މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ޕީޕީއެމްގެ ލީޑާޝިޕް ދެފަޅިވެފައި

މާލޭ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަވެރިކަން ބޮޑުވެފައިވާ އަހުމަދު ނަރީޝް، ނަހުލާ އަލީ، އިބްރާހިމް ޝުޖާއު: ޑެޕިއުޓީ މޭޔަރުކަމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި--

މާލޭ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަވެރިކަން ބޮޑުވެފައިވާ އަހުމަދު ނަރީޝް، ނަހުލާ އަލީ، އިބްރާހިމް ޝުޖާއު: ޑެޕިއުޓީ މޭޔަރުކަމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި--

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު ކަނޑައެޅުމުގައި ޕީޕީއެމްގެ ލީޑަޝިޕްގައި ހިޔާލުތަފާތުވުން ބޮޑުވެއްޖެ އެވެ.

އަލަށް އިންތިހާބުވި މޭޔަރުންނާއި ކައުންސިލަރުން މާދަމާ ހުވާކުރައްވާއިރު، ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގައި ނައިބު ރައީސް ހޮވުމުގައި އަމަލުކުރާނެ ވަކި ގޮތުން ޕީޕީއެމްއިން ރަސްމީކޮށް ނިންމާފައެއް ނެތެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ކޯލިޝަނަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައިވާއިރު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޑެޕިއުޓީ މޭޔަރުގެ މަގާމަށެވެ.

Advertisement

ޑެޕިއުޓީ މޭޔަރުކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) އެވެ. އޭގެ އިތުރުން ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އަންނަނީ ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް ކެމްޕެއިން ކުރަމުންނެވެ.

ނަން އިއުލާނު ނުކުރެއްވި ނަމަވެސް، ޑެޕިއުޓީ މޭޔަރު ކަމަށް ލީޑާޝިޕްގެ ބައެއް ފެކްޝަންތަކުން ބޭނުންވާ ދެ ބޭފުޅެއް ހިމެނޭ ކަމަށް "އަދަދު" އަށް ވަނީ އެނގިފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ ލީޑާޝިޕްގެ އެއް ބަޔަކު ޝުޖާއު ހޮވުމަށް ބޭނުންވާއިރު، ބައެއް މީހުން މާފަންނު މެދަށް އިންތިހާބުވި އަހުމަދު ނަރީޝް ހޮވަން ބޭނުންވާ ކަމަށެވެ. އަދި ނަން ހާމަކޮށްފައި ނެތް އެހެން ކައުންސިލަރަކު ވެސް ޑެޕިއުޓީ މޭޔަރު ކަމަށް ގެނައުމަށް ލީޑާޝިޕްގެ ބައެއް ބޭފުޅުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހިޔާލު ތަފާތުވުމަށް އިޝާރާތް ކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ "ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރެވޭނެ" ކަމަށެވެ.

"ޕާޓީގެ އެތެރޭގައި ކަންކަމާ މެދު ހިޔާލު ތަފާތުވުން އުފެދުނު ނަމަވެސް، ކަންކަން ނިންމާނީ އެންމެ މަސްލަހަތު ހުރި ގޮތަށް. ރައްޔިތުންނަށާއި ޕާޓީގެ މަސްލަހަތަށް،" ޝިޔާމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ރައްޔިތުން ވަރަށް ބޮޑު އިތުބާރެއް ދީފައިވުމާ އެކު، އެ ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސުން ހޮވުމުގައި ރައްޔިތުން ދިން އިތުބާރު ނުގެއްލޭނެ ގޮތަށް އަމަލުކުރުކީ އެންމެ މަސްލަހަތު އޮތް ގޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންގެ އިތުބާރާ އެކު ހިދުމަތްކުރަން ނުކުމެ، [ޑެޕިއުޓީ މޭޔަރުކަމާއި ނައިބު ރައީސުން ހޮވުމުގައި] ރައްޔިތުންގެ އިތުބާރު ގެއްލުވާލައިގެން ނުވާނެ. އެހެންވެ، މިކަމުގައި ޕާޓީގެ ވިސްނުން ހުރި ގޮތް އެނގެން ރައްޔިތުން ވެސް ބޭނުންވާނެ،" ޝިޔާމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ލީޑާޝިޕުން ވިސްނާ ގޮތެއް މިއަދު ނިންމާފައި ހާމަކުރާނަން،" ޝިޔާމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވަނީ 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނަގައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކާމިޔާބުވީ 325 ގޮނޑި އެވެ.

ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތާއި ކުރިން އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ރަށްތަކުން ވެސް މުހިއްމު ގޮނޑިތަކެއް އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީއާ ވާދަކޮށް މާލޭގެ މޭޔަރުކަމަށް އިންތިހާބުވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ މާލޭން އިންތިހާބެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހުރިހާ އިންތިހާބެއްގައި މާލޭގެ އަގުލަބިއްޔަތު ނަގަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox