ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހަދައި އެތަން ހުޅުވައިފި

ބިއްލޫރިޖެހި ގޭގައި ހެދި ޕާކިން ޒޯން: ކުރިން ޕާކިން ޒޯން ހެދުމަށް ކައުންސިލުން ވެސް އެދުނީ ހުއްދައަކަށް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބިއްލޫރިޖެހި ގޭގައި ހެދި ޕާކިން ޒޯން: ކުރިން ޕާކިން ޒޯން ހެދުމަށް ކައުންސިލުން ވެސް އެދުނީ ހުއްދައަކަށް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބިއްލޫރިޖެހި ގޭގައި މާލޭ ސިޓީ ކައުންސިލުން ޕާކިން ޒޯނެއް ހަދައި އެތަން މިއަދު ހެނދުނު އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގަގުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭ އެމްއެންޑީއެފުން އޮތީ މާލޭ ސިޓީ ކައުންސިލްގެ ކިބައިގަ އެދިފަ އެވެ.

މި މެއި މަހުގެ ހަ ވަނަ ދުވަހު ނީލޯފަރު މަގާއި މަޖީދީ މަގާ ގުޅޭ ކަންމަތީ ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީރު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައި ވަނީ ނީލޯފަރު މަގުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް އެދިފައި އޮއްވަ އެވެ.

Advertisement

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހަދަން ފަށާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިއަދު ހެނދުނު އެތަން ބޭނުން ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައި އޮތެވެ.

ނީލޯފަރު މަގު ހުސް ކުރުމަށް ސިފައިން އެދުމުން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ނީލޯފަރު މަގުގައި ޕާކު ކުރާ ވެހިކަލްތައް ބަދަލު ކުރުން އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހެދުމަށްފަހު އެތަނަށް ކަމަށެވެ.

ނަމަވެސް ކައުންސިލުން ނިންމާފައި ވަނީ ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯން ހެދުމަށް ހުއްދަ ދޭންޖެހޭނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ ފަރާތުން ކަމަށެވެ. އެހެންވެ އެކަމުގެ ހުއްދައަށް އެދި މާލޭ ސިޓީ ކައުންސިލުން ވަނީ އެ މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

މިއަދު ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހަދާފައި ވަނީ ޕްލޭނިން މިނިސްޓްރީން ހުއްދަ ނަގައިގެންކަން އެނގިފައެއް ނެތެވެ.

ރޭޒަރު ފުއްތަކެއް އަޅައިގެން ތައްޔާރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންފަ އެވެ.

ރިމޯޓު ބޭނުންކޮށްގެން ބޮން ގޮއްވާލާފައި ވަނީ ރައީސް ނަޝީދު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ. އެއިރު އެމަނިކުފާނު ހިންގަވާފައި ވަޑައިގެންނެވީ ކަންމަތީ ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަތުމަށެވެ.

އެމަނިކުފާނުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. ހަށިކޮޅަށް ލިބިވަޑައިގެންފައި ހުރި ޒަހަމްތަކުގެ ބޮޑުކަމުން ފުރާނަފުޅު ސަލާމަތް ކުރުމަށް ޑޮކްޓަރުން ހެދި ސާޖަރީތައް 16 ގަޑިއިރަށް ދެމިގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox