މާފަންނު ބޮޑުގެ ޕާކިން ޒޯނަކަށް ހަދަނީ

May 22, 2021, 7:52 AM
ބޮޑުގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ

ބޮޑުގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ

މާފަންނުގައި ހުންނަ ބޮޑުގޭގެ އެއް ބައި ޕާކިން ޒޯނަކަށް ހަދަން ނިންމައި، އެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ޕާކިން ޒޯނު ހަދާނީ އެ ގޯތި ތެރޭގައި ހަދާފައިހުރި ވަގުތީ މިސްކިތަށް ދާ މީހުންނަށް ޕާކްކުރަން ފަސޭހަވާނެ ގޮތަށް ބޮޑުގޭގެ އުތުރު ފަރާތުގަ އެވެ.

އެގޮތުން، ޕާކިން ޒޯން ހަދަނީ ވަގުތީ މިސްކިތަށް އުތުރު ފަރާތުން ވަދެވޭ ގޮތަށް މަގެއް ކެނޑުމަށްފަހު ދެ ފަރާތުގައި ސައިކަލް ޕާކް ކުރެވޭ ގޮތަށެވެ.

އާ ސިޓީ ކައުންސިލުން ހަދަން ފެށި ފުރަތަމަ ޕާކިން ޒޯނުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ބޮޑުގޭގައި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ފެށީ އެކަމަށް ގިނަ ބަޔަކު އެދެމުންދާތީ އެވެ.

މުއިއްޒު، މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބިއްލޫރިޖެހިގޭގައި ކުރީ ސިޓީ ކައުންސިލުން ހަދަން ފެށި ޕާކިން ޒޯނު ނިންމައި، ވަނީ ހުޅުވާލާފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ޕާކިންއަކީ ބޮޑު ދަތިކަމެއް އޮތް ކަމަކަށްވާއިރު ޕާކިން ޒޯނު ފަދަ ތަންތަން ހެދެން ހުރި ބިންތައް ހުޅުވާލައި އާންމުންނަށް ބޭނުން ހިފޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާނެ ކަމަށެވެ. އެގޮތުން، ޕާކިން ޒޯނުގެ އިތުރުން ހިތްހަމަޖައްސާލަން ދާނެ މަންޒިލްތައް ވެސް އެފަދަ ތަންތަނުގައި ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ކަމަށް މުއިއްޒު ހުންނެވިއިރު ވެސް މާލޭގެ އެކި ސަރަހައްދުގައި ޕާކިން ޒޯނުތަކާއި ޕާކްތައް ތަރައްގީ ކުރެއްވި އެވެ. މުއިއްޒުގެ މޭޔަރު ކަމުގެ ވައުދުތަކުގެ ތެރޭގައި ވެސް އެފަދަ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox