ހެލްތުގެ ނައިބުގެ މަގާމުން ނިޝާމާ އާއި ޝިޔާމާ ވަކިކޮށްފި

ހެލްތުގެ ނައިބު ކަމުގެ މަގާމުން ވަކިކުރި ނިޝާމާ އާއި ޝިޔާމާ: ވެންޓިލޭޓަރު މައްސަލާގެ ތުހުމަތު އެބަ އޮތް --

ހެލްތުގެ ނައިބު ކަމުގެ މަގާމުން ވަކިކުރި ނިޝާމާ އާއި ޝިޔާމާ: ވެންޓިލޭޓަރު މައްސަލާގެ ތުހުމަތު އެބަ އޮތް --

ކޮވިޑްގެ އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ރާއްޖެން ހޯދަން ހަވާލުކުރި ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުގައި މަސައްކަތުން އެކަހެރިކުރި، ހެލްތު މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ މިއަދު އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިމިވަނީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަން ތިބޭތާ އެތައް މަހެއްވީ ފަހުންނެވެ.

ނިޝާމާ އާއި ޝިޔާމާއަކީ ވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ ކޮމިޓީގެ ޗެއާއަކީ ނިޝާމާ އެވެ. ޝިޔާމާ ވެސް އެ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ނިޝާމާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ވެންޓިލޭޓަރު މައްސަލާގައި އޭނާ އަމަލު ކުރައްވާފައިވަނީ އަމާނަތްތެރިކަމާއެކު ތެދު ނިޔަތުގަ އެވެ. އޭނާ ވަނީ އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ތަހުގީގީ އިދާރާތަކަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ، ގާނޫނީ ހިމާޔަތްތެރިކަން ދިނުމަށް އެދި ރައީސް އޮފީހުގައި ވެސް ދަންނަވާފަ އެވެ.

އޭގެފަހުން، އޭސީސީން ވަނީ ނިޝާމާގެ ބަޔާން ނަގާފަ އެވެ. އޭސީސީން ތަހުގީގުން ވެސް ބިޑް ކޮމިޓީގެ އިހުމާލު ފާހަގަ ކުރެވިފައިވާއިރު، މައްސަލާގައި ތުހުމަތު އޭސީސީން ކުރާ ބޭފުޅުންގެ ލިސްޓްގައި ނިޝާމާ އާއި ޝިޔާމާ ހިމެނެ އެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލާގައި ދައުވާ ކުރުމާ ހަަމަށް ނުދެ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެޕްރީލް، 2، 2020 ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދަން އެއްބަސްވެފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެތައް މުއާމަލާތްތަކަކަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވި އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. މިއީ ގޯސްކޮށް ހިންގާފައިވާ މުއާމަލާތެއް ކަން އޮޑިޓް ރިޕޯޓުގައި ވަނިކޮށް އޭސީސީން މި މައްސަލަ ތަހުގީގުކޮށް ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ އެކު ދައުވާ އުފުލައިދޭން ވެސް އެދުނެވެ. އެ ތަހުގީގުގައި ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިފަ އެވެ.

ދައުވާކޮށްދިނުމަށް އެދޭ ފަރާތްތަކުގެ ތެރޭގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނެ އެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލާގައި އަމިއްލައަށް މަސައްކަތުން އެކެހެރިވެހުންނެވުމަށްފަހު އެވެ.

ސަރުކާރުން މިހާރު ވަނީ ކުންފުންޏާއެކު އޮތް އެއްބަސްވުން ބާތިލްކުރަން ނޯޓިސް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox