3،000 ބުޅާ ގެންގުޅެން ހުޅުމާލޭގައި ފެސިލިޓީއެއް

ބުޅަލެއް ކުނިކޮތަޅުތަކެއްގެ ކައިރީގައި މަޑުކޮށްގެން: މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލު ކުރަން ފެސިލިޓީއެއް ހެދުމަށް ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ބުޅަލެއް ކުނިކޮތަޅުތަކެއްގެ ކައިރީގައި މަޑުކޮށްގެން: މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލު ކުރަން ފެސިލިޓީއެއް ހެދުމަށް ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މާލެ އާއި ހުޅުމާލެ މަގުމަތީގައި ގިނަވެފައިވާ ބުޅަލުގެ މައްސަލަ ހައްލު ކުރަން 3،000 ބުޅާ ގެންގުޅެވޭނެ ފެސިލިޓީއެއް ހުޅުމާލޭގައި ހެދުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ބުޅާތައް އިންތިހާއަށް ގިނަވެ، ކުނި ކޮތަޅުތައް ހާވައި މަގުތައް ހަޑިކުރުން ފަދަ ކަންކަމާ ހެދި ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ބުޅަލުގެ މައްސަލާގައި އެޗްޑީސީއަށް ހުޅުމާލޭގައި އުޅޭ ރައްޔިތުންގެ ފަރާތުން 2019 ގައި 50 ޝަކުވާ ހުށަހެޅިއިރު މިދިޔަ އަހަރު 117 ޝަކުވާއެއް ހުށަހެޅި އެވެ. އެހެންވެ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބުޅަލަށް ހާއްސަ ފެސިލިޓީ މުވައްޒަފުންނާ އެކު ހެދުމަށް އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ކަމުގައިވާ ފަރުކޮޅުފުށީގެ 790 ސްކެއާ މީޓަރުގެ ބިމެއްގަ އެވެ. އެ ފެސިލިޓީ ހިންގުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ.

Advertisement

ހުޅުމާލޭގެ މަގެއް މަތީ ދެ ބުޅާ: ވަގު ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހުޅުމާލޭގައި ހަދަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
ހުޅުމާލޭގެ މަގެއް މަތީ ދެ ބުޅާ: ވަގު ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހުޅުމާލޭގައި ހަދަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ހުޅުމާލޭގެ މަގެއް މަތީ ދެ ބުޅާ: ވަގު ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހުޅުމާލޭގައި ހަދަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް އެޗްޑީސީން ޕްލޭން ހަދާފައިވަނީ މެލޭޝިއާގެ ޓްރެޕް ނިއުޓާ ރިލީޒް މެނޭޖް (ޓީއެންއާރުއެމް) ގެ ކޮންސެޕްޓަށެވެ. އެގޮތުން ބުޅާތައް ފެސިލިޓީއަށް ގެންދިއުމަށް ފަހު ވެކްސިން ޖަހައި ފަރުވާ ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއަށް ފަހު ބުޅާތައް އުޅޭތަނެއް އެނގޭނެ ޓްރެކިން ޑިވައިސްއެއް ކޮންމެ ބުޅަލެއްގައި ވެސް ހަރުކުރަން ވަނީ ނިންމައިފަ އެވެ.

ބުޅާތައް ގެންގުޅުމަށް ފަހު ޕެޓްގެ ގޮތުގައި ގެންގުޅުމަށް ބޭނުންވާ މީހުންނަށް ދިނުމަށް ޕްލޭންގައި ވަނީ ނިންމައިފަ އެވެ.

ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާއްމުންނަށް އުނދަގޫވާ ގޮތަށް އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ނިމިދިޔަ ކައުންސިލުން ވެސް ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކޮށްފައި ހުރުމުން އެކަން ކުރާނީ އެޗްޑީސީއާ ގުޅިގެން ފެސިލިޓީއެއް ހަދައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބުޅަލަށް ހާއްސަކޮށްގެން ހަދާ ފެސިލިޓީގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށުމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މާލެ އާއި ހުޅުމާލޭގައި ބުޅާ ގިނަވެފައިވާއިރު އެ އެއްޗެހި ކައި އުޅެނީ އުކާލަން ނެރެފައި ހުންނަ ކުނި ކޮތަޅުތައް ހާވައިގެންނެވެ. ބައެއް މީހުން ބުޅަކަށް ކާން ދިނުމަށް އެކި ސަރަހައްދުތަކަށް ގޮސް ވެސް އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox