ގުޅީފަޅު ޕްލޭން ބަދަލުކުރުން: މޭޔަރު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫން!

މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ: މޭޔަރު ގަބޫލުކުރައްވާ ގޮތުގައި ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހޭ.

މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ: މޭޔަރު ގަބޫލުކުރައްވާ ގޮތުގައި ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހޭ.

ވިޔަފާރި ބަނދަރު ތަރައްގީކުރަން މި ސަރުކާރުން ނިންމާފައިވާ ގުޅީފަޅުގެ ޕްލޭން ބަދަލުކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހެ އެވެ؛ ގުޅީފަޅު މަޝްރޫއު ސަރުކާރުން އިއުލާންކުރުމާ އެކު ވެސް މިގޮތަށް ޕްލޭން ބަދަލުކުރަން ކުރީގެ ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ގޮވާލައްވަމުންނެވެ.

ގުޅީފަޅު ބޯހިޔާވަހިކަމަށް ހަމަޖެއްސުމަކީ މާލޭގެ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވެ އެ މަސައްކަތް މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އިސްކަމެއް ދެއްވައިގެން ފެއްޓެވި އެވެ. ކައުންސިލްގެ ދެ ވަނަ ބައްދަލުވުމުގައި، ގުޅީފަޅު ޕްލޭން ބަދަލުކުރަން މަސައްކަތް ކުރަން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ކައުންސިލްގެ ނިންމުން ހިއްސާކުރެއްވި އެވެ.

އެކަމަކު މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މިހާތަނަށް އަލިމަގެއް ނުފެންނަ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން އޮތުމާ އެކު މާލޭ ސިޓީ ކައުންސިލުން އިއްޔެ ވެސް ވަނީ ނިންމުމެއް ފާސްކޮށްފަ އެވެ. އެއީ މިހާރުގެ ޕްލޭނާ އެއްކޮށް ސަރުކާރު ކުރިއަށްދާ ނަމަ ކައުންސިލްގެ ބާރު ފުރިހަމައަށް ބޭނުންކުރުމެވެ.

"އެއްވެސް އަލިމަގެއް ނުފެނިއްޖެ ނަމަ ކަން ކުރާނެ ގޮތެއް ކަމަށް ކައުންސިލްގެ އަޣުލަބިއްޔަތުން ފާސްކުރީ މާލޭގެ ރައްޔިތުންގެ ހައްގުގައި މި މައްސަލައިގައި އަޅުގަނޑުމެން ކޯޓަށް ދިއުމަށް،" ދޫ ނުދެއވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

"އެއީ މިހާރަކު ކުރާނެ ކަމެއް ނޫން، މާދަމާ ކުރާނެ ކަމެއް ނޫން، އުއްމީދެއް ނުކުރަން އެ ހިސާބަށް ދާނެ ކަމަކަށް. ނަމަވެސް ކޯޓަށް ދާން ޖެހިއްޖިއްޔާ އެ ހިސާބަށް ގޮސްގެން މީގައި އިންސާފުވެރި މަގެއް މާލޭގެ ރައްޔިތުންނަށް ހޯދުމަށް އަޅުގަނޑުމެންނަށް ނިންމީ."

މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ގުޅީފަޅު ހާއްސަކުރަން ޖެހެނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކަމަށާއި އެތަނުން 30،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. ގުޅީފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުވެރި މަންޒިލަަކަށް ހެދުމަށްޓަކައި ކައުންސިލްގެ ދެ ވަނަ ބައްދަލުވުމުގައި އޮތީ ފާސްކޮށްފަ އެވެ. އަދި އެކަމަށް މަގުފަހިކުރަން މަސައްކަތް ކުރަން ވެސް ނިންމި އެވެ.

މަގާމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ރައީސް ސޯލިހްއާ އެކު މުއިއްޒު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ގުޅީފަޅު ޕްލޭނަށް ބަދަލު ގެންނަން ކައުންސިލަށް ފެންނަ ކަމަށް އޮތީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ އެ ޕްލޭން ރިވައިޒްކުރަން ކަމާބެހޭ ފަރާތްތަކާ އެކު ސިޓީ ކައުންސިލްގެ ބައްދަލުވުންތަކެއް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށެވެ.

"އެހެން އެކަން އޮއްވައި ޖެހިގެން އައި ހަފުތާގައި ގުޅީފަޅުގެ އީއައޭއަށް ބަދަލެއް ގެނައުމަށް ކޮންސަލްޓަންޓު އަޅުގަނޑުމެންނާ އެކު ބައްދަލުވުމެއް ބޭއްވި. އަޅުގަނޑުމެން ސާފުކޮށް ދެންނެވިން މިހާރު އޮތް ޕްލޭނާ އެއްގޮތަށް އެތަން ހިއްކައިގެން ތަރައްގީކުރާކަށް ތާއީދެއް ނުކުރަމޭ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެން ރައީސާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން: މި ބައްދަލުވުމުގައި ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވަން ހުށަހެޅުއްވި ކަމަށް މުއިއްޒު ވިދާޅުވި. -- ފޮޓޯ/ރައީސް އޮފީސް
މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެން ރައީސާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން: މި ބައްދަލުވުމުގައި ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވަން ހުށަހެޅުއްވި ކަމަށް މުއިއްޒު ވިދާޅުވި. -- ފޮޓޯ/ރައީސް އޮފީސް

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެން ރައީސާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން: މި ބައްދަލުވުމުގައި ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވަން ހުށަހެޅުއްވި ކަމަށް މުއިއްޒު ވިދާޅުވި. -- ފޮޓޯ/ރައީސް އޮފީސް

ގުޅީފަޅުގެ ޕްލޭން މިހާރު އޮތް ގޮތަށް އީއައިއޭ ފާސްކުރަން ސިޓީ ކައުންސިލުން އެ ބައްދަލުވުމުގައި ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ޕްލޭން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވި ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ އުއްމީދުގައި ތިއްބެވިކަން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން ވެސް ފެނުނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ގުޅީފަޅު މަޝްރޫއު ކުރިއަށް ގެންދާނެ ވާހަކަ އެވެ. އެއްވެސް ބަދަލެއް ގެނައުމުގެ ސިގްނަލެއް މިހާތަނަށް ލިބިފައި ނުވާއިރު އެކަމުގައި މަޝްވަރާއެއް ކޮށްފައި ނުވާތީ މުއިއްޒު ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އޭގެ އެއްވެސް އިޝާރާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ރައްޔިތުން އެދޭ ގޮތަށް ގުޅީފަޅުގެ ކަންތައްތައް ބަދަލުކުރަން އަދި ސިޓީ ކައުންސިލްގެ ދައުރަކަށް ފުރުސަތެއް ނުލިބޭ. -- މުއިއްޒު

އޭނާ ވިދާޅުވި ގޮތުގައި ގުޅީފަޅުގެ މަޝްރޫއު މިހާރު ކުރިއަށްގެންދަން އުޅޭ ގޮތުން މާލޭގެ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

ގުޅިފަޅުގެ މައްސަލައިގައި ރައީސާ އެކު ކައުންސިލުން މަޝްވަރާ ބައްދަލުވުމެއްގެ ފުރުސަތަށް އެދުމަށް މިހާރު އޮތީ ނިންމައިފަ އެވެ. ގުޅީފަޅުގެ ޕްލޭނަށް ބަދަލު ގެނައުމަށް ކިތަންމެ ބައްދަލުވުމެއް ބާއްވަން ޖެހުނަސް މާލޭ ރައްޔިތުން އެދޭ ފަދަ ނަތީޖާއަކާ ހަމައަށް ދެވެންދެން ކައުންސިލުން ތައްޔާރެވެ.

"މާލޭގެ ރައްޔިތުންގެ ހައްގުގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާ އެކީގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މި މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނިއްޖެ ނަމަ، މާލޭގެ ރައްޔިތުންގެ ހައްގުގައި އެ މައްސަލައިގައި ކޯޓަށް ދާން ނިންމީ ކައުންސިލްގެ ބައްދަލުވުމުގެ އިއްތިފާގުންނެވެ.

ތިލަފުށީގައި ކުރިން އަޅަން ނިންމި ޕޯޓް ގުޅިފަޅަށް ބަދަލުކޮށް ބޮޑު ސަރަހައްދެއް ހިއްކަން ފެށުމުން ތިމާވެށީގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން އޮތެވެ. ގުޅިފަޅު ހިއްކައިގެން ހިންގާ މަޝްރޫއުގައި ސަރުކާރުގެ ވިސްނުމަކީ މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ވެސް ގުޅީފަޅަށް ބަދަލުކުރުމެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކަށް ވެސް ހިމެނެ އެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން އާއްމުކޮށްފައިވާއިރު، ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއްގެ އިތުރުން ހިއްކާ ބިމުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރަން އޮތީ ނިންމައިފަ އެވެ. ޕޯޓު ބަދަލުކުރަން ފުރަތަމަ ފިޔަވަހީގައި ޕްލޭންކޮށްފައި އޮތީ ހަ މިލިއަން ކިއުބިކް މީޓަރު ހިއްކާށެވެ. އެ މަސައްކަތް ވަނީ ނިންމައިފަ އެވެ.

މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކުރެ އެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox