ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭ މަގެއްމަތީ ބަޔަކު މަޑުކޮށްލައިގެން: އެ އަވަށުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން ކުރަން ޖެހޭ މަސައްކަތްތައް ވަނީ ފަށައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ވިލިމާލޭ މަގެއްމަތީ ބަޔަކު މަޑުކޮށްލައިގެން: އެ އަވަށުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން ކުރަން ޖެހޭ މަސައްކަތްތައް ވަނީ ފަށައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ވިލިމާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވެން އޮތީ އެ އަވަށުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދީގެން ކަމަށްވާތީ އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ވިލިމާލޭގައި މިހާރު އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރިއަށެވެ. އެ އުސޫލު ބަދަލު ކުރުމަކީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ވައުދެކެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރޭ ނޫސްވެރިންނަށް މުއިއްޒު ވިދާޅުވީ ވިލިމާލޭ ގޯތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދައަށް އެ އަވަށުގެ ރައްޔިތުން އެދޭ ކަމަށެވެ. ދިހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބިގެން ނޫނީ ބޭންކްތަކުން އިމާރާތް ކުރުމަށް ލޯން ދޫ ނުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގޯތި ބަހައިގެން އަދި ނުބަހާވިޔަސް އާއިލާ ބޮޑުވެގެން ގޮސް އިމާރާތް ނުކުރެވި ކުދި ތަންކޮޅުކޮޅުގައި ރައްޔިތުން ދިރިއުޅެމުން ދާއިރު އެ ގޯތީގައި އިމާރާތް ހެދޭނެ ގޮތެއް ލޯން ލިބޭނެ ގޮތެއް ނެތުމާ އެކީގައި، އެ އިމާރާތްތަކަށް ބެންކް ތަކުން ފައިނޭންސް ކޮށްދެނީ މަދުވެގެން 10 ބުރިއަށް ނެގޭވަރުގެ ގޮތެއް ހަމަޖެހިގެން ކަމަށް ވާތީ،" މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލްގެ އިއްތިފާގުން ފާސް ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެކަން ކުރުމަށް ރައްޔިތުންނާއި ޕްލޭނިން ދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލު ހޯދަން ނިންމާފައިވާ ކަމަށެވެ. ގާނޫނީ ގޮތުން ވެސް ލަފާ ހޯދައި ގަވައިދަށް ގެންނަން ޖެހޭ އިސްލާހު ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ފަސް ވަނަ އަވަށް، ވިލިމާލެއަކީ ހިތް ފަސޭހަ ތަނެކެވެ. ބޮޑެތި އިމާރާތްތަކެއް އަޅަން ހުއްދަ ދޭ ހިސާބުން އެ ރަށުގެ ހިތްގައިމުކަން ގެއްލިދާނެތީ ވެސް ބައެއް މީހުންގެ ކަންބޮޑުވުން އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox