ފިތުނައިގެ އޮށެއް

ފިތުނައިގެ އޮށެއް

ހިތަށް އަރާ ކޮންމެ އެއްޗެއް އޭގެ ތެދުދޮގު ބަލާލުމަކާ ނުލައި މީހެއް ކައިރީ ބުނެވެނީ މަދެއްކޮށެއް ނޫނެވެ. އަދި މީހަކު ބުނާ އެއްޗެއްގައި އަނެކާއާމެދު ތުހުމަތެއް އުފައްދާފައި އޮތްނަމަ އެވާހަކައިގެ ހަބަރު އެހެން މީހުންނަށް ދިނުމަށް ފޯރިއާއެކު އަވަސްވެ ގަނެވެނީ ޖެހިލުމެއް ވެސް ނެތި އެވެ. ކިހާވަރެއްގެ ކަމެއްތޯ ފިކުރެއް ނެތި އެވެ. ތަރައްގީވެ ކުރިއަރާފައިވާ ސޯޝަލް މީޑިއާގެ ވަސީލަތާއެކު ހިތަށް އަރާ ކޮންމެ އެއްޗެއް ހިތަށް އަރާ ވަގުތު އަނެކާގެ ދުލާއި ކަންފަތާ ހަމަޔަށް ފޮނުވާލެވޭ މިޒަމާނުގައި މިކަމަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.

ކަމުގެ ނުރައްކާތެރިކަން ވަޒަންކޮށްލުމަށް އަޅުގަނޑާއެކު ހިންގަވާށެވެ. ބަނގުރާބުއިމާއި އޫރުމަސްކެއުމަކީ ކިހާ ވަރެއްގެ ކަމެއްތޯ އެވެ؟ އާދަވެގެން ނަމާދުކޮށް ނޫޅޭ ދިވެހި މުސްލިމުން ވެސް ބަނގުރާ ނުބޮއިވޭތޯ ބަލަ އެވެ. އަދި ސިއްރުސިއްރުން ބަނގުރާ ބޮއި އުޅޭ ދިވެހިން ވެސް އޫރުމަސް ނުކައިވޭތޯ ބެލުމަށް ހާއްސަ ސަމާލުކަމެއްދޭކަން ދިވެހި ޒުވާނުން އަޅުގަނޑާ ކޮށްއުޅޭ ސުވާލުތަކުން ފާހަގަކުރެވިފައިވެ އެވެ. ރާއްޖެއަކީ އިސްލާމީ ގައުމަކަށްވީ ނަމަވެސް، އިސްލާމްދީނުގައި ފާފައިގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ ކަންކަމަކީ ގާނޫނީ ގޮތުން ތަހުގީގުކޮށްގެން އަދަބުދޭ ކަންކަމެއް ނޫނެވެ. ނަމަވެސް ބަނގުރާބުއިމާއި އޫރުމަސްކެއުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވެސް ގާނޫނުން ކަނޑައަޅާފައި އޮވެ އެވެ. މި ދެ ފާފައިގެ ބޮޑުކަން ދިވެހިންނަށް ތަސައްވުރުކުރެވޭތީ އެވެ.

ހުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެ އެވެ. "އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ." އަދި ހަދީސް ބަސްފުޅުގައި ވެ އެވެ. ތިޔަބައިމީހުން ހީތަކާ ދުރުވެގެންނާށެވެ. ހަމަކަށަވަރުން ހީއަކީ ވާހަކައިގެ ތެރެއިން އެންމެ ދޮގުވެރި ކަންތަކެވެ." -ބުޚާރީ-

Advertisement

ދުރުވެގެންނާށޭ އޮތް ބަސްފުޅަށް ތަންކޮޅެއް ފުންކޮށް ވިސްނާލުން މުހިންމެވެ. ބަނގުރާ ހަރާންކުރެއްވި އާޔަތުގައި ވެސް އޮތީ "ދުރުވެގަންނާށޭ" އެވެ. އެއީ ވެސް ގުރުއާނުގެ އާޔަތެކެވެ. މިއީ ވެސް ގުރުއާނުގެ އާޔަތެކެވެ. ބަނގުރާއަކީ ނުބައިތަކުގެ މަންމަ އެވެ. ހީއަކީ ފިތުނައިގެ އޮށެވެ. ދޮގު އުފެދެނީ ހީތަކުގެ ސަބަބުންނެވެ. ގީބަބުނުމުގެ ގަސްފަޅަނީ އެއޮށުންނެވެ. ނެތިމޮށުމާއި ދެބައޮޑުވުން ހެދިފޯދިގަންނަނީ ހީތަކުގެ ދަނޑުބިމުންނެވެ. މިއިން ކޮންމެ ކަމަކުން ގޮފިލައި ހެދޭ ރުޅިވެރިކަމާއި ދެކޮޅުވެރިކަމުގެ ކަށިކުނބުރު ވާތައް ގުނާއަދަދުނުކުރެވޭނެ އެވެ.

ހުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި އެއްބަޔަކު އަނެއްބަޔަކަށް ނެތި މޮށެ ގީބަބުނުން މަނާކުރައްވާފައިވެ އެވެ. އަދި އެއީ އިންސާނާ އޭނާ ފަދަ އަނެއް އިންސާނާގެ މުޅަ މަސްގަނޑު ކެއުން ފަދަ ކަމެއްކަމުގައި ސިފަކޮށްފައިވެ އެވެ. އެހެންވީމާ ނެތިމޮށުމާއި ގީބަ ބުނުމަކީ އޫރުމަސް ކެއުމަށްވުރެ ފާފައިގެ ގޮތުން ކުޑަކަމެއްތޯ ވިސްނާލުން ބުއްދިވެރި އެވެ.

އަޅުގަނޑާއެކު މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ލޯ ހިންގާ ބަލާލަބަލާށެވެ! އެކަކު އަނެކަކަށް ކުރާ ތުހުމަތުތައް ހުރީ ކިހާ މިންވަރަކަށްތޯ ވިސްނާ ފިކުރުކޮށްލުމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ކަމަކަށް އިދާރާތައް ހެދިފައި އެބަހުއްޓެވެ. މީހަކާ މެދު ތުހުމަތެއް އޮތްނަމަ އެތަނަކަށް މައްސަލަ ހުށަހަޅައިން ބެލުމުގެ މަގުތައް ތަރުތީބުވެފައި އެބަހުއްޓެވެ. އެއިން އެއްވެސް ތަނަކަށް މައްސަލައެއް ހުށަހެޅުމެއް ނެތި ތަފާތު އެކި ތުހުމަތުތައް މީހުންނާ މަތިކުރުމުގައި ވަގުތުތައް ހޭދަވެގެންދާދިއުމުގައި އެކަމުގައި 'އަބުރުވެރި އަދި ގަދަރުވެރި' ބޭބޭފުޅުންވެސް ބައިވެރިވާ ތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. އޭގެ ސަބަބުން އުފަންވާ ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ހަސައިދައިގެ މޫތަކުން ސުލްހަވެރިކަމުގެ ބިނާތަކުގެ ބިންގަލުން ފެށިގެން ރެނދުއަޅަމުންދަނީ ހަލުވި ބާރުމިނުގަ އެވެ.

އެންމެ ފުރަތަމަ ކޮށްލެވެނީ ހީއެކެވެ. އެއަށްފަހު ބުނުމާއި ނުވަތަ ލިޔުމާއެކު ފެތުރިގެންދިއުމެވެ. ދެން އުފެދެނީ ޒުވާބާއި ރުޅިވެރިކަމެވެ. ހަސަދަވެރިކަމާއި ނަފުރަތެވެ. ކޮންމެ ހީއަކުން ކިތައް ޒުވާބު، ކޮންމެ ޒުވާބަކުން ކިތައް ބައިބައިވުން އެބަ އުފެދޭތޯ އެވެ؟ ނަތީޖާއަކީ ކޮބައިތޯ އެވެ؟ ގުޅުންތައް ހީނަރުވެ ހިތްތައް ވިހަވުމެވެ. މުޅި މުޖުތަމައު ފަސާދަވުމެވެ. ވީމާ، މީސްމީޑިއާގެ 'ކިންގަކަށް ނުވަތަ ކުއީނަކަށް' ވުމަށް، ނުވަތަ ނޫސްވެރިޔާ ލިޔާ ލިޔުން ގިނައިން ދައުރުކުރުމަށް، ފިތުނައިގެ އޮށް ނީންދާށެވެ. އަދި އެހެން މީހަކު އިންދާ ފިތުނައިގެ އޮށަށް ފެންދޭ މީހަކަށްވެސް ތިބާ ނުވާށެވެ. މީހަކާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޖެހިއްޖެނަމަ، މި ކުރެވޭ ކަމަކީ ގާތްނުވާން އަމުރުކުރެވުނު ފަދަ ހީތަކުގެ ތެރޭގައި ހިމެނިދާނޭ ކަމެއްތޯ ތަކުރާރުކޮށް ވިސްނާށެވެ.

މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ ސަހާބީންނަށް ހަދީސް ކުރެއްވި އެވެ. ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟ ސަހާބީން ދެންނެވި އެވެ. އެއީ އަހަރެމެންކުރެ އެމީހެއްގެ އަތުގައި މުދަލެއް ފައިސާއެއް ނުވާ މީހާ އެވެ. ހަދީސް ކުރެއްވި އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހާ ގިޔާމަތް ދުވަހުގައި އަންނާނީ ނަމާދާއި ރޯދައާއި ޒަކާތާއި ހިފައިގެންނެވެ. އެކަމަކު އޭނާ އަންނައިރުގައި އޭނާ އޮންނަނީ އެވެނި މީހާއަށް ބަދުބަސްބުނެފައި މިވެނި މީހާގެ ނެތޮމޮށިފަ އެވެ. އަދި މިމީހާގެ މުދާ ކައިފައި އެމީހާގެ ލޭއޮހޮރުވާފަ އެވެ. އަނެއް މީހާ ގައިގައި ތަޅާފަ އެވެ. ދެން އޭނާއަށް ކުރެވިފައި ހުރި ހެޔޮކަންތަކުން ނަގާފައި އެމީހާއަށާއި މިމީހާއަށް ދެވެ އެވެ. އޭނާގެ މައްޗަށް އެފަދައިން އޮތް ބަދަލުދިނުން ނުނިމެނީހުން އޭނާގެ ހެޔޮކަންތައްތައް އެކީ ހުސްވެއްޖެނަމަ ދެން އެމީހުންގެ ފާފަތައް ނަގައި އޭނާއާ ޒިންމާކުރެވެ އެވެ. އެއަށްފަހު އޭނާ ނަރަކައަށް އެއްލާލެވެ އެވެ. -ޞަޙީޙް މުސްލިމް-

އަޅުގަނޑުމެންގެ އިހުތިބީންނާއި ކާބަފައިން މި ހަދީސް ބަސްފުޅު ނެންގެވީ ވަރަށް ސީރިއަސްކޮށްނެވެ. އިމާމް ހަސަންގެފާނާ މެދު ނެތިމޮށެ ގީބަބުނި މީހެއްގެ ހަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެވާހަކަތައް ދެއްކި މީހާއަށް ހަސަންގެފާނު ކަދުރު ދޮލަނގެއް ފޮނުއްވި އެވެ. އަދި އެމީހާ ކައިރީ ބުނުމަށް އެދިވަޑައިގަތެވެ. ތިބާގެ ހެޔޮކަންތަކުން ބައެއް އަހަންނަށް ހަދިޔާކުރި އަޑުއަހައިފީމެވެ. އެހެންވެ އޭގެ ބަދަލު ދެވޭތޯ މި ކަދުރު ދޮލަނގު ފޮނުވަމެވެ. ނަމަވެސް މިއީ ކޮށްދެއްވި ހެޔޮކަންތަކާ އެންމެ އެކަށީގެންވާވަރުކަމަށް ނުވާތީ މާފަށް އެދެމެވެ.

އަޅުގަނޑުމެންނަކީ ބަނގުރާ ބުއިމާއި އޫރުމަސްކެއުމަށް ނުރުހުންވެގެންތިބި މުސްލިމުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގައި ބަނގުރާ ވިއްކުމަށް އިންތިހާއަށް ދެކޮޅުހަދާ ސައްތައިން ސައްތަ މުސްލިމް ދިވެހިންނެވެ. ގީބަބުނުމާއި ނެތިމޮށުމާއި ދެބައޮޑުވުމަށް ނަފުރަތުކުރުމުގައި ވެސް އަޅުގަނޑުމެން ސިފަކުރުމަށް އިސްވެ ބުނެވުނު ފަދަ އިބާރާތެއް ބުނެވޭނެނަމަ ކޮންފަދަ ހެއްޔެވެ؟ ބަނގުރާއަށް އަޅުގަނޑުމެން ދެކޮޅު ހަދަނީ އެއީ ނުބައިތަކުގެ މަންމަ ކަމަށްވާތީ އެވެ. ހީތަކާއި ތުހުމަތުގެ ބަސްތަކަށް ދެކޮޅު ހެދުމަށް އެއިން އުފަންކުރުވާހާ ފިތުނައިގެ ވައްތަރުތައް ނުފުދޭތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox