ކޮނޑޭ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރަން އަމުރުކޮށްފި

May 13, 2021, 3:34 PM
ގއ. ކޮނޑޭ: އެ ރަށު ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރަން ކޯޓުން ވަނީ އަމުރުކޮށްފައި.

ގއ. ކޮނޑޭ: އެ ރަށު ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރަން ކޯޓުން ވަނީ އަމުރުކޮށްފައި.

ގއ. ކޮނޑޭ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ގާތްގަނޑަކަށް 300 މީހުންގެ އާބާދީގެ ކޮނޑޭ އިން ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލްހަކީމެވެ.

އޭނާ މަގާމުގެ ހުވާކުރުން ހައި ކޯޓުން ހުއްޓުވީ، އިންތިހާބުގައި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޝުއައިބު މުހައްމަދު ދީދީ ހުށަހެޅި އިންތިހާބީ ޝަކުވާއަކާ ގުޅިގެންނެވެ. އޭނާ އަށް އިންތިހާބު ގެއްލުނީ ދެ ވޯޓުގެ ތަފާތަކުންނެވެ.

ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގަތް އަމުރުގައި ބުނީ އިންތިހާބީ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ކައުންސިލް ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހާބުގައި ވާދަކުރި އެހެން ފަރާތްތަކުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވޭ ކަަމަށެވެ. އެހެންވެ ހައި ކޯޓުން ބަލާ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރަން އެ އަމުރުގައި ވެ އެވެ.

މި އަމުރު ނެރުއްވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ފާތުމަތު ފަރްހީޒާ އެވެ.

ކައުންސިލަރުން ހުވާކުރަން ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަދުވަހެވެ. ކޮވިޑުގެ ބަލިމަޑުކަމާ ހެދި އެލްޖީއޭ އިން އިންތިޒާމްކޮށްފައި އޮތީ ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox