މާލޭ ސިޓީގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފި

May 22, 2021, 6:58 AM
މަގުތައް ދޮވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ: ހުރިހާ މަގެއް ސާފުކުރަން ވަނީ ނިންމާފައި

މަގުތައް ދޮވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ: ހުރިހާ މަގެއް ސާފުކުރަން ވަނީ ނިންމާފައި

މާލޭ ސިޓީގެ މަގުތައް ދޮވެ، ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މާލޭގައި މިދިޔަ އަހަރު ކޮވިޑު ފެތުރެން ފެށުމާއެކު މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް އޭރުގެ ސިޓީ ކައުންސިލުން ކުރި އެވެ. ނަމަވެސް، އޭގެފަހުން އެކަން ކުރިއަށް ނުދެ އެވެ.

އެ މަސައްކަތް އަލުން ފައްޓަވައި ދެއްވީ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މިއަދު މަސް މާރުކޭޓް ސަރަހައްދުންނެވެ.

މުއިއްޒު ވިދާޅުވީ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ، އެކަމަށް އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން އެދިގެން ކަަމަށެވެ.

އާ މޭޔަރު ވިދާޅުވި ގޮތުގައި، ހެލްތު މިނިސްޓަރުގެ ވެސް ލަފާއާއެކު، މާލޭގެ ހުރިހާ މަގުތަކެއް ޑިސްއިންފެކްޓް ކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް، ފުރަތަމަ އިސްކަން ދޭނީ އާންމުކޮށް މީހުން ގިނައިން އެއްވެ އުޅޭ މަގުތަކަށް ކަމަށް ވިދާޅުވި އެވެ.

އެގޮތުން މާރުކޭޓްތަކާއި ޓާމިނަލްތައް ހިމެނޭ ސަރަހައްދާއި އައިޖީއެމްއެޗް ހިމެނޭ މަގުތައް އިސްކަން ދީގެން ސާފު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، މުއިއްޒު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެޗްޕީއޭގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި، ކޮވިޑް ވެކްސިނާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސިޓީ ކައުންސިލުގެ މުވައްޒަފުން ނެރެގެން މަސައްކަތް ކުރަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox