މާލޭގައި ވެކްސިން ނުޖަހައިތިބި ހައި ރިސްކު މީހުން ހޯދަން ސިޓީ ކައުންސިލުން އެހީވަނީ

މާލޭގައި ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލުމުގެ ކުރިން ވެކްސިން ޖަހަން ބަޔަކު ކިޔޫ ހަދާފައި: ވެކްސިން ނުޖަހައި ތިބި ހައި ރިސްކު މީހުން ހޯދަން ސިޓީ ކައުންސިލުގެ އެހީތެރިކަމަށް ވަނީ އެދިފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލޭގައި ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލުމުގެ ކުރިން ވެކްސިން ޖަހަން ބަޔަކު ކިޔޫ ހަދާފައި: ވެކްސިން ނުޖަހައި ތިބި ހައި ރިސްކު މީހުން ހޯދަން ސިޓީ ކައުންސިލުގެ އެހީތެރިކަމަށް ވަނީ އެދިފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވެކްސިން ނުޖަހައި ތިބި އުމުރުން ދުވަސް މީހުންނާއި ހައި ރިސްކު މީހުން ހޯދަން ހެލްތު މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ސިޓީ ކައުންސިލުން ފޯރުކޮށްދެވެން އޮތް އެހީތެރިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ މަޝްވަރާ ކުރެވުނު ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްވަރާތަކުގައި މިނިސްޓަރު އެދިވަޑައިގެންނެވީ ކޮވިޑް-19 ގެ ވެކްސިން ނުޖަހައި ތިބި އުމުރުން ދުވަސް މީހުންނާއި ހައި ރިސްކު މީހުން ހޯދައި އެ މީހުންނާ ގުޅޭނެ ގޮތެއް ސިޓީ ކައުންސިލު މެދުވެރިގެން ހޯދައި ދިނުމަށެވެ.

Advertisement

އެގޮތުން، އެފަދަ 2،000 އެއްހާ މީހުން މާލޭގައި ދިރިއުޅެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ލަފާކޮށްފައިވާ ކަމަށް މުއިއްޒު ހާމަކުރެއްވި އެވެ.

"އެމީހުންނާ ކޮންޓެކްޓު ކުރުމުގައި ދިރާގާއި އުރީދޫ އާއި އަދި އަޅުގަނޑުމެންގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ހުރިހާ އެންމެންގެ އެހީތެރިކަން ހޯދާނަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، އެ މަސައްކަތްކޮށްދޭއިރު ވެކްސިންގެ ސްޓޮކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނެތީ އެ މައުލޫމާތުތައް ހިއްސާކޮށް ދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެގޮތުން، މިހާރު ވެސް ކޮވިޝީލްޑް ޑޯޒް ހުސްވެފައިވާ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން ގާތު ވެކްސިން ޖަހަން އެދޭއިރު، މިވަގުތު ވެކްސިން ހުރި ބާވަތްތަކާއި ބާކީ ހުރި އަދަދުތަކުގެ އިތުރުން ވެކްސިން ލިބޭނެ ތާރީހުތައް ވެސް އެނގެންޖެހޭ ކަމަށެވެ.

"އެ މައުލޫމާތު އަދި އަޅުގަނޑުމެންނަށް ނުލިބޭ. އެކަމަކު އަޅުގަނޑުމެން އެދިފައިވާނެ އެ މައުލޫމާތު ފޯރުކޮށްދޭން،" މޭޔަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، އެޗްޕީއޭގެ ކޯލް ސެންޓަރުން ހިދުމަތް ދިނުން ފަދަ މިކަމާ ގުޅުންހުރި ހުރިހާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ކައުންސިލުގެ ބައްދަވުމުގައި މެމްބަރުން އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެކްސިން ޕްރޮގްރާމް ފަށައި އާބާދީގެ ބޮޑު ބަޔަކަށް ވަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދީފަ އެވެ.

އެކަމަކު މި އެންމެންނަށް ދެ ވަނަ ޑޯޒު ޖަހާ މުއްދަތު ގާތްވި އިރު ވެކްސިން ވަނީ ހުސްވެފަ އެވެ.

އެގޮތުން، ދެ ވަނަ ޑޯޒު ޖަހަން ވެފައި 90،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ސަރުކާރުން ބުނެ އެވެ.

ނަމަވެސް، ޗައިނާގެ ސިނޯފާމް ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިން ވެސް އަދިވެސް ދެމުންދިޔަ ނަމަވެސް، ހާއްސަކޮށް މާލެ ސަރަހައްދުގައި ތަރުހީބު ކުޑަ އެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް 306.430 މީހުންނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ 158،075 އެވެ.

މާލެ ސަރަހައްދުގައި ކޮވިޑު ފެތުރޭ މިންވަރު ކޮންޓްރޯލުން ނެއްޓި މަރުވާ މީހުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

އެގޮތުން، މިއަދު އެކަނި ވެސް 10 މީހުން މަރުވެފައިވާއިރު، ޖުމްލަ އަދަދު ވަނީ ކުއްލިއަކަށް 139 އަކަށް އަރައިފަ އެވެ.

އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ވެކްސިން ފުރިހަމަ ކުރުމުން ބަލި ބޮޑުވަރުވާ މިންވަރު ކުޑަވާ ކަމަށް ސިއްހީ މާހިރުން ބުނަމުންދާއިރު، މަރުވި މީހުންގެ ތެރެއިން ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައިނުވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަ ބުދަ ދުވަހުން ފެށިގެން ހަރުކަށި ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިގޮތުން، ކޮންމެ ދުވަހަކު 16 ގަޑިއިރަށް ކާފިއު ހިންގާއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުންނަން ފާހެއް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ފާސް ދޫކުރަން ކަނޑައަޅާފައިވަނީ ކޮންމެ ގޭބީސީއަކުން ދެ މީހަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox