޮޅުފުށި ހިމެނެނީ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ހިނގާ ރަށްތަކުގެ ތެރޭގަ އެވެ. އެހެންކަމުން އެ ރަށުގައި އެއްވެސް ކަމެއް ދެން ކުރިއަށް ގެންދާނަމަ ކައުންސިލްގެ ބައިވެރިވުން އޮންނަން ޖެހެ އެވެ.

"މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ތަނެއް މި ސަރަހައްދުގައި ނޯންނާތީ، އެކަމަށް އެންމެ އައިޑިއަލް ތަނަަކަށް ވާނީ ފަރުކޮޅުފުށި. އެހެންވީމަ އެޗްޑީސީއާ ވާހަކަ ދައްކާގެން މާލޭ ސީޓީގެ އިހުތިސޯސް ތެރޭ ހިމެނޭ ފަޅު ރަށަކަށް ވާތީ އެތަނަކީ މާލޭގެ ރައްޔިތުން ޕިކްނިކް ދާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ފާސްކޮށްފައި." މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ފަރުކޮޅުފުށި މިހާރު ބޭނުންކުރަމުން އަންނަނީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ފަރުކޮޅުފުއްޓަކީ ހުޅުމާލޭގެ ތެރޭގައި ހިމެނޭ ތަނަކަށްވާއިރު ހުޅުމާލޭގެ ބިމަކީ އެޗްޑީސީއަށް މިލްކުކޮށްދީފައިވާ ބިމެއް ކަމަށެވެ. އެ ބިމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތް އެޗްޑީސީން ވަނީ ޕްލޭންކޮށްފައި ކަމަށެވެ.

"އެ ޕްލޭނަށް ބަދަލެއް ގެންނަ ކަމަށްވާނަމަ އެޗްޑީސީއާ ޖެހޭނެ މަޝްވަރާ ކުރަން، އަދި އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރާ ވެސް ޖެހޭނެ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި އެކަމުގައި ސިޓީ ކައުންސިލުން ސަރުކާރުގެ އެއްވެސް ފަރާތަކާއެކު އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

ދަތުރުދާން ފަރުކޮޅުފުށި ތަރައްގީކުރަން ސިޓީ ކައުންސިލުން ފާސްކޮށްފައިވާއިރު، މާލޭގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެނބޫދޫފަޅުން ހިއްކި ރަށްރަކުގެ ތެރެއިން ރަށެއް ހާއްސަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުކެވެ.

މާލެއިން ފުރައިގެން 15 މިނިޓުން ދެވޭ އެ ރަށް ތަރައްގީކުރަން ބަޔަކާ ވެސް ހަވާލުކުރި އެވެ. އެނބޫދޫފަޅުގެ ހުޅަނގުން ހިއްކާފައިވާ ސަރަހައްދުގެ ބޮޑު މިނަކީ 3.3 ހެކްޓަރެވެ. އެތަނުގައި މޫދު ކުޅިވަރާއި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާ ދޭ ރޫމެއް ހެދުމަށްވެސް އޭރު ނިންމާފައިވެ އެވެ.

އޭގެފަހުން އެހެން ސަރަހައްދަކުން ޕިކްނިކް އައިލެންޑެއް ހޯދުމަށް ފަޅަކުން ތަނެއް ހިއްކުމަށް ސަރުކާރުން މަސައްކަތް ކުރި އެވެ.

ނަމަވެސް، ރައީސް ސޯލިހު މިއަދު ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އެ ދެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ. އެހެންކަމުން، ޕިކްނިކް އައިލެންޑެއް މާލޭގެ ރައްޔިތުންނަށް ހަމަޖެހޭނެ ވަކި އިރެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox