ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓެއް ހުޅުމާލޭގައި ގާއިމްކޮށްފި

މުއިއްޒު ކެމްޕެއިން ކުރެއްވި ދުވަސްވަރު ޑޯޓުޑޯއަށް ހިންގަވަނީ: ހުޅުމާލޭގައި ޑިޕާޓްމެންޓެއް ގާއިމް ކުރަން ވަނީ ނިންމާފައި

މުއިއްޒު ކެމްޕެއިން ކުރެއްވި ދުވަސްވަރު ޑޯޓުޑޯއަށް ހިންގަވަނީ: ހުޅުމާލޭގައި ޑިޕާޓްމެންޓެއް ގާއިމް ކުރަން ވަނީ ނިންމާފައި

މާލޭ ސިޓީ ކައުންސިލްގެ ވަކި ޑިޕާޓްމެންޓެއް ހުޅުމާލޭގައި ގާއިމްކޮށް، އެޗްޑީސީގެ ހިދުމަތްތައް އެ ޑިޕާޓްމެންޓްގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަން އެގޮތަށް ކުރުމަށް ނިންމާފައިވަނީ އަލަށް އިންތިހާބުވި މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގަ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، މުނިސިޕަލް ހިދުމަތްތައް ދިނުމަށް ހުޅުމާލޭގައި ޑިޕާޓްމެންޓެއް ގާއިމް ކުރާނެ ކަމަށާއި، އެ ޑިޕާޓްމެންޓަށް އެޗްޑީސީން ދެމުންގެންދާ ހިދުމަތްތައް ބަދަލު ކުރުމަށް ވެސް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

އޭނާ ވިދާޅުވި ގޮތުގައި، އެޗްޑީސީން ހިދުމަތް ދީފައި، އޭގެ ގާނޫނީ ޒިންމާ މާލޭ ސިޓީ ކައުންސިލުން އުފުލަން ޖެހޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި، މާލޭ ސިޓީ ކައުންސިލަށް ރައްޔިތުންނަށް ޖަވާބުދާރީވެވޭނީ ވެސް އެ ކައުންސިލްގެ ކޮންޓްރޯލްގެ ދަށުން ހިދުމަތްތައް ދެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަދި ޔަގީން ވެސް ކުރަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން އަދި އެޗްޑީސީން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުން ހަވާލުކުރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަވަސް މިނުގައި ރައްޔިތުންނަށް ފުއްދައިދޭން،"

ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް މުނިސިޕަލް ހުރިހާ ހިދުމަތްދޭ ޑިޕާޓްމެންޓެއް ގާއިމުރަން ވަނީ ނިންމާފަ އެވެ.

މި ދެ ޑިޕާޓްމެންޓާއެކު، ޖުމްލަ ހަ ޑިޕާޓްމެންޓަކަށް ބަހާލައިގެން ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަވަން މޭޔަރު ވަނީ ނިންމާފަ އެވެ. އޭގެއިތުރުން ކައުންސިލްގެ އިދާރީ އޮނިގަނޑަށް ވެސް މުއިއްޒު ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން، ކައުންސިލްގެ މަސައްކަތްތައް އެކި ކައުންސިލަރުންގެ މެދުގައި ބަހާލައި، ކޮމިޓީތަކެއް ވަނީ އެކުލަވާލާފަ އެވެ.

މިގޮތަށް އެކުލަވާލި ހަ ކޮމިޓީގެ ތެރެއިން ދެ ކޮމިޓީގެ މުގައްރިރުކަން ދީފައިވަނީ މުއިއްޒުއާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރުންނަށެވެ.

"އެގޮތަށް އަޅުގަނޑު ކަނޑައެޅީ 18 ކައުންސިލަރުންގެ ތެރެއިން ހަ ކައުންސިލަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނަށްވާތީ، އެ ރޭޝިއޯ ދަމަހައްޓައި ހަމަހަމަކަން ގާއިމްކުރުމަށްޓަކައި،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox