ހިލޭ ކުރަހައިދޭން މޭޔަރު އެދިވަޑައިގަތް މައްސަލަ ހޫނުވުމުން ބިޑަށް ހުޅުވާލަން ނިންމައިފި

May 26, 2021, 8:36 AM
ޕާކިން ޒޯނު ހަދާ ސަރަހައްދުގައި މުއިއްޒު މަޑުކޮށްލައްވައިގެން: ހިލޭ ކުރަހައިދޭން އެދުނު މައްސަލަ ހޫނުވި

ޕާކިން ޒޯނު ހަދާ ސަރަހައްދުގައި މުއިއްޒު މަޑުކޮށްލައްވައިގެން: ހިލޭ ކުރަހައިދޭން އެދުނު މައްސަލަ ހޫނުވި

މާފަންނު ބޮޑުގޭގައި ހަދާ ޕާކިން ޒޯނު ސަރަހައްދުގައި ހިމެނޭ ފާރެއްގައި ހިލޭ ކުރަހައިދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި މައްސަލަ ހޫނުވުމުން އެންމެ ފަހުން އެކަން ބިޑަށް ހުޅުވާލަން ނިންމަވައިފި އެވެ.

އާ ސިޓީ ކައުންސިލުން ހަދާ ފުރަތަމަ ޕާކިން ޒޯނުގެ ފާރުގައި ރާއްޖޭގެ ރީތިކަމާއި އިސްލާމީ ވަންތަކަން ރަމުޒުކޮށްދޭ ކުރެހުމެއް ހިލޭ ކުރަހައިދޭން ޝައުގުވެރިވާ މީހުން މެސެޖްކޮށް ދެއްވަން އިއްޔެ މުއިއްޒު އެދިވަޑައިގެންނެވި އެވެ.

އެއާއެކު، އާޓް ކޮމިއުނިޓީގެ އާޓިސްޓުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮވިޑްގެ މި ހާލަތުގައި އާމްދަނީއަށް ބޮޑު އަސަރެއްކޮށް، ގިނަ އާޓިސްޓުންނަށް އެއްވެސް ގޮތަކުން އާމްދަނީއެއް ނުލިބޭ ހާލަތެއްގައި މޭޔަރު ހިލޭ މަސައްކަތްކޮށް ދިނުމަށް އެދެމުގެ ޝަކުވާތަކުން ޓްވިޓާ ފުރިގެންދިޔަ އެވެ.

އެއާއެކު، މުއިއްޒު ނިންމެވީ ކޮވިޑްގެ މި އުނދަގޫ ވަގުތުގައި އާޓިސްޓުންނަށް ދަތިތައް ހުރުމުން، ކުރެހުމަށް ބޭނުންވާ ކުލަ އާއި ފިއްސާއި އަދި އެ ނޫން ވެސް ތަކެތި ސިޓީ ކައުންސިލްގެ ހަރަދުގައި ފޯރުކޮށްދިނުމަށެވެ.

ނަމަވެސް، އޭގެ ފަހުން ވެސް އާޓިސްޓުންގެ ހުނަރުގެ އަގު ވަޒަން މޭޔަރު ނުކުރައްވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި އެވެ. އެހެންވެ، އެންމެ ފަހުން މޭޔަރު މުއިއްޒުގެ ނިންމެވުމުން މުޅިން ބަދަލު ކުރެއްވި އެވެ.

މިއަދު ހެނދުނު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާޓިސްޓުންގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތައް ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން، އާޓިސްޓުންގެ ހުނަރަށް އުޖޫރަ ދިނުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް އިރެއްގައި ނިޔަތަކީ އާޓިސްޓުންގެ ހުނަރުގެ އަގު ވަޒަން ނުކުރުމެއް ނުވަތަ އާޓިސްޓުންގެ ދަތި ހާލަތަށް ރިއާޔަތް ނުކުރުމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ދެން ޕާކިން ޒޯނުގެ ފާރުގައި ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބީލަށް ހުޅުވާލައިގެން، އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް މަސައްކަތް ހަވާލުކުރާ ގޮތަށެވެ.

މުއިއްޒު އެގޮތަށް ނިންމެވުމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ އެ ނިންމުމަށް ތައުރީފު ކުރައްވައި، ޝުކުރު އަދާކުރައްވާފަ އެވެ.

ހަމައެކަނި ސައިކަލް ޕާކް ކުރެވޭ ގޮތަށް ޕާކިން ޒޯނު ހަދާނީ ބޮޑުގޭގެ ގޯތި ތެރޭގައި ހަދާފައިހުރި ވަގުތީ މިސްކިތަށް ދާ މީހުންނަށް ޕާކްކުރަން ފަސޭހަވާނެ ގޮތަށް ބޮޑުގޭގެ އުތުރު ފަރާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox