ހިޔާ ފްލެޓުގެ އަގު 5،600ރ. އަށް ކުޑަ ކޮށްދޭން އެދިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް: އެ ފްލެޓުތަކުގެ އަގު ކުޑަކޮށްދޭން ސިޓީ ކައުންސިލުން ވަނީ އެދިފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް: އެ ފްލެޓުތަކުގެ އަގު ކުޑަކޮށްދޭން ސިޓީ ކައުންސިލުން ވަނީ އެދިފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އަގު ބޮޑު ކަމަށާއި ކުރީގެ ސަރުކާރުން އޭރު ކަނޑައެޅި 5،600ރ. އަށް ކުޑަކޮށްދޭން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފި އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

Advertisement

ރައީސް ސޯލިހާ މިއަދު ބައްދަލުކުރެއްވުމަށްފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކަށް މިހާރު ކަނޑައަޅާފައިވާ އަގަކީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ އަގަކަށް ނުވާ ކަމަށް ރައީސަށް ދެންނެވި ކަމަށެވެ.

ވަކިން ހާއްސަކޮށް އެ ފްލެޓުތަކަށް ވަނުމަށްޓަކައި ފިނިޝިންގެ މަސައްކަތް ކުރަންޖެހޭއިރު، އެކަމަށް މަދުވެގެން ދެ ލައްކަ އެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭތީ އެއީ އާއްމު ރައްޔިތަކަށް އުފުލޭނެ ފަދަ ދަރަންޏެއް ނޫން ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެންނެވިން ރައީސް ޔާމީންގެ ސަރުކާރުގަ ރައީސް އޮފީހުގެ ކަމާގުޅޭ ސެކްޝަނަކުންނޭ ހިސާބު ހެދީ ވެސް. އޭގެން ވަރަށް ސާފުކޮށް ފެންނަންއޮތޭ 5،600ރ. ކުޑަކުރުމުން އެޗްޑީސީއަށް ގެއްލުންނުވެ ވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން އެ އަގު ކަނޑައެޅުމަކީ ސިޓީ ކައުންސިލް އެދޭ ގޮތް ކަމަށާއި އަދި ހައެއްކަ ހާސް ރުފިޔާއަށް ވުރެ ބޮޑުވުމަކީ ރައްޔިތުންނަށް ބޮޑު އަދަދަކަށް ވެގެން ދާނެ ކަމަށް ރައީސަށް ދެންނެވި ކަމަށް މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުގެ އަގު ބޮޑުކަމަށް ރައީސް ސޯލިހު ވެސް ގަބޫލު ކުރައްވާ ކަމަށާއި، އެ އަގު ވީހާވެސް ބޮޑަކަށް ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ.

އެހެންކަމުން އެ މަޝްވަރާތައް ފެށުމުން، ހިޔާ ފްލެޓުތަކުގެ އަގު ކުޑަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މުއިއްޒު އިތުރަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓަކަށް މަހަކު ދައްކަންޖެހޭ ކުލި 8،500ރ. އަށް ކަނޑައަޅާފައިވާއިރު، އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް، ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން އެއްވެސް މީހަކު ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފުލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި އަގާއި އެއްގޮތަށް ކުޑަކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ލަފާކުރަނީ ހިޔާ ފްލެޓްތަކަށް ގާތްގަނޑަކަށް 35,000 މީހުން ވަންނާނެ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 2,000 މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޅުއްވި ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށް ދެ ވަނަ ފިޔަވަހީގައި އާބާދުވާ މީހުންނާ އެކު ހުޅުމާލޭގެ ޖުމްލަ އާބާދީ މި އަހަރު 100,000 އަށް ވުރެން މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox